މެޑްޓެކުން ތައާރަފު ކުރި "އެބީނާ"އިން ހައްލާއި ފަސޭހަކަން

އެބީނާ ބްރޭންޑްގެ ބައެއް ޕްރޮޑަކްޓު -- ފޮޓޯ: އިޔާން/އަދަދު

އެބީނާ ބްރޭންޑްގެ ބައެއް ޕްރޮޑަކްޓު -- ފޮޓޯ: އިޔާން/އަދަދު

ފެންވަރު ރަނގަޅު އުފެއްދުންތައް ބާޒާރަށް ތައާރަފުކޮށް، ބަލި މީހުންނާއި އާންމުންނަށް ފަސޭހަކަން ގެނެސްދިން ބަޔަކަށް މެޑްޓެކް ވާނެ އެވެ. އެންމެ ފަހުގެ މެޑިކަލް ޓެކްނޮލޮޖީ ހިމެނޭ އުފެއްދުންތައް ނެރެދިނުން އެއީ މެޑްޓެކް އުފަން ކުރުވިއިރު ވެރިން ދުށް ހުވަފެން ވެސް މެއެވެ. އެގޮތުން ހާއްސަ ސަމާލުކަމެއް ދިން އެއް ގިންތިއަކީ، ދިގު މުއްދަތަށް އެނދުމަތިވެފައިވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ އުފެއްދުންތައް ތައާރަފުކުރުމެވެ.

މީގެ 12 އަހަރު ކުރިން ވުޖޫދަށް އައި މެޑްޓެކް ކުންފުނީގެ އަމާޒަށް ވާސިލުވުމަށް ކުރަމުން އަންނަ ބުރަ މަސައްކަތުގެ ތެރެއިން މިއަހަރު ވަނީ މެޑްޓެކް ހޯމްކެއާ ގެ ނަމުގައި ފިހާރައެއް ހުޅުވާފަ އެވެ. ހިނގާބިނގާވެ ނޫޅެވޭ މީހުންނާއި ހަރަކާތްތެރިވެ އުޅުމަށް ދަތި މީހުންނަށް ހާއްސަ އުފެއްދުންތަކާއި، އެނދުމަތިވެފައިވާ ބަލި މީހުން ބާއްވާ އެނދާއި އެމީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ މެޝިނުތަކާއި ހަކުރު ބަލީގެ މީހުންނާއި ނޭވާލާ ނިޒާމުގެ ބަލިތައް ދިމާވެފައިވާ މީހުންނަށް ހާއްސަ އާލާތްތައް ވިއްކަމުން އަންނަ އެ ފިހާރައިން މިފަހަރު މިވަނީ އަނެއްކާ ވެސް ތަފާތު ބުރޭންޑެއްގެ އުފެއްދުންތައް ހަރުތަކަށް ނެރެފަ އެވެ. އެއީ އެކިއެކި ބަލިތަކުގައި ގޭގަ އާއި ހޮސްޕިޓަލްތަކުގައި އެނދުމަތިވެފައިވާ މީހުންނަށް ހާއްސަ އިސްކަމެއް ދީގެން ގިނަ އުފެއްދުންތަކެއް އުފައްދައި ސަޕްލައި ކުރާ އެބީނާގެ ޕްރޮޑަކްޓުތަކެވެ.

އެބީނާގެ ބައެއް އުފެއްދުންތައް
އެބީނާގެ ބައެއް އުފެއްދުންތައް

އެބީނާގެ ބައެއް އުފެއްދުންތައް

ޑެންމާކުގެ މަޝްހޫރު އެބީނާ ކުންފުންޏަކީ މީގެ 69 އަހަރު ކުރިން ފެށިގެން އައި އާއިލީ ވިޔަފާރި އެކެވެ. 2000 އަށް ވުރެ ގިނަ މުވަޒަފުންނާއި އެކު ހިންގަމުން އަންނަ އެ ކުންފުނީގެ 36،000 އަށް ވުރެ ގިނަ ތަފާތު އުފެއްދުންތައް ދުނިޔޭގެ 80 އަށް ވުރެ ގިނަ ގައުމަށް ސަޕްލައި ކޮށްދެ އެވެ. ޔޫރަޕުގެ އިތުބާރު ހޯދާފައިވާ އެކުންފުނީގެ އުފެއްދުންތަކަކީ ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކެކެވެ. އެގޮތުން އެކުންފުންޏަކީ ނޯޑިކް އިކޯ ސެޓިފައިޑް އުފެއްދުންތައް އެންމެ ފުރަތަމަ އުފައްދަން ފެށި ކުންފުންޏެވެ.

މާލޭގައި ހުންނަ މެޑްޓެކް ހޯމްކެއާ ފިހާރައިން އަލަށް ތައާރަފު ކޮށްފައި ވަނީ އެބީނާ ބުރޭންޑުގެ ސިއްހީ އުފެންދުންތަކުގެ ތެރެއިން ތިން ޕުރޮޑަކްޓު ރޭންޖެކެެވެ. އޭގެ ތެރޭގައި ބޮޑެތި މީހުންނަށް ހާއްސަ ތަފާތު ވައްތަރުތަކުގެ ނެޕީ އާއި އެކި ކަހަލަ ހަމުގެ މައްސަލަތައް ހުންނަ މީހުންނަށް ހާއްސަކޮށް އުފައްދާފައިވާ އުފެއްދުންތަކާއި އެނދުމަތިވެފައިވާ މީހުން، ފެނާއި ނުލައި "ފެން ވެރުވުމަށް" ހާއްސަ ވެޓް ވައިޕްސް ފަދަ އުފެއްދުން ހިމެނެ އެވެ.

ބޮޑެތި މީހުންނަށް ހާއްސަ ތަފާތު ވައްތަރުތަކުގެ ނެޕީ އެ ފިހާރައިން ލިބޭ -- ފޮޓޯ: އިޔާން/އަދަދު
ބޮޑެތި މީހުންނަށް ހާއްސަ ތަފާތު ވައްތަރުތަކުގެ ނެޕީ އެ ފިހާރައިން ލިބޭ -- ފޮޓޯ: އިޔާން/އަދަދު

ބޮޑެތި މީހުންނަށް ހާއްސަ ތަފާތު ވައްތަރުތަކުގެ ނެޕީ އެ ފިހާރައިން ލިބޭ -- ފޮޓޯ: އިޔާން/އަދަދު

އެބީނާގެ އުފެއްދުންތަކަކީ ދުނިޔެ ގަބޫލުކުރާ ފެންވަރުގެ އެތައް ސެޓިފިކެޓުތަކެއް ލިބިފައިވާ އުފެއްދުން ތަކެކެވެ. އެގޮތުން އެކްޒީމާ އާއި އެލާޖީ ފަދަ ހަމުގެ ބަލިތައް ހުންނަ ފަރާތްތަކުގެ ހަންގަނޑު ހަލާކު ނުވާފަދަ މާއްދާތައް ބޭނުންކޮށްގެން ތައްޔާރު ކުރާ އުފެއްދުންތަކަށް ދޭ 'ދަ އެސްމާ އެންޑު އެލާޖީ ނޯޑިކް ލޭބަލް' އާއި ތިމާވެއްޓާއި ރައްޓެހި އުފެއްދުންތަކަށް ދޭ 'ނޯޑިކް އިކޯ ލޭބަލް' ގެ އިތުރުން ޖަންގަލިތަކާއި ގަސްގަހާއި ގެއްސަށް ގެއްލުން ނުވާނެ ފަދަ ގޮތްގޮތަށް ހޯދާ ރޯމެޓީރިއަލްސް އިން އުފައްދާ އުފެއްދުންތަކަށް ދޭ 'އެފް.އެސް.ސީ' ސެޓިފިކެޓު ވެސް އެބީނާގެ ޕުރޮޑަކްޓުތަކަށް ލިބިފައި ވެއެވެ.

އަޅުގަނޑުމެންނަކީ ސޮލިއުޝަން އޮރިއެންޓެޑް ޕާޓްނަރެކެވެ

އަބޭނާގައި އަޅުގަނޑުމެން ފަޚުރުވެރިވަނީ މާކެޓުން ލިބޭ އެންމެ ރަނގަޅު އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ މަތީ ފެންވަރުގެ އުފެއްދުންތަކެއް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމާއި، އެއްފަހަރާ ތިމާވެށްޓަށް އަޅާލުމާއި ލިޔެކިޔުންތަކާއި ހާމަކަން ބޮޑުކަމާއި ތަޖުރިބާކާރު ލޮޖިސްޓިކްސް މެނޭޖްމަންޓަށް ބޭނުންވާ ކަންކަން ފުރިހަމަކުރުން. މިކަމުގެ ސަބަބުން އަޅުގަނޑުމެންގެ ކަސްޓަމަރުންނަށް ޤާނޫނު ހެދުމާއި، މުދާ އުފުލުމާއި، ތިމާވެށްޓަށް ކުރާ އަސަރުތަކަށް މަދުކޮށް، އެންމެ ރަނގަޅަށް ކުރާ ކަންކަމަށް ފޯކަސް ކުރުމަށް ފަސޭހަވެގެންދެއެވެ.

މި ހުރިހާ ސާމާނެއް ހޯލްސޭލްކޮށް އަދި ރީޓޭލްކޮށް ހޯމްކެއާ ފިހާރައިން ލިބެން ހުރިއިރު، ވަރަށް އަވަހަށް އެބީނާ ބުރޭންޑުގެ ކުޑަކުދިންގެ ރޭންޖުގެ އުފެއްދުން ތައާރަފުކުރާނެ އެވެ. އެ ފިހާރައަށް ގޮސް ވިޔަފާރިކޮށްލަން އުނދަގޫ ނަމަ އީމެއިލް homecare@medtechmaldives.com އަށް މެއިލް ކޮށްލައިގެން ނުވަތަ ފޯނު 9902225 960+ އަށް ގުޅާލައިގެން ވެސް އޯޑަރު ކުރެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox