ޖަޕާނުގެ ޔުނިފިކޭޝަން ޗާޗުގެ މައްސަލަ ބަލަން ބޮޑު ވަޒީރު އަމުރު ކުރައްވައިފި

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ. -- ފޮޓޯ: ރޮއިޓާޒް

ޖަޕާނުގެ ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ. -- ފޮޓޯ: ރޮއިޓާޒް

ޓޯކިޔޯ، ޖަޕާން (އޮކްޓޯބަރު 17) - ޖަޕާނުގެ ޔުނިފިކޭޝަން ޗާޗަށް ފާޑުކިޔުން އިތުރުވެފައި ވަނިކޮށް، އެ ފައްޅީގެ މައްސަލަ ތަހުގީގު ކުރުމަށް ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ އަމުރު ކުރައްވައިފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލީ ޔުނިފިކޭޝަން ޗާޗްއާ އޮތް ގުޅުމުގެ ސަބަބުން ކަމަށް ބަޑިން ހަމަލާ ދިން މީހާ ވަނީ ބުނެފަ އެވެ.

ބައެއް ފަރާތްތަކުން ބުނާ ގޮތުން ޔުނިފިކޭޝާން ޗާޗްއަށް ދާ މީހުން ބޮޑެތި ފައިސާގެ ޑޮނޭޝަން ކުރަން ޖެހުމާއި ދަރިންނަށް އިހުމާލުވެ ފައްޅީގެ ހިދުމަތުގައި އުޅޭކަމުގެ ތުހުމަތު ކުރެވެ އެވެ.

ޔުނިފިކޭޝަން ޗާޗްގެ ރަސްމީ ނަމަކީ ފެމިލީ ފެޑެރޭޝަން ފޯ ވޯލްޑް ޕީސް އެންޑް ޔުނިފިކޭޝަން އެވެ. އެ ޖަމިއްޔާ އުފެދުނީ ކޮރެއާގައި ސުން މިޔުންގް މޫން ނަމަކަަށް ކިޔާ މީހެއްގެ އިސްނެގުމަށޭވެ.

ފައްޅިން ތުހުމަތުތައް ދޮގުކުރި ނަމަވެސް، ކުރިން އެ ފައްޅީގެ މެމްބަރުންގެ ގޮތުގައި އުޅުނު ބައެއް މީހުން ވަނީ ފާޑުކިޔައި، ފައްޅި އާއި ބައެއް ސިޔާސީ އިސްވެރިންނާ ގުޅުން އޮތް ކަމަށް ބުނެފަ އެވެ.

ހޯމަ ދުވަހު ޕާލިމެންޓުގައި ބޮޑު ވަޒީރު ކިޝީޑާ ވިދާޅުވީ ފައްޅީގެ "ޝިކާރައަކަށްވި" އެތައް ބަޔަކު އެބަަ އުޅޭ ކަމަށާއި ބައެއް މީހުން ފަގީރުކަމަށް ގޮސް އާއިލާ ރޫޅިފައިވާ ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ ދީނީ ޖަމިއްޔާތަކާ ގުޅޭ ގާނޫނުގެ ދަށުން އެ ފައްޅީގެ ހަގީގަތް ތަހުގީގު ކުރުމަށް ސަރުކާރަށް ލިބިފައިވާ ހައްގުގެ ބޭނުން ކުރާނެ ކަމަށެވެ.

ތަހުގީގުގެ ތެރެއިން ފަައްޅިއާ ގުޅިފައިވާ ތުހުމަތުތަކަކީ ހަގީގަތެއްކަން ސާބިތުވެއްޖެ ނަމަ، އެ ފައްޅިއަކީ ޓެކްސް ނުދައްކާ ހިންގޭ ޖަމިއްޔާއެއްގެ ގޮތުގައި އޮތް އޮތުމަށް ނިމުމެއް ގެނެވޭނެ އެވެ. އެހެން ނަމަވެސް، ފައްޅި ހިންގުމަކަށް ހުރަހެއް ނޭޅޭނެ އެވެ.

މީގެ ކުރިން ޖަޕާނުގައި ދީނީ ދެ ގްރޫޕަކާ ދެކޮޅަށް އެ ފިޔަވަޅު އެޅި އެވެ. އޭގެ ތެރޭގައި 1995 ވަނަ އަހަރު ޓޯކިޔޯގެ މެޓްރޯ ސްޓޭޝަނުގައި ކެމިކަލް ހަމަލާ ދިން އައުމް ޝިރިންކިޔޯ ކަލްޓް ހިމެނެ އެވެ. އަނެއް ގްރޫޕަކީ މެމްބަރުންނަށް އޮޅުވާލައިގެން ފައިސާ ހޯދި ގްރޫޕެކެވެ.

އެކަމަކު ޔުނިފިކޭޝަން ޗާޗްއާ ގުޅިގެން އެފަދަަ ފިޔަަވަޅެއް އަޅައިފި ނަމަ، ދީނީ މިނިވަންކަމުގެ ހައްގަށް އުނިކަން ލިބިދާނެތީ ސަރުކާރުން ކަންބޮޑުވާ ކަމަށް އޮފިޝަލުން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox