އެމްބާޕޭގެ ހަބަރެއް ކިޔާލަން ވެސް ރެއާލްގެ ރައީސް ޕެރޭޒް ބޭނުމެއް ނޫން

Oct 18, 2022, 1:50 PM
އެމްބާޕޭގެ ހަބަރެއް ކިޔާލަން ވެސް ރެއާލްގެ ރައީސް ޕެރޭޒް ބޭނުމެއް ނޫން

ޕެރިސް (އޮކްޓޫބަރު 18) - ޕީއެސްޖީ އަށް ކުޅެމުންދާ ފްރާންސްގެ ފޯވާޑް ކީލިއަން އެމްބާޕޭގެ ހަބަރެއް ކިޔުމަށް ވެސް ޝައުގުވެރިކަމެއް ނެތް ކަމަށް ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް ވިދާޅުވެއްޖެ އެވެ.

މިދިޔަ ސީޒަނަށް ފަހު ރެއާލުން އެމްބާޕޭގެ ގެންދަން މަސައްކަތްތަކެއް ކުރި އެވެ. އެކަމަކު، ރެއާލްގެ ހުށަހެޅުމަށް ފުރަގަސްދީ، އެމްބާޕޭ ވަނީ ޕީއެސްޖީގެ ކޮންޓުރެކްޓް އާކޮށްފަ އެވެ. އެހެންކަމުން، އެމްބާޕޭއާ މެދު ޕެރޭޒް ހުރީ ވަރަށް ހިތްހަަމަނުޖެހިފަ އެވެ.

ޕީއެސްޖީއާ މެދު ހިތްހަމަނުޖެހިގެން، އެމްބާޕޭ އެ ކްލަބު ދޫކޮށްލަން ބޭނުންވާ ކަމަށް ބުނެ، މިދިޔަ ހަފުތާގައި ރިޕޯޓްތަކެއް ވަނީ ފެތުރިފަ އެވެ. އެކަމަކު، އެމްބާޕޭ ވަނީ އެ ވާހަކަތައް ދޮގުކޮށްފަ އެވެ.

"އަހަރެންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް އެމްބާޕޭއާ ގުޅޭ ވާހަކައަކަށް. އެކަމާ ގުޅޭ ހަބަރެއް ވެސް ނުކިޔަން،" ސްޕެއިންގެ ރޭޑިއޯ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައި ޕެރޭޒް ރޭ ވިދާޅުވި އެވެ.

ރެއާލްގެ ފޯވަޑް ކަރީމް ބެންޒެމާ އަށް ވަނީ ރޭ ބެލޮންޑިއޯ އެވޯޑް ލިބިފަ އެވެ. އަދި ރެއާލްގެ ފޯވަޑް ވިނީއަސް ޖޫނިއާ ވަނީ ޝޯޓްލިސްޓްގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. އަހަރުގެ އެންމެ މޮޅު ގޯލްކީޕަރަށް ދޭ ޔަޝިން ޓްރޮފީ ރެއާލް ގޯލްކީޕަރު ތީބައު ކޯޓުއާ ހޯދިއިރު، ބެލޮންޑިއޯގެ ގަދަ ދިހައެއްގައި އޭނާ އާއި ރެއާލްގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ވެސް ހިމެނުނެވެ.

ޕެރޭޒް ބުނީ ބެންޒެމާ އަށް ބެލޮންޑިއޯ އެވޯޑް "ހައްގު" ކަމަށެވެ. އަދި ރެއާލްގައި މިހާރު ތިބި ފޯވަޑުން ވަރަށް ހަލުވިކަމާ އެކު ކުރިއެރުން ހޯދަމުންދާ ކަމަށާއި ރެއާލްގެ ހުރިހާ ސަމާލުކަމެއް އޮތީ މި ވަގުތު ޓީމުގައި ތިބި ކުޅުންތެރިންނަށް ކަމަށެވެ.

"މެޑްރިޑްގެ ސަމާލުކަން ހުސްވެފައި އޮތީ މިހާރު ތިބި ކުޅުންތެރިންނަށް. އެ ކުޅުންތެރިން ވަނީ އަހަރަމެންގެ ލޯބި ހޯދައިފައި،" ޕެރޭޒް ބުންޏެވެ.

ޕެރޭޒް ވިދާޅުވީ ވިނީޝިއުސް އާއި ރޮޑްރީގޯގެ ކިބައިގައި މުސްތަގުބަލުގައި ބެލޮންޑިއޯ ހޯދޭނެ ފެންވަރު އެބަހުރި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބޫޓާން އަތުން ބަންގްލަދޭޝަށް އުނދަގޫ މޮޅެއް

ސާފް ޗެމްޕިއަންޝިޕްގައި ބޫޓާން އަތުން 1-0 އިން މޮޅުވެ، މުބާރާތް ބާއްވާ ގައުމު ކަމަށްވާ ބަންގްލަދޭޝް އިން ސެމީ ފައިނަލުގެ ފުރުސަތު ބޮޑުކޮށްފިއެވެ. ގިނަ ފުރުސަތުތަކެއް ބޭކާރުވި މި މެޗުގައި ބަންގްލަދޭޝްގެ މުހިންމު ބައެއް ކުޅުންތެރިން ނެތް ނަމަވެސް، އެ ޓީމުން ވަނީ ބޫޓާންގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުރަސްތަކުން ސަލާމަތްވެ އުނދަގޫ މޮޅެއް ހޯދާފައެވެ.

ޕާކިސްތާނުން ފަހު ވަގުތު ލަނޑުތައް ޖެހިޔަސް އިންޑިއާ އަށް މޮޅެއް

ބަންގްލަދޭޝްގައި ފެށި ސާފް ޗެމްޕިއަންޝިޕްގެ ފުރަތަމަ މެޗުގައި 3-2 އިން ޕާކިސްތާން ބަލިކޮށް، އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން މުބާރާތުގެ ފެށުން ރަނގަޅުކޮށްފި. މި މޮޅާއެކު އިންޑިއާއަށް ސެމީ ފައިނަލުގެ ފުރުސަތު ބޮޑުވެފައިވާއިރު، މި ގްރޫޕްގައި ދެން ހިމެނޭ ރާއްޖެއާ ދެކޮޅަށް ޕާކިސްތާން ކުރިއަށް އޮތް މެޗުގައި ނުކުންނާނެ.

ރޮނާލްޑޯ، ޕޯޗުގަލް ގައުމީ ޓީމުން ރިޓަޔާކޮށްފި

ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ އިއުލާނުކޮށްފައި އުމުރުން 41 އަހަރުގައި އޭނާ މި ނިންމުން ނިންމާފައިވަނީ ވީޑިއޯ މެސެޖެއް މެދުވެރިކޮށް

ސަރަހައްދުގެ ހުރިހާ ގައުމެއް ހަމަނުވެ ޖެހިޖެހިގެން ތިން ވަނަ ސާފް

މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕަކީ ފީފާގެ ސަސްޕެންޝަނާ ހުރެ ނޭޕާލް ނުލައި، ސަރަހައްދުގެ ގައުމެއް މަދުކޮށް ބާއްވާ ޖެހިޖެހިގެން ތިންވަނަ މުބާރާތް. އެންމެ ފަހުން ހަތް ގައުމު ހަމަވެގެން މުބާރާތެއް ބާއްވާފައިވަނީ 2018 ވަނަ އަހަރު ކަމަށްވާއިރު، އޭގެ ފަހުން ބޭއްވި ކޮންމެ މުބާރާތަކުން ވެސް ސަސްޕެންޝަންގެ ސަބަބުން ކޮންމެވެސް ގައުމެއް ވަނީ ބާކީވެފައި

ކިމީ އެންޓޮނެލީ: ފޯމިއުލާ ވަންގެ އެންމެ ޒުވާން ޗެމްޕިއަން

އުމުރުން 20 އަހަރުގައި ފޯމިއުލާ ވަންގެ ޗެމްޕިއަންކަން ހޯދައި، ސެބެސްޓިއަން ވެޓެލްގެ ރެކޯޑު މުގުރާލުމަށްފަހު އިޓަލީގެ ކިމީ އެންޓޮނެލީ ތާރީހުން ޖާގަ ހޯދައިފިއެވެ. މާސިޑީސް ޓީމަށް ދުއްވާ އެންޓޮނެލީ މި ޝަރަފު ކަށަވަރުކުރީ މި ސީޒަނުގައި ނުވަ ރޭސް ކާމިޔާބުކޮށް، މެކްސިކޯ ގްރޯންޕްރީގެ ތިންވަނަ ހޯދައިގެންނެވެ. މިއީ 1953 ވަނަ އަހަރަށްފަހު އިޓަލީގެ ޑްރައިވަރަކު މި މުބާރާތުގެ ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރެވެ.

ރާއްޖޭން ލީޑުނެގި މެޗުގައި ކޮރެއާ އަށް މޮޅެއް

ޗައިނާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި، މުހައްމަދު ސާދު ނިޒާރުގެ ލަނޑުން ފުރަތަމަ ލީޑުނެގި ނަމަވެސް، 5-1 އިން ދެކުނު ކޮރެއާ އަތުން ރާއްޖެ ބަލިވެއްޖެ. މި މެޗުގައި ކޮރެއާގެ ޝިން ހާ ތިން ލަނޑު ޖެހިއިރު، ރާއްޖޭން ދެން ކުޅޭ މެޗުގައި ބައްދަލުކުރާނީ ހޮންގް ކޮންގްއާ.

ކޯމޯ އަށް ރެކޯޑް މޮޅެއް، ރެއާލުން ކާމިޔާބު ހޯދީ ފަހު ވަގުތު

ޗެމްޕިއަންސް ލީގުގައި ލޯންސް އަތުން 9-1 އިން މޮޅުވެ ކޯމޯ އިން ތާރީޚީ ރެކޯޑްތަކެއް ހެދިއިރު، ރެއާލް މެޑްރިޑުން އޭއީކޭ އެތަންސް ބަލިކުރީ ފަހު ވަގުތު ޖެހި ލަނޑުން 3-2 އިންނެވެ. މި މޮޅާއެކު ރެއާލް މެޑްރިޑާއި ޕީއެސްޖީ ވަނީ ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެ ސައްތަ އިން ސައްތަ ރެކޯޑެއް ދަމަހައްޓާފައެވެ.

Newsletter

Get the latest news delivered straight to your inbox