ފެނުގެ އަސަރުކޮށް ނައިފަރު ފްލެޓްވެރިންނަށް އެތައް ތަކުލީފެއް

ނައިފަރުގައި ފަހުން ދޫކުރި 100 ހައުސިން ޔުނިޓް؛ ވިއްސާރާގައި ފެނުގެ އަސަރުކޮށް އެތައް ތަކުލީފެއް - ފޮޓޯ: ކިޔުންތެރިއެއް

ނައިފަރުގައި ފަހުން ދޫކުރި 100 ހައުސިން ޔުނިޓް؛ ވިއްސާރާގައި ފެނުގެ އަސަރުކޮށް އެތައް ތަކުލީފެއް - ފޮޓޯ: ކިޔުންތެރިއެއް

އިއްޔެ ޅަވިޔަނި އަތޮޅު ނައިފަރަށް ކުރި ވިއްސާރާގައި، އެންމެ ފަހުން އެ ރަށުން ދޫކުރި 100 ފްލެޓްތަކަށް ފެން ވަދެ، ތަކެއްޗަށް ގެއްލުންތަކެއް ލިބިފައިވާތީ ތަކުލީފުތަކެއް އުފުލަން ޖެހިފައިވާ ކަމަށް އެ ފްލެޓްތަކުގައި ދިރިއުޅޭ މީހުން މިއަދު ބުނެފި އެވެ.

އެ ފްލެޓްތަކަށް މީހުން ބަދަލުވެފައި ވަނީ މީގެ ހަތް މަސް ކުރިންނެވެ. ބައެއް ފްލެޓްތަކަށް އަދި މީހުން ނުވަދެ ހުސްކޮށް ހުރިއިރު، ފްލެޓްތައް ދޫކުރި އިރުން ފެށިގެން ވެސް، ވިއްސާރަ ދުވަސްވަރު ފްލެޓްތަކަށް ފެން ވަދެ ތަކެއްޗަށް ގެއްލުން ލިބޭ ކަމަށް އެތަނުގައި އުޅޭ މީހުން ބުންޏެވެ.

"ފުރަތަމަ ފަހަރަކަށް ވެސް ނޫން މިހެން މި ދިމާވީ، ވާރޭވެހޭ ކޮންމެ ފަހަރަކު ވެސް ދިމާވޭ،" ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަށް ދިމާވާ ދަތިތައް ކަމާ ގުޅުން ހުރި މުއައްސަސާތަކާ ހިއްސާކުރުމަށް ހަމަޖައްސާފައިވާ ހަތަރު މަންދޫބުންގެ ތެރޭގައި ހިމެނޭ މުހައްމަދު ޒަމީރު ބުންޏެވެ.

Advertisement
ފެނުގެ އަސަރުކޮށް، ފްލެޓެއްގެ ސީލިން ހަލާކުވެފަ - ފޮޓޯ: ކިޔުންތެރިއެއް
ފެނުގެ އަސަރުކޮށް، ފްލެޓެއްގެ ސީލިން ހަލާކުވެފަ - ފޮޓޯ: ކިޔުންތެރިއެއް

ފެނުގެ އަސަރުކޮށް، ފްލެޓެއްގެ ސީލިން ހަލާކުވެފަ - ފޮޓޯ: ކިޔުންތެރިއެއް

ބައެއް ފްލެޓްތަކަށް، ދިރިއުޅެން ފަށަން ވެގެން ވައްދާފައި ހުރި ފަރުނީޗަރު ހަލާކުވެފައި ހުރި ކަމަށް ޒަމީރު ބުންޏެވެ. އޭގެ ތެރޭގައި ރާވާ ނިންމާފައި ހުރި ފަރުނީޗަރާއި، ގަނެގެން ގެއަށް ވައްދާފައި އަދި ނުރާވާ ހުރި ފަރުނީޗަރު ވެސް ހިމެނެ އެވެ.

"ބައެއް ފްލެޓްތަކަށް މީހުން އަދި އެއްކޮށް ބަދަލެއް ނުވޭ، ފްލެޓްތަކުގަ އުޅޭ މީހުން ފެން ވަން ކަމަށް ގްރޫޕްތަކުގަ ލިޔަން ފެށީމަ، އަދި އުޅެން ނުފަށާ މީހުން މި ބެލީ، ބެލިއިރު އެ ތަންތާ ބަހައްޓާފަ ހުރި ތަކެއްޗަށް ވެސް ގެއްލުން ލިބިފަ ހުރިކަން މި އެނގުނީ،" ޒަމީރު ބުންޏެވެ.

ހަތަރު މަންދޫބުންގެ ތެރޭގައި ހިމެނޭ، ސަބީހާ މުހައްމަދު ވެސް ބުނީ ވާރޭ ވެހޭ ކޮންމެ ފަހަރަކު ފްލެޓްތަކުގެ ތެރެއަށް ފެން ވަދެ ތަކެއްޗާއި ކަރަންޓަށް ވެސް އަސަރު ކުރާ ކަމަށެވެ. ކަރަންޓު ސޮކެޓުތަކަށް ވެސް ފެން ވަދެ ހުރިއިރު، ފާހާނާތައް ތެރެއަށް ފެން ވަދެ ސީލިން ވެސް ހަލާކުވެފައިވާ ކަމަށް އޭނާ ބުންޏެވެ.

ފެނުގެ ހިދުމަތް ނުލިބޭތީ އިތުރު ތަކުލީފުތަކެއް

ފްލެޓްތަކަށް މީހުން ބަދަލުވިތާ ހަތް މަސް ވެގެން ދިޔައިރު އަދިވެސް ސަޕްލައި ފެނުގެ ހިދުމަތް ގާއިމްކޮށްދެވިފައެއް ނެތެވެ. ފްލެޓްތަކުގައި އުޅޭ މީހުން ބުއިމަށާއި ސާފުތާހިރުވުމަށް ފެން ގިނަ ފަހަރު ހޯދަނީ ރަށު ތެރެއިން އެހެން ގެތަކުން ފެން އުފުލައިގެންނެވެ.

"ފެނުގެ އަސަރުކޮށްގެން ފްލެޓްތަކުގަ އުޅެން ދަތިއިރު، ފެނުގެ ހިދުމަތް އަދި ނުލިބި އޮތުމާއި ވައިގޮޅި ތެރެއަށް ނަޖިސްތައް ދާތީ ފްލެޓްތަކުގެ ތެރެއަށް ނުބައި ވަސް އަންނާތީ، މިކަހަލަ އެތައް ޝަކުވާއެއް ކައުންސިލާއި ހައުސިން މިނިސްޓްރީއާ ވެސް ހިއްސާކޮށްފައިވޭ،" ޒަމީރު ބުންޏެވެ.

ޒަމީރު އަދި ސަބީހާ ވެސް ކިޔައިދިން ގޮތުގައި، ކައުންސިލާއި ސަރުކާރުގެ ކަމާ ބެހޭ ކުންފުނިތަކާ އެ ކަންކަން އެކި ފަހަރު މަތިން ހިއްސާކޮށްފައިވެ އެވެ. އެކަމަކު އަދި އެ ކަމަކަށް މާ ބޮޑު ހައްލެއް ލިބޭ ތަނެއް ނުފެންނަ ކަމަށް ބުންޏެވެ.

ނައިފަރު ފްލެޓަކަށް ފެން ވަދެފަ - ފޮޓޯ: ކިޔުންތެރިއެއް
ނައިފަރު ފްލެޓަކަށް ފެން ވަދެފަ - ފޮޓޯ: ކިޔުންތެރިއެއް

ނައިފަރު ފްލެޓަކަށް ފެން ވަދެފަ - ފޮޓޯ: ކިޔުންތެރިއެއް

"ފެނަކައިން ބޭނުންވި ހައުސިން ޔުނިޓްތަކަށް ފެން ދޫކުރަން، ލޮއި މީޓަރުތައް ވީމަ ލޮނުގެ އަސަރުކޮށްގެން ވަރަށް ބޮޑަށް ހަލާކުވެފަ ހުރީ، ފެނާއި ލޮނުގެ އަސަރުކޮށްގެން މީޓަރުތައް ހަކާލުވެފަ ހުރުމުން އެ ގޮތަށް ފެން ދޫނުކުރެވޭނެއޭ އެ ކުންފުނިން ބުނި، އެ ކަން ވެސް ކާމިޔާބެއް ނުވި،" ސަބީހާ ބުންޏެވެ.

ފްލެޓްވެރިންގެ އެންމެ ބޮޑު ޝަކުވާއަކީ ދިމާވާ ދަތިތަކާއި ތަކުލީފުތައް ހިއްސާކޮށްދެވޭނެ ފަސޭހަ ގޮތެއް ނެތުމެވެ. ހައުސިން މިނިސްޓްރީއާއެކު ވެފައިވާ ފްލެޓް އެއްބަސްވުމުގައި ވެސް ކައުންސިލްގެ މާ ބޮޑު ދައުރެއް ނެތަސް، ޝަކުވާތައް ހިއްސާކުރަން ޖެހެނީ ކައުންސިލާ އެވެ.

"ކައުންސިލުން ކޮންމެ ފަހަރަކު ވެސް މި ބުނަނީ ހައުސިން މިިނިސްޓްރީއާ ހިއްސާކޮށްފައޭ އޮންނާނީ، މިނިސްޓްރީން ޖަވާބެއް ލިބިގެންނޭ ތިމަންނަމެނަށް ކުރިއަށް ދާނެ ގޮތެއް އެނގޭނީ، ތިމަންނަމެންގެ ދައުރެއް ތި ހައުސިން ޔުނިޓްތަކަށް ނެތޭ،" ޒަމީރު ބުންޏެވެ.

ނައިފަރު ފްލެޓްތަކަށް ކުލީގެ ގޮތުގައި ކޮންމެ މަހަކު 5،000 ރ. އަދި މެއިންޓެނެންސް ފީއެއްގެ ގޮތުގައި ކޮންމެ މަހަކު 500ރ. ދައްކަ އެވެ. ފްލެޓްތަކުގައި ދިރިއުޅޭ މީހުން ގަބޫލުކުރާ ގޮތުގައި މެއިންޓެނެންސް ފީއަށް ސަރުކާރަށް ދެވޭ ފައިސާއިން ފްލެޓްތަކަށް ބޭނުންވާ މާރާމާތުތައް ކުރެވެން ވާނެ އެވެ.

ކައުންސިލަށް ކުރެވިދާނެ ކަންކަން ދަނީ ބަލަމުން

ނައިފަރު ކައުންސިލްގެ ނައިބު ރައީސް އަހުމަދު ސާޖިދު ވިދާޅުވީ މިދިޔަ ހަފުތާގައި ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ ފަރާތުން ހަތަރު މަންދޫބެއް ކައުންސިލާ ބައްދަލުކޮށް ދިމާވާ ތަކުލީފުތައް ހިއްސާކޮށްފައިވާ ކަމަށެވެ.

"އެންމެ ބޮޑު ކަންބޮޑުވުމަކަށް ފެނުގެ މައްސަލަ އޮތީ، ދެން ޖަންކްޝަން ސާފުކުރުމާއި ތަނުގެ މަރާމާތާ ގުޅުންހުރި މައްސަލަތައް ވެސް، ލޮނު ފެނާއި ވަޅު ފެން އެއްވީމަ ދިމާވާ ދަތިތައް ވެސް އެބަހުރި، އިއްޔެ ވާރޭވެހިގެން ފެން ވަން ކަމުގެ ޝަކުވާތައް ވެސް އެބަ ލިބޭ،" ސާޖިދު ބުންޏެވެ.

ސާޖިދު ވިދާޅުވީ، ސަރުކާރުގެ ކަމާ ގުޅުން ހުރި މިނިސްޓްރީއާ ރައީސް އޮފީހުގެ ސަމާލުކަމަށް އެ ކަން ގެންދާނެ ކަމަށެވެ. އަދި ކައުންސިލަށް ކުރެވިދާނެ ކަންކަން ހުރިތޯ ބެލުމަށް ކުރިއަށް އޮތް ހަފުތާ ތެރޭގައި ސައިޓަށް ޒިޔާރަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކައުންސިލް މެންބަރުންގެ ނިންމުމެއް އެބަ އޮތް، ކައުންސިލް މެންބަރުންނާއި ކައުންސިލް މުވައްޒަފުންގެ ޓީމެއް އެ ފްލެޓަތަކަށް ގޮސް ހުރި މައްސަލަތައް އިތުރަށް ސާފުކޮށްފައި، ކައުންސިލަށް ކޮށްދެވިދާނެ ކަންކަން ހޯދަން،" ސާޖިދު ވިދާޅުވި އެވެ.

އެ މައްސަލަތަކަށް ހައްލެއް ހޯދައިދިނުމަށް ކައުންސިލަށް ކުރެވެން ހުރި މަސައްކަތެއް ކުރާނެ ކަމުގެ ޔަގީންކަން ސާޖިދު ދެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox