32 އަހަރުގެ ތެރޭގައި ނުވެއްޓޭ ވަރަށް ޖަޕާން ޔެންގެ އަގު ވެއްޓިއްޖެ

ޖަޕާން ޔެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޖަޕާން ޔެން. -- ފޮޓޯ: ގެޓީ އިމޭޖާޒް

ފާއިތުވި 32 އަހަރުގެ ތެރޭގައި ނުވެއްޓޭ ވަރަށް ޖަޕާން ޔެންގެ އަގު ވެއްޓިއްޖެ އެވެ.

ހުކުރު ދުވަހު ޔެންގެ އަގު 147.66 އެމެރިކާ ޑޮލަަރަށް ވެއްޓުމަށް ފަހު، މިހާރު ހުރީ 148.71 ޑޮލަރުގަ އެވެ.

ފިނޭންސް މިނިސްޓަރު ޝުނިޗީ ސުޒުކީ ވިދާޅުވީ ފައިސާގެ އަގަށް އަންނަމުންދާ ބަދަލުތައް މެނޭޖު ކުރުމަށް "އެކަށީގެންވާ ފިޔަވަޅު" ސަރުކާރުން އަޅާނެ ކަމަށެވެ.

Advertisement

ފައިސާގެ އަގު ދެމެހެއްޓުމަށް ސެޕްޓެމްބަރު މަހު ވެސް ޖަޕާނުން ގާތްގަނޑަކަށް 20 ބިލިއަން ޑޮލަރު ހޭދަކުރި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ޖަޕާން ޔެންގެ އަގު ވެއްޓެން ފެށުމުން 1998 ވަނަ އަހަރަށް ފަހު ފުރަތަމަ ފަހަރަށް ބޭންކް އޮފް ޖަޕާނުން އަގު ހިފަހައްޓަން ފިޔަވަޅު އެޅި އެވެ.

އެހެން ނަމަވެސް އެނެލިސްޓުން ބުނާ ގޮތުގައި އެމެރިކާގައި އިންޓްރެސްޓް ރޭޓް ހުރި ވަރަށް ވުރެ ކުޑަކޮށް ޖަޕާނުގެ އިންޓްރެސްޓް ރޭޓް ހުންނަ ނަމަ، ބޭންކުން އަޅާ ފިޔަވަޅަކުން ނަތީޖާއެއް ނުފެންނާނެ އެވެ.

ދުނިޔޭގައި ފާހަގަކުރެވޭ އެހެން ފައިސާތަކާ އަޅާ ބަލާއިރު، ޑޮލަރުގެ އަަގު ދަނީ އުފުލެމުންނެވެ. އެއީ އެމެރިކާގެ މަރުކަޒީ ބޭންކުން އިންޓްރެސްޓް ރޭޓުތައް މަތި ކުރުމުންނެވެ.

އިނގިރޭސި ޕައުންޑާއި ޗައިނާ ޔުއާންގެ އަގު ވެސް ރެކޯޑް މިންވަރަށް ވެއްޓިފައިވާ އިރު، ޔޫރޯގެ އަގު ވެސް ވަނީ 20 އަހަރުގެ ތެރޭގައި ދަށް ނުވާ މިންވަރަށް ދަށްވެފަ އެވެ.

ދުނިޔެއަށް ކާރިސާތައް ކުރިމަތިވާ ވަގުތުތަކުގައި ގިނަ އިންވެސްޓަަރުން ފައިސާ ރައްކާ ކުރަނީ ޑޮލަރުގެ ގޮތުގަ އެވެ. އެހެން ފައިސާތަަކުގެ އަގު ވެއްޓި ޑޮލަރުގެ އަގު އުފުލެނީ އެހެންވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox