ވިޔަފާރީގެ ވާދަވެރިކަން ނަގާލާ ކަމަށް ބުނެ ރަށްރަށުގެ ކޭބަލް ޕްރޮވައިޑަރުންގެ ޕެޓިޝަނެއް

Oct 20, 2022, 12:40 PM
ވިޔަފާރީގެ ވާދަވެރިކަން ނަގާލާ ކަމަށް ބުނެ ރަށްރަށުގެ ކޭބަލް ޕްރޮވައިޑަރުންގެ ޕެޓިޝަނެއް

ރަށްރަށުގައި ކޭބަލް ޓީވީ ހިދުމަތުގެ ވާދަވެރިކަން ގެއްލިގެން ގޮސްދާނެތީވެ، އެ މައްސަލައަށް ހައްލެއް ހޯދަން ސިޔާސަތުތައް އެކަށައަޅައި، އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ރައީސް އޮފީހާއި، އިކޮނޮމިކް މިނިސްޓްރީ އަދި ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

ޖުމުލަ 100 މީހުންގެ ސޮޔާއެކު ހުށަހެޅި ޕެޓިޝަނުގައި ބުނެފައިވަނީ ރަށްރަށުގައި މިހާރު ކޭބަލް ޓީވީގެ ހިދުމަތް އެ ކުންފުނިތަކުން ފޯރުކޮށްދެނީ މީޑިއާނެޓާއެކީ ވެވިފައިވާ ޕާޓްނަޝިޕް އެއްބަސްވުމެއްގެ ދަށުން، ދެ ފަރާތަށް ހަމަހަމަ މަންފާ ލިބޭ ގޮތަށެވެ. ނަމަވެސް، އެ ފަރާތްތަކަށް އޮތް ބިރަކީ، އަދި ކަންބޮޑުވުމަކީ ދިރާގުން ކޭބަލް ޓީވީގެ ހިދުމަތް ދޭއިރު، އިންޓަނެޓް ހިދުމަތްތަކާއެކު ބަންޑަލް ކޮށްގެން ކޭބަލް ޓީވީ ހިދުމަތްތައް ދެމުން ދިޔުމެވެ.

އެގޮތަށް އެކަން ކުރުމުގެ ނަތީޖާއެއްގެ ގޮތުން މުޅި ސިނާއަތުގެ ވާދަވެރިކަން ގެއްލި، ދިރާގުގެ ދަށަށް ސިނާއަތް ދާނެ ކަމަށް ޕެޓިޝަނުގައި ބުނެފައިވެ އެވެ.

އެހެންވެ، ޕެޓިޝަންގައި އެދިފައި ވަނީ އިންސާފުވެރި ވިޔަފާރި ވެށްޓެއް ގާއިމުކޮށް، ކޭބަލް ޓީވީގެ ހިދުމަތް ރަށްރަށުގައި ދޭ ކުދި ކުންފުނިތަކަށް އެ މަސައްކަތް ކުރެވޭނެ ގޮތްތައް ހަމަޖައްސައި ދިނުމަށެވެ.

މީޑިއާނެޓާ ގުޅިގެން ރަށްރަށުގައި ކޭބަލް ޓީވީގެ ހިދުމަތް ދޭއިރު ބޮޑެތި އިންވެސްޓުމަންޓުތައް ކޮށްގެން ގާއިމުކޮށްފައިވާ ކޭބަލް ނެޓްވޯކުތަކުން ޗެނަލްތައް ދައްކަން އެއްވެސް ލައިސެންސިން ފީއެއް ދައްކަން ނުޖެހޭ ކަމަށާއި ލިބޭ އާމްދަނީ ހިއްސާކުރަނީ ހަމަހަމައަށް ކަމަށް ޕެޓިޝަންގައި ބުނެ އެވެ. އޭގެ ސަބަބުން ބޮޑެތި ހަރަދުތަކެއް ނުކޮށް ފައިދާވާ ގޮތަށް ވިޔަފާރިތައް ހިންގޭ ކަމަށް ބުނެފައިވެ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ރީބްރޯޑްކާސްޓިން ގާނޫނަށް ދާދިފަހުން ގެނައި ބަދަލާ ގުޅިގެން ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގެ ހުއްދަ ދިރާގަށް ގެއްލެ އެވެ. ރީބްރޯޑްކާސްޓްކުރުމުގެ ގަވައިދުގެ އަށް ވަނަ މާއްދާގައި ވާ ގޮތުން ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހުއްދަ ދެން ލިބޭނީ ހިއްސާގެ 100 ޕަސެންޓް ދިވެހިންނަށް އޮންނަ ކުންފުނިތަކަށެވެ.

ކޭބަލް ޓީވީގެ ހިދުމަތް ދިނުމުގައި މީޑިއާނެޓާ ކިރިޔާވެސް ވާދަކޮށްލެވޭ ފަދަ ހާލަތެއްގައި އޮތް ހަމަ އެކަނި ކުންފުނި ކަމަށްވާ ދިރާގަކީ 100 ޕަސެންޓް ދިވެހި ކުންފުންޏެއް ނޫނެވެ. އެކުންފުނީގެ މެޖޯރިޓީ ހިއްސާ މިހާރު އޮންނަނީ ބަހުރައިންގެ ބަޓެލްކޯ އަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

"މެރިން ޓެކް ޓްރެއިނިން" އުކުޅަހުގައި ފަށައިފި

ކަނޑުދަތުރުފަތުރުގެ ދާއިރާގެ ޒަމާނީ ޓެކްނޮލޮޖީއަށް އަހުލުވެރިކުރުވުމަށް ބާއްވާ "މެރިން ޓެކް ޓްރެއިނިންގް" ޕްރޮގްރާމް އއ. އުކުޅަހުގައި މިއަދު ފަށައިފިއެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ހަރަކާތުގައި، ކަނޑުދަތުރުފަތުރާއި މަސްވެރިކަމުގެ ދާއިރާގައި ބޭނުންކުރާ އެންމެ ފަހުގެ އާލާތްތަކަށް ބައިވެރިން އަމަލީ ގޮތުން ތަމްރީނުކޮށް، މަސައްކަތުގެ ރައްކާތެރިކަމާއި ހަރުދަނާކަން އިތުރުކުރުމަށް މައުލޫމާތު ދިނުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރިމިއަމް ޓަޗުގެ ހުކުރު ދުވަހުގެ އޮފަރ

ޕްރިމިއަމް ޓަޗުން ކޮންމެ ހުކުރު ދުވަހަކު ސެންޓު ފުޅިއެއް ގަންނަ ކަސްޓަމަރުންނަށް ހިލޭ އިނާމެއް ލިބޭ ހާއްސަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި އިނާމު މާލެ އަދި ހުޅުމާލެ ފޭސް 2 ގައި ހުންނަ އެ ފިހާރައިގެ އައުޓްލެޓްތަކުން ވިޔަފާރިކުރާ ފަރާތްތަކަށް ލިބޭނެއެވެ.

އެމްއެސްޑީގެ ހިދުމަތްތަކަށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ހެދޭ

މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ (އެމްއެސްޑީ) އިން ދޭ ހިދުމަތްތަކަށް އެމްއެސްޑީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް އެޕޮއިންޓްމަންޓް ބުކްކުރެވޭނެ އައު އިންތިޒާމެއް ވަނީ ތައާރަފްކޮށްފައި. މި ބަދަލަށް އަހުލުވެރިވުމަށް ތިން މަސްދުވަހުގެ މުއްދަތެއް ދީފައިވާއިރު، އެ މުއްދަތު ހަމަވުމުން ހިދުމަތް ލިބޭނީ ހަމައެކަނި ކުރިން އެޕޮއިންޓްމަންޓް ހަދައިގެން

އެމްއައިބީން 9 މިލިއަން ރުފިޔާއަށް ކުދިމަގޫގެ ވިއްކާލަނީ

މާލޭގައި ހުންނަ 830 އަކަފޫޓުގެ މއ. ކުދިމަގޫގެ 9.6 މިލިއަން ރުފިޔާއަށް ނީލަމުގައި ވިއްކާލުމަށް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ވަނީ އިއުލާންކޮށްފައެވެ. މި ނީލަމުގައި ބައިވެރިވުމަށް އެއް ލައްކަ ރުފިޔާގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަންޖެހޭއިރު، ނީލަން ހުށަހެޅުމުގެ ސުންގަޑިއަކީ 28 ސެޕްޓެމްބަރު 2026 އެވެ.

ގަވިންގެ "ވީކެންޑް ސޭލް" ހުޅުމާލޭގައި ފަށަނީ

ގަވިންގެ ހުޅުމާލެ ޝޯރޫމް ކުރިމަތީގައި ކޮންމެ ހަފުތާއެއްގެ ބުރާސްފަތި އަދި ހޮނިހިރު ދުވަހު، ގޭތެރެއަށް ބޭނުންވާ ސާމާނު ހެޔޮ އަގުގައި ލިބޭ "ވީކެންޑް ސޭލް" އެއް ފަށައިފިއެވެ. މި ސޭލްގައި ކާޕެޓާއި ބެޑްޝީޓް ފަދަ ތަކެތީގެ އިތުރުން، އަލަށް ނެރުނު "އޭވިން" ބްރޭންޑްގެ ދޮންނަ މެޝިނާއި ޝޯރޫމްގެ އެހެން މުދާތަކުން ވެސް ބޮޑެތި ޑިސްކައުންޓްތަކެއް ލިބެން ހުންނާނެއެވެ.

ސްޓާމެޑިކަލް އިން ދަރިމައިވުމާ ބެހޭ ސެޝަންއެއް ބާއްވަނީ

ދަރިމައިވުމުގެ ކުރިން ވިސްނަންޖެހޭ ކަންކަމަށް ހޭލުންތެރިކުރުވުމަށް ސްޓާ މެޑިކަލް އިން މި މަހުގެ 24 ވަނަ ދުވަހުގެ ރޭ ހިލޭ ބާއްވާ ޚާއްސަ ސެޝަނެއްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ތަޖުރިބާކާރު ނަރުހުން މައުލޫމާތުދޭ މި ސެޝަންގައި ދުޅަހެޔޮކޮށް ބަލިވެއިނުމަށް ތައްޔާރުވާނެ ގޮތްތައް ކިޔައިދޭއިރު، ކްލިނިކްގެ ނަންބަރުތަކަށް ގުޅައިގެން މިހާރު ނަން ނޯޓުކުރެވޭނެއެވެ.

ޑޮލަރު ޓްރާންސްފާ އަންނަ ހަފުތާގައި ހަމައަކަށް އެޅޭނެ: ބީއެމްއެލް

ބީއެމްއެލްއިން ޓީޓީ ހެދުމުގައި ދިމާވެފައިވާ ލަސްތަކަށް އަންނަ ހަފުތާގައި ހައްލެއް ލިބޭނެ ކަމަށް އެ ބޭންކުން ބުނެފި. މި މައްސަލަ ހައްލުކުރުމަށްޓަކައި ބޭންކުން ވަނީ ޑޮލަރު ބޭރުވާ މިންވަރު ކޮންޓްރޯލްކޮށް، ޒަރޫރީ ބޭނުންތަކަށް އިސްކަންދޭން ފަށާފަ. ބޭންކުން ޔަގީންކޮށްދޭ ގޮތުގައި މިއީ ޑޮލަރު ސަޕްލައިއަށް ދިމާވި ވަގުތީ ދަތިކަމެއް.

Newsletter

Get the latest news delivered straight to your inbox