އަނިޔާގެ ސަބަބުން ވަރާން އަށް ވެސް ވޯލްޑް ކަޕްގައި ނުކުޅެވިދާނެ

Oct 24, 2022, 12:10 PM
ޗެލްސީ މެޗުގެ ތެރެއިން ވަރާން އަނިޔާވެގެން ދަނޑުން ފައިބަނީ.--- ފޮޓޯ: އޭއެފްޕީ

ޗެލްސީ މެޗުގެ ތެރެއިން ވަރާން އަނިޔާވެގެން ދަނޑުން ފައިބަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (24 އޮކްޓޫބަރު) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ފްރާންސްގެ ޑިފެންޑަރު ރަފައެލް ވަރާން އަށް އަނިޔާވެ އަންނަ މަހު ފަށާ ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ނުކުޅެވުމުގެ ބިރާ ކުރިމަތިލާން ޖެހިއްޖެ އެވެ.

ވަރާން އަކީ 2018 ގައި ފްރާންސުން ވޯލްޑް ކަޕްގެ ތަށި ދެ ވަނަ ފަހަރަށް ހޯދިއިރު އެ ޓީމުގެ މުހިންމު ކުޅުންތެރިއެކެވެ. އަދި އޭނާ އަކީ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ފުރަތަމަ އެގާރައިން ރަސްމީކޮށް ޖާގަ ހޯދަމުން އަންނަ ފްރާންސްގެ އެއް ނަންބަރު ޑިފެންޑަރެވެ.

ވަރާން، 29، އަށް އަނިޔާވީ އެންމެ ފަހުން ލީގުގައި މެންޗެސްޓާ ޔުނައިޓެޑުން ޗެލްސީއާ ދެކޮޅަށް ކުޅެ އެއްވަރުވި މެޗުގަ އެވެ. އެ މެޗުގެ 59 ވަނަ މިނެޓުގައި ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ވަގުތުން ބަދަލުކޮށްފަ އެވެ. ފައިގެ ފަލަމަސްގަނޑަށް އަނިޔާވެ، ވަރާން ދަނޑުން ފޭބީ ރޮމުންނެވެ.

ފުރަތަމަ ބެލެވުނީ ވަރާންގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން އޭނާ ދެ މަހެއްހާ ދުވަސް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެންމެ ފަހުން ހެދި ޓެސްޓުތަކުން ދައްކާ ގޮތުން ހީކުރި ވަރަށް އަނިޔާ ގޯހެއް ނޫނެވެ. ނަމަވެސް އޭނާ އެނބުރި ކުޅުމުގެ ތެރެއަށް އަންނަން މަދުވެގެން ތިން ހަފްތާ ބޭނުންވާނެ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފްރާންސްގެ ނޫސްތަކުން ބުނެ އެވެ.

ވަރާންގެ ފަލަމަސްގަނޑަށް އަނިޔާވެގެން ދަނޑުމަތީގައި އޮށޯވެގެން: މީގެ ކުރިން ވެސް ވަރާން އަށް އަނިޔާގެ އެކި މައްސަލަތަކެއް ވަނީ ކުރިމަތިވެފައި.

މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ވަރާން އަށް އެނބުރި ކުޅުމުގެ ތެރެއަށް އާދެވުނަސް ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ފްރާންސް ކުޅޭ ފުރަތަމަ މެޗަށް އޭނާ ފިޓުވުމުގެ ފުރުސަތު ކުޑަ އެވެ. އެހެންކަމުން އޭނާ އަށް ޑެޝޯމްޕްސް ފުރުސަތު ދޭނެތޯ އޮތީ ސުވާލު އުފެދިފަ އެވެ.

ވަރާން އަށް އަނިޔާވެއްޖެ ނަމަ އޭނާގެ މަގާމް ފުރުން ގާތީ މި ވަގުތު އާސެނަލްގައި ރަނގަޅު ކުޅުމެއް ދައްކަމުން އަންނަ ޒުވާން ޑިފެންޑަރު ވިލިއަމް ސަލީބާ ނޫނީ ބަޔާން މިއުނިކްގެ ޑަޔޮޓް އުޕަމެކާނޯ އެވެ.

އެންމެ ފަހުގެ ޗެމްޕިއަން ފްރާންސަކީ ވޯލްޑް ކަޕަށް ނުކުންނައިރު އެންމެ އުނދަގޫ ހާލަތުގައި އޮތް ޓީމެވެ. އެންމެ ފަހުން ކުޅުނު ވޯލްޑް ކަޕްގައި ފްރާންސުން ދުނިޔޭގެ ތަށި އުފުލާލިއިރު، ފްރާންސްގެ މެދުތެރޭގައި މުހިންމު މިޑްފިލްޑަރު އެންގޯލޯ ކާންޓޭ އަށް އަނިޔާވެ، އޭނާ އަށް މުބާރާތުގައި ނުކުޅެވޭ ކަން ޔަގީންވެފައިވާއިރު، މިޑްފިލްޑަރު ޕޮގްބާވެސް އަދި ފިޓެއް ނުވެ އެވެ.

ޕޮގްބާ އަށް ވޯލްޑް ކަޕްގެ ކުރިން ކުޅުމުގެ ތެރެއަށް އާދެވެނޭ ކަމަށް ބެލެވުނު ނަމަވެސް މުބާރާތަށް ފޯމަށް އެޅޭނެކަމާ މެދު ޝައްކެވެ. އަނެއްކޮޅުން، ކެޕްޓަން ހޫގޯ ލޮރިސް އާއި މުހިންމު ފޯވާޑް އެންޓޮއިން ގްރީޒްމަން ވެސް މިހާރު ހުރީ އެންމެ ރަނގަޅު ފޯމެއްގައެއް ނޫނެވެ.

ގަތަރުގައި އަންނަ މަހުގެ 20 ވަނަ ދުވަހު ފަށާ ވޯލްޑް ކަޕްގައި ފްރާންސް ހިމެނެނީ އޮސްޓްރޭލިއާ، ޑެންމާކް އަދި ޓިއުނީޝިއާއާ އެކު ގްރޫޕް ޑީގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox