އަރުޝަދު ދޫކުރި މައްސަލަ ހޫނުވެ، ފުލުހުންގެ އުސޫލު ބަދަލުކޮށްފި

ކްރިމިނަލް ކޯޓު. -- ފޮޓޯ: އަދަދު

ކްރިމިނަލް ކޯޓު. -- ފޮޓޯ: އަދަދު

ފުޅާ ދާއިރާގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ބޮޑެއް ކަމަށް ފުލުހުން ތުހުމަތުކުރާ ގދ. ހޯނޑެއްދޫ އަލޯރާ، އަރުޝަދު ހާލިދު ލަންކާއިން ރާއްޖެ ގެނެސް ކޯޓަށް ހާޒިރުކުރުމުގެ ކުރިން އޭނާ ދޫކޮށްލުމުން ފުލުހުންނަށް ބޮޑެތި ފާޑުކިޔުންތައް އަމާޒުވުމާއެކު، އެފަދަ މައްސަލަތަކުގައި އަމަލުކުރާ އުސޫލު މިއަދުން ފެށިގެން ބަދަލުކޮށްފި އެވެ.

އަރުޝަދު ލަންކާގައި ހުއްޓައި ބަންދުގައި ބަހައްޓައިގެން ހާޒިރުކުރުމަށް ހައިކޯޓުން ވަނީ ފުލުހުންނަށް އަމުރެއް ދީފަ އެވެ. އޭނާ ލަންކާއިން މާލެ ގެނެސް، ބަންދާމެދު ގޮތެއް ނިންމަން ހައިކޯޓުގައި ތާވަލުކޮށްފައި އޮތީ ރޭ 7:45 އަށެވެ.

ނަމަވެސް، ފުލުހުންގެ ބެލުމުގެ ދަށުން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް އޮއްވައި، ރޭ ތާވަލުކުރި އަޑުއެހުމަށް އޭނާ ހާޒިރުވީ އަމިއްލައަށް ކަމަށް ކޯޓުން ބުނެ އެވެ.

އެކަމާ ގުޅިގެން ފުލުހުންގެ ތަރުޖަމާނު، ޗީފް ސްޕްރިޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު "އަދަދު" އަށް މިއަދު ވިދާޅުވީ، ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށް ދިނުމަށް އެކި ކޯޓުތަކުން ނެރޭ އަމުރުތަކަށް މީގެ ކުރިން ވެސް ފުލުހުން އަމަލު ކުރަނީ އެ އުސޫލުން ކަމަށެވެ.

އެއީ ޔޫނުސް ވިދާޅުވި ގޮތުގައި، ކޯޓަށް ހާޒިރުވާން އޮންނަ ގަޑިއަށް ހާޒިރުވުމަށް އެ ފަރާތަކަށް އެންގުމަށްފަހު ދޫކޮށްލަނީ އެވެ.

އެއީ މި ކޭސް [އަރުޝަދު] ގައި އަމަލުކުރި ގޮތެއް ނޫން. މީގެ ކުރިން ވެސް ފުލުހުން އަމަލުކުރަނީ އެ ގޮތަށް. ކޯޓަށް ހާޒިރުކުރުމުގެ ކުރިން އެ މީހަކު ދޫކޮށްލަނީ، ކޯޓަށް ހާޒިރުވާންޖެހޭ ގަޑިއަށް ފުލުހުންނާއެކު ހާޒިރުވުމަށް އެންގުމަށްފަހު،" ޔޫނުސް ވިދާޅުވި އެވެ.

މީގެ ކުރިން މިފަދަ މައްސަލައެއް ފެންމަތިވެފައިނުވާ ކަން އޭނާ ފާހަގަކުރެއްވި އެވެ.

ގާނޫނީ ވަކީލަކު ވެސް ވަނީ އެއީ އެކަން ހިނގާ ގޮތްކަން "އަދަދު"އަށް ޔަގީންކޮށް ދެއްވައިފަ އެވެ. ނަމަވެސް، އެކަން މައިގަނޑު ގޮތެއްގައި ކުރަނީ މަދަނީ މައްސަލަތަކުގައި ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދޭން އަމުރު ނެރޭ ހާލަތްތަކުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

އަރުޝަދުގެ މައްސަލައިގައި ފުލުހުން އޭނާ ގަސްދުގައި ދޫކޮށްލީ ކަމުގެ ތުހުމަތުތައް އަމާޒުވާން ފެށުމާއެކު، އެފަދަ އަމުރުތަކުގައި އަމަލު ކުރަމުން އައި އުސޫލު މިއަދުން މިއަދަށް ބަދަލުކުރަން ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު އަންގަވާފައިވާ ކަމަށް ޔޫނުސް އިތުރަށް ވިދާޅުވި އެވެ.

"ސީޕީ އެގޮތަށް އެންގެވުމާއެކު މިއަދުން ފެށިގެން އަމަލުކުރާ ގޮތް ބަދަލުކޮށްފިން. ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމުގެ އަމުރެއް ނެރެފިނަމަ، ކޯޓަށް ހާޒިރުކުރާނީ ހަމަ ފުލުހުންގެ ބަންދުގައި ބަހައްޓައިގެން،" ޔޫނުސް ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ފުލުހުން އަތުލި 119 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރީ އަރުޝަދު ކަމަށް ފުލުހުން ތުހުމަތުކުރެ އެވެ. އޭނާ ރާއްޖޭން ފުރައިގެން ދިޔައީ އެ ޝިޕްމެންޓް ރާއްޖެ އެތެރެކުރި ޑިސެމްބަރު 12 ވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އޭގެ ކުރިން ރާއްޖެ އެތެރެކުރި 9 ކިލޯއެއްގެ ޑްރަގު މައްސަލައިގައި ކްރިމިނަލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާކުރި ނަމަވެސް، އެ މައްސަލަ ސާބިތުނުވީ އަރުޝަދު އާ ގުޅުންހުރި ތަނަކުން މަސްތުވާތަކެތި ފެނިފައިނުވުމާއި، ފެނުނު މަސްތުވާތަކެއްޗާއި އޭނާއާ ގުޅުމެއް އޮތްކަން ސާބިތުވެފައިނުވާތީ އެވެ. އެ މައްސަލަ ދައުލަތުން އޮތީ އިސްތިއުނާފުކޮށްފަ އެވެ.

އަރުޝަދުގެ ޕާސްޕޯޓު ހިފަހައްޓަން ހައިކޯޓުން ރޭ އަމުރުކޮށްފައިވާއިރު، އެއްވެސް ބޭނުމެއްގައި މާލޭން ބޭރަށް ދާންޖެހޭނީ ކޯޓުގެ ލިޔުމަކުން ހުއްދަ ލިބިގެން ކަމަށް ހައިކޯޓުގެ ނިންމުމުގައި ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox