ޓެކްސް ބޮޑުނުކޮށް ވެސް އާމްދަނީ އިތުރުކުރެވޭނެ: އާޒިމް

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީިހުގެ ތަޅުމުގައި އެެހެން މެމްބަރަކާ ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ޓެކްސް ބޮޑުނުކޮށް، ވެސް އާމްދަނީ އިތުރުކުރެވިދާނެކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް، މަޖިލީިހުގެ ތަޅުމުގައި އެެހެން މެމްބަރަކާ ވާހަކަދައްކަވަނީ. އޭނާ މިއަދު ވިދާޅުވީ ޓެކްސް ބޮޑުނުކޮށް، ވެސް އާމްދަނީ އިތުރުކުރެވިދާނެކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ އަތުން ނަގާ ޓެކްސް ބޮޑުނުކޮށް ވެސް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރެވިދާނެ ކަަމަށް ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ އެމްޑީޕީ މެމްބަރު އަލީ އާޒިމް ދައްކަވާ ވާހަކަ މިއަދު ވެސް ތަކުރާރު ކުރައްވައިފި އެވެ.

ޖީއެސްޓީއާއި ޓީޖީއެސްޓީ ބޮޑުކުރުމަށް ޓަކައި ޓެކްސްގެ ގާނޫނު ބަދަލުކުރަން ސަރުކާރުން މަޖިލީހަށް ބިލެއް ހުށަހެޅުމުން، މީގެ ކުރިން ވެސް އާޒިމް ފާޑުވިދާޅުވި އެވެ. އެ ބިލު ދިރާސާކުރަން މުޅި މަޖިލިސް ކޮމިޓީއަށް ގޮސްގެން މިއަދު ކުރި މަޝްވަރާގައި އާޒިމް ވިދާޅުވީ ޓެކްސް ބޮޑުކޮށްގެން، ދައުލަތަށް އިތުރުވާނެ ކަމަށް ލަފާކުރާ އާމްދަނީއާ އެއްވަރުގެ އަދަދެއްގެ ފައިސާ، ހަރަދު ކުޑަކޮށްގެން ސަލާމަތް ކުރެވިދާނެ ކަމަށެވެ.

ޓެކްސް ބޮޑުކުރަން ޖެހޭ ސަބަބުތަކާ ބެހޭ ގޮތުން އޮޅުން ފިލުވަން ޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

Advertisement

"ސަރުކާރަށް މި ފައިސާ [ޓެކްސް ބޮޑުކުރުމުން ލިބޭނެ ކަމަށް ލަފާކުރާ ފައިސާ] ހޯދުމަށް ޓަކައި ކުންފުނިތަކުގެ ހިއްސާ ވެސް ވިއްކިދާނެ އެކި ފަރާތްތަކަށް. އެހެންވީމާ 2.5 ބިލިއަން ރުފިޔާ ހޯދާކަށް ރައްޔިތުންގެ އަތުން ޓެކްސް ނަގާކަށް އަޅުގަނޑެއް ހަމަ ޔަގީނުން ވެސް އެއްބަހެއް ނޫން،" އާޒިމް ވިދާޅުވި އެެވެ.

އެ ފައިސާ ހޯދުމަށް ޓަކައި ކުންފުނިތަކުގެ ހިއްސާ ވިއްކުމުގެ އިތުރުން، ބޭކާރު ކުންފުނިތައް އުވައި ވެސް ލެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އާޒިމް ވިދާޅުވީ ސަރުކާރުގެ ކުންފުނިތަކުގެ ހަރަދު އިންތިހާއަށް ބޮޑު ކަމަށެވެ.

ރާއްޖޭގެ އިގުތިސާދު ރަނގަޅުވަމުން އަންނަ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެފައި ވާތީ، އެ ވާހަކައާ ގުޅުވައި، އާޒިމް ވިދާޅުވީ އަމީރު އެ ވިދާޅުވި ގޮތަށް ރާއްޖޭގެ ހާލަތު އޮތް ނަމަ، ޓެކްސް ބޮޑުކުރަނީ ކީއްކުރަންތޯ ސުވާލު އުފެދޭ ކަމަށެވެ.

އެ ސުވާލާއި އެހެން ގިނަ ސުވާލުތަކަށް ޖަވާބު ހޯދުމަށް ޓަކައި ފިނޭންސް މިނިސްޓަރާއި ވިޔަފާރިވެރިންނާއި ވިޔަފާރިވެރިން ތަމްސީލުކުރާ ޖަމިއްޔާތަކުގެ އިސް ފަރާތްތައް ވެސް މަޖިލީހަށް ގެނެސް ސުވާލުކުރަން އާޒިމް ހުށަހެޅުއްވި އެވެ.

އޭނާގެ ހުށަހެޅުއްވުމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފު ތާއީދުކުރެއްވި އެވެ. ހަސަން ލަތީފަކީ ވެސް މި ވަގުތު ޓެކްސް ބޮޑުކުރުމާ ދެކޮޅަށް ވާހަކަ ދައްކަވާ މެމްބަރެކެވެ.

ދުނިޔޭގެ އިގުތިސޯދަށް މިހާރު ކުރިމަތިވެފައިވާ ހީނަރުކަމުގެ އަސަރު ރާއްޖޭގެ އިގުތިސޯދަށް ވަރަށް ބޮޑަށް ކުރަމުންދަތީ، އާމްދަނީ އިތުރުކުރަން މިހާރު ނަގަމުންދާ މުދަލާއި ހިދުމަތުގެ ޓެކްސް (ޖީއެސްޓީ) އަށް ޕަސަންޓަށް އަދި ޓޫރިޒަމް ދާއިރާއިން ނަގާ ޓީޖީއެސްޓީ 16 ޕަސަންޓަށް ބޮޑު ކުރަން ސަރުކާރުން ވަނީ ނިންމައި، އިއުލާނުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox