ހުޅަނގު މޫސުމުގައި މުދަލުގެ ރައްކާތެރިކަން އިސްކުރާނެ ގޮތް

Oct 16, 2022, 5:31 AM
މޫސުން ގަދަ ދުވަހެއްގައި މާލޭ ސަރަހައްދުން ދޯންޏެއް ދުއްވާފައި ދަނީ: ދޯނީގައި އުފުލާ މުދާ އިންޝުއަރެންސް ކުރުމުން ލިބޭ ގެއްލުން ކުޑަވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޫސުން ގަދަ ދުވަހެއްގައި މާލޭ ސަރަހައްދުން ދޯންޏެއް ދުއްވާފައި ދަނީ: ދޯނީގައި އުފުލާ މުދާ އިންޝުއަރެންސް ކުރުމުން ލިބޭ ގެއްލުން ކުޑަވޭ -- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

މޫސުމާބެހޭ ގައުމީ އިދާރާއިން ހުޅަނގު މޫސުން ލައިގަނެއްޖެކަން އިއުލާނުކުރި އިރު ވެސް ރާއްޖޭގެ އެކި ކަންކޮޅުތަކަށް މޫސުން ދިޔައީ ގޯސްވަމުންނެވެ. އެހެން ނަމަވެސް އަހަރެމެންގެ އާންމު ދިރިއުޅުމުގެ ކަންކަން ކުރިއަށް ދާންޖެހޭނެ ނޫންހެއްޔެވެ؟ ބޭރުން ރާއްޖެއަށް ކަނޑުމަގުން މުދާ އެތެރެކުރަމުންދިޔަ އެވެ. އަދި މާލެއިން ރަށްރަށަށް ވެސް މުދާ ސަޕްލައިކުރަމުންދިޔަ އެވެ.

ގަދަ ވަޔާއި ވާރޭގައި ވެސް ކާގޯ އުފުލުމާއި ސަޕްލައިކުރުމުގެ މަސައްކަތް ކުރިއަށްދިޔަ އިރު މިއީ ރިސްކު ބޮޑު މަސައްކަތެކެވެ. އުޅަނދު ކަނޑުވުން ނުވަތަ ރާޅު ޖަހާ އުޅަނދުގައި ހުރި މުދާ ހަލާކުވުން ނުވަތަ ކަނޑަށް ބައެއް މުދާ ގެއްލުން ފަދަ ނުރައްކާތަކާ ކުރިމަތިލާން ޖެހިދާނެ އެވެ. އެފަދަ ހާލަތެއްގައި އެއީ މާލީ ބޮޑު ގެއްލުމެކެވެ. އުފުލަން ޖެހޭ ވަރަށް ބޮޑު ބުރައެކެވެ. ކާގޯ އިންޝުއަރަންސް ޕްލޭނެއްގެ ބޭނުންތެރިކަން ވަރަށް ބޮޑެވެ.

އެލައިޑް އިންޝުއަރަންސްގެ ކާގޯ އިންޝުއަރަންސަކީ މިގޮތުން އެންމެ ފައިދާ ބޮޑު އިންޝުއަރަންސް ޕޮލިސީ އެވެ. މި ޕޮލިސީގެ ދަށުން ތިން ގިންތިއަކަށް ކަވަރޭޖު ފޯރުކޮށްދެ އެވެ.

ތިން ވަނަ ގިންތި (އައިސީސީ ސީ) ގައި ރައްކާތެރިކަން ލިބެނީ ތާޑު ޕާޓީއެއްގެ ގޮތުގައި ތިމާގެ އުޅަނދާއި ކާގޯއަށް ލިބިދާނެ ގެއްލުންތަކަށެވެ. އޭގެ ތެރޭގައި އަލިފާނުގެ ހާދިސާއެއް ހިނގުން ނުވަތަ ގެއްޗެއް ގޮވުން، އުޅަނދު އަޑިއަށް ދިއުން ނުވަތަ ބަންޑުން ޖަހާލުން، އެހެން އުޅަނދެއްގައި ޖެހުން، ޑިސްޓްރެސްޑް ކާގޯ (އޯނަރު ހަވާލު ނުވާ/ނުކުރެވޭ ކާގޯ) ބަނދަރަށް ދޫކޮށްލުން އަދި ކާގޯ ކަނޑަށް ދޫކޮށްލަން ޖެހުން ފަދަ ހާލަތްތައް ހިމެނެ އެވެ.

ދެ ވަނަ ގިންތި (އައިސީސީ ބީ) ގައި މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ބިންހެލުން، ހޮނުއެޅުން ފަދަ ގުދުރަތީ ހާދިސާތަކާއި ކާގޯގެ ގޮތުގައި އުފުލަމުން ދިޔަ އެއްޗެއް ކަނޑަށް ވެއްޓުމާއި އަދި އުޅަނދުގައި ކާގޯ ބަހައްޓާފައި ހުރި އިރު ރާޅު ޖަހާ މުދަލަށް ގެއްލުންވުމާއި އަދި މުދާ ލޯޑުކުރުމާއި އަންލޯޑުކުރުމުގެ ތެރޭގައި އެއްޗެއް ވެއްޓި ހަލާކުވުމުން ލިބޭ ގެއްލުންތަކަށް ކަވަރޭޖު ލިބޭނެ އެވެ.

ފުރަތަމަ ގިންތި (އައިސީސީ އޭ) އަކީ ކޮމްޕްރެހެންސިވް ކަވަރޭޖެވެ. ނުވަތަ އެންމެ ރައްކާތެރިކަން ބޮޑު ކަވަރޭޖެވެ. މަތީގައި ބަޔާންކޮށްފައިވާ ހުރިހާ ހާލަތެއްގެ އިތުރުން ކަނޑުފޭރޭ މީހުންގެ ނުރައްކާތަކާއި ވަގުތަށް ކާގޯ ޑެލިވަރީ ނުކުރެވިއްޖެނަމަ ލިބޭ ގެއްލުންތަކަށް ވެސް ކަވަރޭޖު ލިބޭނެ އެވެ.

މި ޕޮލިސީގެ ތިން ގިންތީގައި ވެސް ކަނޑަށް ވެއްޓޭ މުދާ ސަލާމަތްކުރުމަށް އަރާ ސެލްވޭޖް ޗާޖުތަކަށް ކަވަރޭޖު ލިބޭނެއެވެ. އަދި އުޅަނދު ނުވަތަ ކާގޯގެ ސަލާމަތަށް ޓަކައި އަމިއްލަ އިސްނެގުމަށް ނަގާ ޑިޒިޝަނަކުން ލިބޭ ގެއްލުން (ޖެނެރަލް އެވަރޭޖް ސެކްރިފައިސް) ވެސް ތިން ގިންތިން ކަވަރުކޮށްދެ އެވެ.

އެލައިޑްގެ ކާގޯ އިންޝުއަރަންސަކީ ހަމައެކަނި ކަނޑުމަގުން އުފުލާ ކާގޯއަށް އޮތް ރައްކާތެރިކަމެއް ނޫނެވެ. ވައިގެ މަގުންނާއި ރަށުތެރޭގައި އުފުލާ ކާގޯއަށް ވެސް ހަމަ މި ހާލަތްތަކަށް ރިއާޔަތްކޮށް ރައްކާތެރިކަން ލިބޭނެ އެވެ.

އަދި ވިސްނަވައްޗެވެ—މިއީ ހުޅަނގު މޫސުން ކަމުން މޫސުން ބަދަލުވަނީ ހީ ވެސް ނުކުރާ ގޮތްގޮތަށެވެ. އަވިގަދަ ހެނދުނެއް ފެނިފައި ވަރަށް ވިއްސާރަ މެންދުރަކާއި ރެޔެއް ވެސް އެއް ދުވަހުން ފެނިދާނެ އެވެ. އެހެންކަމުން ރައްކާވެ، ފިޔަވަޅު އަޅައިގެން ހުރުމަކީ އެންމެ ބުއްދިވެރި ގޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްޕީއެލްއިން ޑޮލަރުން ފީ ނަގާތީ ވިޔަފާރިތަކުގެ ކަންބޮޑުވުން

އެމްޕީއެލްގެ ސްޓިވަޑޯރިން ފީ ޑޮލަރުން ނަގަން ފެށުމާ ގުޅިގެން، ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަން މަޖުބޫރުވެ ދިވެހި ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމުގެ ކަންބޮޑުވުން ވިޔަފާރިވެރިން ފާޅުކޮށްފިއެވެ. ރާއްޖޭގެ ހުރިހާ މުއާމަލާތެއް ރުފިޔާއިން ކުރަން ސަރުކާރުން ބާރުއަޅާއިރު، މި ބަދަލުގެ ސަބަބުން ބާޒާރުގައި ޑޮލަރަށް އޮތް ޑިމާންޑް އިތުރުވެ ޑޮލަރުގެ އަގު އުފުލުމަށް މަގުފަހިވާ ކަމަށް ވިޔަފާރިވެރިން ބުނެއެވެ.

އައިކެއާ އިން ވޯލްޑް ސައިޓް ޑޭ ޕްރޮމޯޝަން ފަށައިފި

ދުނިޔޭގެ ފެނުމުގެ ދުވަހާ ގުޅުވައިގެން، އޮކްޓޯބަރު މަހުގެ ނިޔަލަށް އައިކެއާގެ ހުރިހާ އައުޓްލެޓްތަކެއްގައި ޚާއްޞަ ޕްރޮމޯޝަނެއް ވަނީ ފަށާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ކަނޑައެޅިފައިވާ ބްރޭންޑްތަކުގެ ޕްރިސްކްރިޕްޝަން ލެންސާއެކު ގަންނަ ފްރޭމްތަކުން %20 ޑިސްކައުންޓް ލިބޭނެއެވެ. މީގެ އިތުރުން، ލޮލުގެ ސިއްހަތަށް ސަމާލުކަންދީ ގަވާއިދުން ލޯ ޓެސްޓުކުރުމަށް އައިކެއާއިން ވަނީ އިލްތިމާސްކޮށްފައެވެ.

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

Newsletter

Get the latest news delivered straight to your inbox