ސެވިއްޔާ ބަލިކޮށް ރެއާލް ހަމަޖެހިލައިފި

Oct 23, 2022, 3:32 AM
ސެވިއްޔާ ބަލިކޮށް ރެއާލް ހަމަޖެހިލައިފި

މެޑްރިޑް (އޮކްޓޫބަރު 23) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ސެވިއްޔާ އަތުން 3-1 އިން މޮޅުވެ، ލީގުގެ އެއް ވަނައިގައި ރެއާލް މެޑްރިޑް ހަމަޖެހިލައިފި އެވެ.

ރޭގެ މޮޅާ އެކު ރެއާލަށް ވަނީ އެއް ވަނައިގައި ހަ ޕޮއިންޓުގެ ލީޑެއް ލިބިފަ އެވެ. ރެއާލަށް 11 މެޗުން 31 ޕޮއިންޓް ލިބިފައިވާއިރު، ދެ ވަނައިގައި އޮތް ބާސެލޯނާ އަށް 10 މެޗުން ލިބިފައިވަނީ 25 ޕޮއިންޓެވެ. ތިން ވަނައިގައި އޮތް ރެއާލް ސޮސިއެޑާޑް ވަނީ ރޭ ރެއާލް ވަލޮޑޮލިޑް އަތުން 1-0 އިން ބަލިވެފަ އެވެ. ސޮސިއެޑާޑަށް 11 މެޗުން ލިބުނީ 22 ޕޮއިންޓެވެ.

ރެއާލް ދަނޑުގައި ކުޅުނު ރޭގެ މެޗުގެ ފަސް ވަނަ މިނިޓްގައި އެ ޓީމުން ލީޑުނެގީ ވިނީޝިއުސް ޖޫނިއާ ހުސްކޮށްލާފައި ދިން ބޯޅައަކުން ލޫކަ މޮޑްރިޗް ޖެހި ގޯލުންނެވެ. މެޗުގެ 18 ވަނަ މިނިޓްގައި ރެއާލްގެ ޑޭވިޑް އަލަބާ ހިލޭ ޖެހުމަކުން އެ ޓީމަށް ގޯލެއް ޖަހައިދޭން ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ އަށް މިނިޓް ތެރޭ ސެވިއްޔާ އިން ވަނީ އެއްވަރުކޮށްފަ އެވެ. ރެއާލްގެ އޭރިއާތެރެއަށް ހުސްކޮށް އަރައި، ސެވިއްޔާގެ އެރިކް ލަމޭލާ ޖެހި ބޯޅަ ގޯލަށް ވަނީ ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ އަތުގައި ޖެހިފަ އެވެ. އޭގެ ފަސް މިނިޓް ފަހުން، ކައުންޓަ އެޓޭކެއްގައި ތަނަވަސްކުރި ފުރުސަތަކުން ސެވިއްޔާ އަށް ލީޑުނަގައިދޭން ލަމޭލާ ޖެހި ޝޮޓް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

އަލުން ލީޑުނަގަން ކުރި މަސައްކަތް ރެއާލުން ކާމިޔާބުކުރީ މެޗުގެ 78 ވަނަ މިނިޓްގަ އެވެ. މާކޯ އަސެންސިއޯ ހުސްކޮށްލާފައި ދިން ބޯޅަ ހިފައިގެން ގޮސް، އޭރިއާ ކައިރިން ވިނީޝިއުސް ޖޫނިއާ ޖައްސާލީ އެ ޓީމުގެ ލޫކަސް ވަޒްކޭޒް އަށެވެ. އޭނާ ވަނީ ހަމަޖެހިލާފައި ހުސްކޮށް އޮތް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. އޭގެ ދެ މިނިޓް ފަހުން ރެއާލުން ތިން ވަަނަ ގޯލެއް ޖެހި އެވެ. އޭރިއާބޭރުން ފެޑެރީކޯ ވަލްވޭޑޭ ޖެހި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

މިއީ މި ފަހަރުގެ ލީގުގައި ރެއާލުން ކުޅުނު 11 މެޗުގެ ތެެރެއިން ހޯދި 10 ވަނަ މޮޅެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox