ޕެރިހުގައި 12 އަހަރުގެ ކުއްޖަކު މަރާލައި ފޮއްޓަކަށް ލާފައި އޮއްވައި ފެނިއްޖެ

މަރުވީ އުމުރުން 12 އަހަރުގެ ލޯލާ.

މަރުވީ އުމުރުން 12 އަހަރުގެ ލޯލާ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި 12 އަހަރުގެ އަންހެން ކުއްޖަކު މަރާލައި، އޭނާ ދިރިއުޅޭ އެޕާޓްމަންޓް އިމާރާތުގެ ގޯތިތެރޭގައި ފޮއްޓަކަށް ލާފައި އޮއްވައި ފެނިއްޖެ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން މިދިޔަަ ހުކުރު ދުވަހު ލޯލާ އާދައިގެ މަތިން ސްކޫލުގައި ވަގުތުތައް ހޭދަކުރި އެވެ. އެކަމަކު މެންދުރު ފަހު އެނބުރި ގެޔަށް ނައުމުން، އޭނާގެ ބައްޕަ ފުލުހުންނަށް އެންގި އެވެ.

އިމާރާތުގެ ބޭރުގައި ފޮއްޓެއް ހުރިކަން އެނގުނީ ހުކުރު ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. އެ ކުއްޖާގެ ހަށިގަނޑު ފެނުނީ ފޮށިގަނޑު ތެރޭގައި ފޮތިގަނޑެއް އަޅައި ފޮރުވާފައި އޮއްވަ އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ ކުއްޖާގެ އަތާއި ފައި އޮތީ ބަނދެފަ އެވެ. އަދި ކަަރުގައި ބޮޑު ޒަހަމެއް އޮތެވެ. ހަފުތާ ބަންދުގައި ހެދި އޮޓޮޕްސީން އެނގުނީ މަރުވީ ނޭވާ ހާސްވެގެން ކަމަށެވެ.

އެ ކުއްޖާގެ ފައިގައި ދެ ނޯޓު ހަރުކޮށްފައި އޮތް އިރު، އެއް ނޯޓުގައި ލިޔެފައި އޮތޯ "0" އެވެ. އަދި އަނެއް ނޯޓުގައި ލިޔެފައި އޮތީ "1" އެވެ.

ފުލުހުންނަށް ތުހުމަތު ކުރެވޭ އަންހެނަކު ހޮނިހިރު ދުވަހު ހައްޔަރު ކުރި އެވެ. އަލްޖީރިއާއަށް އުފަން 24 އަހަރުގެ އެ މީހާއަށް ނޫސްތަކުން ނިސްބަތް ކުރަނީ ޑާހްބިއާ ބީގެ ނަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އެ އަންހެން މީހާ ފެނުނީ އިމާރާތުގެ ސެކިއުރިޓީ ވީޑިއޯއިންނެވެ. ހުކުރު ދުވަހުގެ މެންދުރު ލޯލާއާ އެކު އެ އަންހެން މީހާ އިމާރާތުގެ މައި ދޮރުން ވަންނަ މަންޒަރު ކެމެރާއަށް އެރި އެވެ.

އޭގެ ފަހުން ކޮންޓެއިނަރެއް ހިފައިގެން އިމާރާތުން ނުކުމެ، މަގުމަތީގައި ޝައްކު ކުރެވޭ ގޮތަކަށް އޭނާ އުޅުނެވެ. ފުލުހުން ދެކޭ ގޮތުގައި އެ އަންހެން މީހާއަކީ ނަފްސާނީ ގޮތުން މައްސަލަތަކެއް ހުރި މީހެކެވެ.

އޭގެ އިތުރުން ޑާހްބިއާ ބީއަށް ކޮންޓެއިނަރު އުފުލުމުގައި އެހީވި ކަމަށް ބެލެވޭ 43 އަަހަރުގެ ފިރިހެނަކު ވެސް ހުރީ ހައްޔަރުކޮށްފަ އެވެ. ކާރުގައި ދުއްވުމަށް ފަހު އޭނާ އެނބުރި އައީ އެޕާޓްމަންޓު އިމާރާތަށެވެ.

ޑާހްބިއާ ބީގެ ދައްތަ ދިރިއުޅެނީ އެ އިމާރާތުގަ އެވެ. ރިޕޯޓުތައް ބުނާ ގޮތުން އޭނާ އާއި އޭނާގެ ދައްތަ ޒުވާބު ކުރި އަޑު އިމާރާތުގައި އުޅޭ އެހެން މީހުންނަށް އިވުނެވެ.

އެ ކުއްޖާގެ މަރާ ގުޅިގެން ޕެރިހުގައި ގިނަ ބަޔަކު ހިތާމަ ފާޅުކުރަމުންދާ އިރު، އެޑިއުކޭޝަން މިނިސްޓަރާއި ޕެރިހުގެ މޭޔަރު ލޯލާގެ ސްކޫލަށް ވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox