ފޯޅަވަހި މައްސަލައިގެ ނިންމުން ގާނޫނުއަސާސީއާ ހިލާފު: މެމްބަރުން

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސިސާސަތު ބަދަލުކުރި ކުރުން ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް މިއަދު ގިނަ މެމްބަރުން ވިދާޅުވި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ފޯޅަވަހި މައްސަލައިގައި ރާއްޖޭގެ ސިސާސަތު ބަދަލުކުރި ކުރުން ގާނޫނު އަސާސީއާ ހިލާފުކަމެއް ކަމަށް މިއަދު ގިނަ މެމްބަރުން ވިދާޅުވި. ފޮޓޯ: ރައްޔިތުންގެ މަޖިލީހުގެ އިދާރާ

ފޯޅަވަހި ހިމެނޭ ގޮތުން ޗާގޯސް ޖަޒީރާތަކަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ސަރަހައްދަކަށް ހަދަން އެގައުމުން ކުރާ މަސައްކަތަށް ތާއީދުކުރާ ގޮތަށް ރާއްޖޭގެ ސިޔާސަތު ބަދަލުކުރުމަކީ ގާނޫނުއަސާސީއާ ހިލާފަށް ސަރުކާރުން ނިންމި ނިންމުމެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން މިއަދު ތުހުމަތުކުރައްވައިފި އެވެ.

ފޯޅަވަހީގެ މައްސަލައިގައި ރާއްޖޭން ކުރިން ގެންގުޅުނު ސިޔާސަތު ދަމަހައްޓަން ގޮވާލައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފު ހުށަހެޅުއްވި ކުއްލި މައްސަލައިގެ ބަހުސްގައި ގިނަ މެމްބަރުން ވިދާޅުވީ އެ ސިޔާސަތު ބަދަލުކުރާ ނަމަ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައި ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. ސަރުކާރު ހިންގާ ކޯލިޝަނުގެ މައިޕާޓީ އަދި މަޖިލީހުގެ ސުޕަމެޖޯރިޓީ ވެސް އޮންނަ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ވާހަކަދެއްކެވީ އެ މޭރުމުންނެވެ.

ގަލޮޅު އުުތުރު ދާއިރާގެ އެމްޑީބީ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ވިދާޅުވީ ޗާގޯސް މައްސަލާގައި ސަރުކާރުން ނިންމި ނިންމުމަކީ ކޮންމެވެސް ހިސާބަކުން ރާއްޖޭގެ ސަރަހައްދެއް ގެއްލިދާނެ ވަރުގެ ނިންމުމެއް ކަމަށެވެ.

"ދެވަނަ މައްސަލައަކީ އެ ނިންމުން ނިންމުމުގައި ރައްޔިތުންގެ މަޖިލީހާ މަޝްވަރާކުރެވިފައި ނެތުން އަދި މައްސަލައަކީ ރައްޔިތުންނަށް އެއްވެސް ވަރަކަށް އޭގެ މައުލޫމާތު [ދީފައި]ނެތުން،" އީވާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލާގައި ސަރުކާރުގެ ސްޓޭންޑު ބަދަލުވީ ކީއްވެކަން ސާފެއް ވެސް ނޫނެވެ. އެކަމުގައި ސަރުކާރުން 2019 ވަނަ އަހަރު ގެންގުޅުނު ސިޔާސަތާ މިހާރުގެ ސިޔާސަތާ ދެމެދު މިހާ ބޮޑު ތަފާތެއް ހުރީ ކީއްވެތޯ އޭނާ ސުވާލު އުފެއްދެވި އެވެ.

ޗާގޯސް މައްސަލައިގެ ވާހަކަ ކޮންމެ ގޮތަކަށް ދެއްކި ނަމަވެސް އެެކަމުގައި ސަރުކާރުން ނިންމި ނިންމުމުގެ އާހިރު ނަތީޖާއަކީ އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުމެވެ.

"ކޮންމެ ގޮތަކަށް ވެސް އަޅުގަނޑުމެންނަށް މިވާހަކަ ދެއްކިދާނެ. އިކުއިޑިސްޓެންސަށް ބަހާލަނިއްޔޭ، އިކުއިޑިސްޓެންސަށް ބަހާލިޔަސް އިއްޒަތްތެރި ރައީސް، އަޅުގަނޑުމެން މޮރިޝަސްގެ ކްލެއިމަށް ޖާގަ ދެނީކަމަށް 22 އޮގަސްޓް 2022 ގައި ރައީސުލް ޖުމްހޫރިއްޔާގެ ސިޓީފުޅެއް އެބަ އޮތް. އަދި ސްޕެޝަލް ޓްރައިބިއުނަލްގައި، އިންޓަނޭޝަނަލް ލޯ އޮފް ދަ ސީސްގެ ސްޕެޝަލް ޓްރައިބިއުނަލްގައި ބަންޑާރަމަނިކުފާނު [ބަންޑާރަނައިބު] ވިދާޅުވެފައި އެބަ އޮތް، އަޅުގަނޑުމެން ދޫކޮށްލަނީ ކަމަށް. އާހިރު ނަތީޖާއަކަށް ވަނީ ކަން ނިންމާ އިރު ރާއްޖޭގެ އިކޮނޮމިކް ޒޯނުން ބައެއް ގެއްލިދާނެކަން،" އީވާ ވިދާޅުވި އެވެ.

އީވާ ވިދާޅުވީ ރާއްޖޭގެ ސަރަހައްދުގެ ބޮޑުމިނަށް ބަދަލެއް އަތުވެދާނެ ފަދަ ނިންމުމެއް ނިންމާ އިރު ރައްޔިތުންގެ މަޖިލީހާ އެކަމުގައި މަޝްވަރާނުކުރުމަކީ މައްސަލައެއް ކަމަށެވެ. ހާރިޖީ ސިޔާސަތު ކަނޑައެޅުއްވުމަކީ ރައީސުލް ޖުމްހޫރިއްޔާގެ އިހުތިޔާރު ކަމަށާއި އެހެން ނަމަވެސް ރާއްޖޭގެ ސަރަހައްދުން ބައެއް ކޮންމެވެސް ދުވަހަކުން ގެއްލިދާނެ ފަދަ ނިންމުމެއް ނިންމަން ޖެހޭނީ މަޖިލީހާ މަޝްވަރާކޮށްގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ގައްދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ޒާހިރު ވިދާޅުވީ ރާއްޖޭގެ ސަރަަހައްދުން އެންމެ ތަންކޮޅެއް ވެސް ގެއްލެން އެެއްވެސް ރައްޔިތަކު ބޭނުންނުވާނެ ކަމަށާއި ސަރުކާރެއް އޮންނަނީ އެފަދަ ކަންކަމުގައި އެންމެ ފަސޭހަ މަގުން ކަންތައްކުރަން ނޫން ކަމަށެވެ. މިއީ އާއްމުކޮށް ކުރިމަތިވާ ފަދަ މައްސަލައެއް ނޫން ކަމަށާއި އެހެންވީމާ ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ސާފުކޮށް އެނގެން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެހެންވީމާ މީގައި ކަންކުރަން ޖެހޭނެ ގޮތް ރައްޔިތުންނަށް ވެސް އޮޅުން ފިލަން ޖެހޭނެ. ރައްޔިތުން ރުހޭގޮތް ހޯދަން ޖެހޭނެ، މި އިއްޒަތްތެރި މަޖިލީހާ މަޝްވަރާކުރެވިގެން، މި އެންމެހާ މެމްބަރުންނަށް ވާނުވާ އެނގިގެން،" ޒާހިރު ވިދާޅުވި އެވެ.

މަޖިލީހަށް ކުއްލި މައްސަލަ ހުށަހެޅުއްވި މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ވިދާޅުވީ ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބިއްޖެ ނަމަ އެގައުމުން، އިން ވަކިކުރާ ސަރަހައްދު އެގައުމުން ކަނޑައަޅާނީ ޗާގޯސްގެ އެންމެ އުތުރަށް އޮތް ރަށާ ހިސާބުން ކަމަށެވެ. އެގޮތަށް ކަންތައް ވެއްޖެނަމަ ރާއްޖޭގެ ސަރަހައްދެެއް ގެއްލޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެެއަށް ވުރެ ސީރިއަސް މައްސަލައަކީ، އިއްޒަތްތެރި ރައީސް މިބާވަތުގެ ކަމެއްގައި މުއާހަދާތަކެއް އޮތް ކަމަށް ބެލެވިގެން މިކަން ކުރާ އިރު. ގާނޫނު އަސާސީގެ 93 ވަނަ މާއްދާގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބަ އޮތް މި ބާވަތުގެ މައްސަލައެއް ކަމަށް ވެއްޖެއްޔާ މިކަން މަޖިލީހަށް ގެނެސް މަޖިލީހުގައި ބަހުސްކުރެވިގެން ގޮތަކަށް ނިންމަން ޖެހޭނެ ކަމަށް. ހިތާމާއާ އެކު ދަންނަވަން ޖެހެނީ ސަރުކާރުން މިހާރު މި އޮތީ ގާނޫނު އަސާސީގެ 93 ވަނަ މާއްދާއާ ހިލާފުވެފައޭ،" އާދަމް ޝަރީފު ވިދާޅުވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox