ރާއްޖެއިން ޗާގޯސްގެ ކަނޑު ހިފުން: މުއިއްޒަށް ގޯސްވީ "އިމެޗުއާ" އަދި "ނައީވް" މޮރިޝަސް

Mar 2, 2026, 6:37 AM
ރާއްޖެއިން ޗާގޯސްގެ ކަނޑު ހިފުން: މުއިއްޒަށް ގޯސްވީ "އިމެޗުއާ" އަދި "ނައީވް" މޮރިޝަސް

ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ސަރަހައްދަށް ދިވެހި ސިފައިން އަރައިގަނެ އެ ސަރަހައްދުގެ ކޮންޓްރޯލް ނެގި މައްސަލައިގައި އެ ގައުމުން ރާއްޖެއާ ގުޅުން ކަނޑާލީ "އިމެޗުއާ" އަދި "ނެއީވް" ކަމުން ކަމަށް ރައީސް މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުއިއްޒު ވަނީ މޮރިޝަސްގެ ރައީސް ރައީސް ދަރަމްބީރު ގޮކޫލްއަށް ކުޑައިމީސްކޮށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.

"މޮރިޝަސް އިން ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލުމަކީ ވަރަށް ތާކުންތާކު ނުޖެހޭ ވަރަށް އިމެޗުއާ، ނައީވް ކަމެއް. އެ ނިންމުން އެހެން ނިންމުމަކުންނެއް ހަގީގަތް ބަދަލެއް ނުވޭ. ރާއްޖެއާ ސިޔާސީ ގުޅުން ކަނޑާލިޔަސް މޮރިޝަސްއަށް ހައްގު ނޫން ތަނެއް މޮރިޝަސްއަށް ހައްގެއް ނުވާނެ،" މުއިއްޒު ވިދާޅުވި އެވެ.

އޭގެ އިތުރުން މުއިއްޒު ވިދާޅުވީ، މޮރިޝަސް އިން ރާއްޖެއާ ގުޅުން ކަނޑާލީ "މަޝްވަރާ ކުރުމެއް ނެތި" ކަމަށެވެ. އަދި ތަކުރާރުތައް މުއިއްޒު ވިދާޅުވީ ޗާގޯސްއަށް ދައުވާ ކުރުމާމެދު ރާއްޖޭގެ ސްޓޭންޑު ދުވަހަކު ވެސް ބަދަލެއް ނުވާނެ ކަމަށެވެ.

"އެއްވެސް ގައުމަކަށް ޗާގޯސް ހަވާލު ކުރާ ކަމަށް ވަންޏާ ހަވާލު ކުރަންޖެހޭނީ އެތަނުގެ ހައްގުވެރި ފަރާތް [ކަމަށްވާ] ދިވެހިރާއްޖެއާ. އެހެންވީމާ އެ ފެކްޓު ބަދަލެއް ނުވާނެ ގައުމަކުން މި ގައުމާ ގުޅުން ކަނޑާލިކަމުގައި ވިޔަސް. މަޝްވަރާ ކުރުމެއް ނެތި އަމިއްލަފުޅަށް ނިންމުމެއް ނިންމީ. ވަރަށް ނައީވް. ވަރަށް އިމެޗުއާ. ރާއްޖޭގެ ސްޓޭންޑް ބަދަލެއް ނުވާނެ. ރާއްޖެ ކުރިއަށްދާނީ މޯލްޑިވްސް ފަސްޓް ޕޮލިސީއާއެކު،" އެމަނިކުފާނު ވިދާޅުވި އެވެ.

ރައީސް މުއިއްޒު އެހެން ވިދާޅުވި ނަމަވެސް، މޮރިޝަސް އާއި ރާއްޖެއާ ދެމެދު ޖެހިފައިވާ މައްސަލަގަނޑުގައި އެންމެ ފުރަތަމަ މަޝްވަރާނުކޮށް ފިޔަވަޅެއް އެޅީ ދިވެހިރާއްޖެއިންނެވެ. މޮރިޝަސްއާ މަޝްވަރާ ކުރުމެއް ނެތި މުއިއްޒުގެ އެންގެވުމަށް ދިވެހި ސިފައިން ވަނީ ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދިން ކަނޑު ހިފައިފަ އެވެ.

ޗާގޯސްގެ ސިޔާދަތީ ބާރު މޮރިޝަސް އަށް ލިބޭ ކަމަށް ބައިނަލްއަގްވާމީ ކޯޓުތަކުން ކަނޑައަޅާފައި އޮއްވައި އަދި މޮރިޝަސް އާއި ރާއްޖެއާދެމެެދު ކަނޑުގެ ބޯޑަރު ބަހާފައި އޮއްވައި، އެކަންކަމަށް އަމަލު ނުކުރައްވާނެކަން އިއުލާނު ކުރެއްވީ ރައީސް މުހައްމަދު މުއިއްޒު ފެބްރުއަރީ 5، ގަ އެވެ.

މުއިއްޒު ވިދާޅުވީ، ބައިނަލްއަގްވާމީ ކޯޓުން މޮރިޝަސްއަށް ދީފައިވާ ކަނޑުގެ ބަޔަކީީ ރާއްޖޭގެ ބައެއް ކަމަށެވެ. އަދި އެތަން ދިވެހި ސަރުކާރުން ބަލަހައްޓާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

"ކަނޑުގެ ސަރަހައްދުތަކާ ބެހޭ ގާނޫނުގައިވާ ދިވެހިރާއްޖޭގެ އާކިޕެލޮޖިކް ބޭސް ޕޮއިންޓުތަކަށް ހަވާލާދީ ދިވެހިރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ ދޫކޮށްލި ކަނޑުގެ ސަރަހައްދު ހިމެނޭ ގޮތަށް ގާނޫނުގައި މިހާރު ވެސް ކަނޑައަޅާފައިވާ ސަރަހައްދުކަމަށް ނިންމައި، ތިޔަ އިއްޒަތްތެރި މަޖިލިސް މެންބަރުންގެ ހާޒިރުގައި އެކަން އިއުލާނުކުރަން،" މުއިއްޒު ވިދާޅުވި އެވެ.

ކަނޑުގެ އެ ސަރަހައްދުގެ ކޮންޓްރޯލް ނެގިކަން އޭގެ ފަހުން ދިވެހި ސިފައިން ވަނީ އިއުލާނުކޮށްފަ އެވެ.

"ދިވެހިރާއްޖޭގެ އުތުރުން ޑީލިމިޓް ކުރެވިފައިވާ އިސްވެ ބަޔާން ކުރެވުނު [ސިލޯނު އަދި އިންޑިއާ ބޯޑަރު] ސަރަހައްދު ފިޔަވައި، ދިވެހިރާއްޖޭގެ ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކުން 200 ނޯޓިކަލް މޭލުގެ ފުޅާ ކަނޑުގެ ސަރަހައްދެއް ދިވެހިރާއްޖެއަށް ލިބިގެންވާ ކަމަށް ދިވެހި ސަރުކާރުން ގަބޫލު ކުރޭ،" ޑިފެންސް މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ޗާގޯސްއަކީ އިނގިރޭސިވިލާތުގެ އަސްކަރީ ބޭސްއެކެވެ. އެތަނުގެ ސިޔާދަތީ ބާރު މޮރިޝަސްއާ ހަވާލު ކުރަން އިނގިރޭސިވިލާތުން ވަނީ މިދިޔަ އަހަރު އެއްބަސްވެފަ އެވެ. މޮރިޝަސް އިން ޗާގޯސްގެ ސިޔާދަތީ ބާރަށް ދައުވާ ކުރަނީ، އަސްކަރީ ބޭސް އަޅަން ޗާގޯސްގެ 2000 އެއްހާ މީހުން މޮރިޝަސްއަށް ފޮނުވާލީމަ އެވެ.

އިނގިރޭސިވިލާތުގެ ސިޔާދަތީ ބާރެއް ޗާގޯސްގައި ނޯންނާނެ ކަމަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް) އިން ވަނީ 2021 ވަނަ އަހަރު ކަނޑައަޅައިފަ އެވެ. އެއިރު، އިޓްލޮސް އިން ވަނީ ދެކުނުން ރާއްޖޭގެ ބޯޑަރު ވެސް ކަނޑައަޅައިފަ އެވެ.

ރާއްޖެއިން ޗާގޯސްއަށް ދައުވާ ކުރުމުގެ އަޑުތައް އިވެން ފެށީ އިޓްލޮސްގެ އަޑުއެހުންތައް ކުރިއަށްދަނިކޮށެވެ. ޗާގޯސްއަށް ރާއްޖެއިން ދައުވާ ކުރަނީ މީގެ ކުރިން ރާއްޖޭގެ ބައެއް ރަސްރަސްކަލުން ޗާގޯސްއަކީ ރާއްޖޭގެ ބައެއްގެ ގޮތުގައި ބައެއް ސިޓީތަކުގައި ލިޔުއްވާފައިވާތީ އެވެ.

އިނގިރޭސިވިލާތުން އެއްބަސްވީ މޮރިޝަސްއަށް ޗާގޯސްގެ ސިޔާދަތީ ބާރު ދިނުމަށްފަހު އަހަރަކަށް 100 މިލިއަން ޑޮލަރަށް އެ ތަން ކުއްޔަށް ހިފުމަށެވެ. އެ މައްސަލައިގެ ތެރެއަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވަދެވަޑައިގަތީ، މޮރިޝަސްއަށް ޗާގޯސް ދޭން އިނގިރޭސިން ހެދި ޑީލަށް އެމަނިކުފާނު ފާޑުވިދާޅުވުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox