މުއްސަނދި ވާން ކަމަށް ބުނެ އިންޑިއާގައި ދެ އަންހެނުން ގުރުބާންކޮށްފި

އެ އަމަލު ހިންގަން ފައިސާ ދިން ދެމަފިރިން. -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

އެ އަމަލު ހިންގަން ފައިސާ ދިން ދެމަފިރިން. -- ފޮޓޯ: އިންޑިއަން އެކްސްޕްރެސް

މުއްސަނދި ވާން ކަމަށް ބުނެ އިންޑިއާގައި "ގުރުބާނީއެއްގެ" ގޮތުގައި ދެ އަންހެނުން މަރާލިކަމުގެ ތުހުމަތުގައި ތިން މީހުން ހައްޔަރުކޮށްފި އެވެ.

އެ މައްސަަލައިގައި ހައްޔަރު ކުރީ ދެމަފިރިއަކާއި ފަންޑިތަވެރިޔެއް ކަމަށް ބުނާ ފިރިހެނެކެވެ. މުހައްމަދު ޝާފީ ނަމަކަށް ކިޔާ މީހާއަށް އެ އަމަލު ހިންގަން އެ ދެމަފިރިން 3،640 ޑޮލަރު ދިނެވެ.

ފުލުހުންގެ ތަރުޖަމާނު ޕްރަމޯދް ކުމާރް އޭއެފްޕީއަށް ބުނީ މުހައްމަދު ޝާފީ ފުރަތަމަ އަންހެން މީހާ މަރާލިތާ ތިން މަސް ފަހުން ދެ ވަނަ އަންހެން މީހާ ވެސް މަރާލި ކަމަަށެވެ.

Advertisement

ބަގަވަލް ސިންގް އާއި އޭނާގެ އަންހެނުން ލައިލާއަށް މާލީ ދަތިތަކާ ކުރިމަތިވާތީ އެކަން ހަައްލު ކުރެވޭނީ އިންސާނުން ގުރުބާން ކުރުމުން ކަމަށް ޝާފީ އެ މީހުން ކައިރީގައި ބުންޏެވެ.

ކެރަލާ ސްޓޭޓުގައި ހިނގި އެ ހާދިސާގައި ހިމެނޭ ޝާފީއަކީ މީގެ ކުރިން ވެސް ރޭޕްގެ ތުހުމަތު ކުރެވިފައިވާ މީހެކެވެ. ފުލުހުން އޭނާ ސިފަކުރަނީ "ޖިންސީ ނުބައި އަމަލުތައް ހިންގާ މީހެއްގެ" ގޮތުގަ އެވެ.

ފިލްމެއްގެ ރޯލަކަށް ކަމަށް ބުނެ ފުރަތަމަ އަންހެން މީހާ ބަގަވަލް ސިންގްގެ ގެޔަށް ގެނައީ ޖޫން މަހު އެވެ. އެ އަންހެން މީހާ "ގުރުބާން" ކުރުމަށް ފަހު ވެސް މުއްސަނދި ނުވުމުން އެ ދެމަފިރިން ޝަކުވާކުރި އެވެ.

އެހެންވެ، ޝާފީ އެންގި ގޮތަށް ދެ ވަނަ "ގުރުބާނީގެ" ގޮތުގައި ސެޕްޓެމްބަރު މަހު އިތުރު އަންހެނަކު މަރާލި އެވެ.

"ފުރަތަމަ އަންހެން މީހާ ގެއްލިގެން ތަހުގީގު ކުރަމުން ދަނިކޮށް، ސެޕްޓެމްބަރު މަހު ގެއްލުނު އެހެން އަންހެން މީހެއްގެ މޮބައިލް ފޯނުގެ އެންމެ ފަހުގެ ސިގްނަލް ލިބުނީ އެ ގެ ކައިރިން،" ފުލުހުންގެ ތަރުޖަމާން ކުމާރް ވިދާޅުވި އެވެ.

ދެ އަންހެން މީހުންގެ ގަބުރު ވެސް ފެނުނީ އެ ގޭގެ ގޯތިތެރޭގައި ވަޅުލާފައި އޮއްވަ އެވެ. ފުލުހުން މިހާރު ތަހުގީގު ކުރަނީ އެހެން މައްސަލަތަކާ ޝާފީއާ ގުޅުން އޮތްތޯ ބެލުމަށެވެ.

ފަންޑިތަވެރިކަމާއި ސިހުރުގެ ބޭނުންކޮށް ކަންކަން ހާސިލްކުރުމަކީ އިންޑިއާގައި އާއްމު ކަމެކެވެ. އެފަދަ ކަންކަމުގެ ތެރެއިން ބައެއް ފަހަރު އިންސާނުން "ގުރުބާން" ކުރެ އެވެ.

މި މަހުގެ ކުރީކޮޅު ވެރިރަށް ނިއު ދިއްލީގައި ވެސް އެފަދަ ކަމެއްގެ ތެރެއިން އުމުރުން ހަ އަހަރުގެ ކުއްޖަކު މަރާލިކަމުގެ ތުހުމަތުގައި ދެ ފިރިހެނުން ހައްޔަރުކުރި އެވެ.

އެ ދެ ފިރިހެނުން ބުނީ އެ މީހުން ތިބީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ބޭނުންކޮށްގެން ކަމަށާއި އެ ފިރިހެން ކުއްޖާ މަރާލީ މުއްސަނދިވުމަށް ހިންދޫ ކަލާނގެ ޝިވާއަށް ގުރުބާނީއެއްގެ ގޮތުގައި ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖެންޒީ މުޒާހަރާތައް ޖަރުމަނާ ހަމައަށް ފޯރައިފި

ތައުލީމީ ނިޒާމު ރަނގަޅުކުރުމަށާއި ދިރިއުޅުމުގެ ޚަރަދުތައް ކުޑަކުރުމަށް ގޮވާލައި، ޖަރުމަނުގެ 34 ސިޓީއެއްގައި ޒުވާނުން އިސްވެ ބާއްވާ ބޮޑު މުޒާހަރާއެއްގައި 160،000 އަށް ވުރެ ގިނަ މީހުން ބައިވެރިވާނެ ކަމަށް ލަފާކުރެވެއެވެ. ޔޫރަޕްގެ އެކި ގައުމުތަކުގައި ކުރިއަށްދާ "ޖެންޒީ" މުޒާހަރާތަކުގެ ބައެއްގެ ގޮތުގައި ބާއްވާ މި ހަރަކާތްތަކުގެ ތެރެއިން ހަމަނުޖެހުން ހިނގައިފާނެ ކަމުގެ އިންޒާރު ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ ވަރަށް ގޯސްވާނެ: މިސްރު

އެމެރިކާ އާއި އީރާނާ ދެމެދު އާ ކުރިމަތިލުންތަކެއް ފަށައިފި ނަމަ، އޭގެ ނޭދެވޭ އަސަރު މުޅި ސަރަހައްދަށް ވަރަށް ބޮޑަށް ކުރާނެ ކަމަށް ވިދާޅުވެ މިސްރުގެ ފޮރިން މިނިސްޓަރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދެ ގައުމުގެ މެދުގައި އުފެދިފައިވާ ޚިޔާލުތަފާތުވުންތައް ހައްލުކޮށް، ހޮރްމޫޒް ކަނޑުއޮޅި ހުޅުވުމަށް ގަތަރު މެދުވެރިވެގެން މަޝްވަރާތައް ކުރިއަށްދިޔަ ނަމަވެސް، އަދިވެސް އެއްބަސްވުމަކަށް އާދެވިފައެއް ނުވެއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވި ކްރިސްޓާގެ ފުރަތަމަ ބަސް

އެމެރިކާގެ ޓެނެސީގައި ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި ސަލާމަތްވި ކްރިސްޓާ ޕައިކް، އެ ހާދިސާއަށްފަހު އޭނާއަށް ޖިސްމާނީ އަދި ނަފްސާނީ ގޮތުން ބޮޑެތި ވޭންތަކެއް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށް ބުނެފިއެވެ. އިންޖެކްޝަން ޖެހި ބޭސްތައް ލޭގެ ނިޒާމަށް ދައުރުނުވެ އަތަށް ޖަމާވުމުގެ ސަބަބުން އޭނާގެ އަތް ފިހި، ވާހަކަދެއްކުމަށް އުނދަގޫވެފައިވާއިރު، މިހާރު އޭނާ ބަންދުކޮށްފައި ހުރީ އެކަހެރި ގޮޅިއެއްގައެވެ.

އެމެރިކާގައި ޖާސޫސްކުރި ޗައިނާ ދެ މީހަކު ޖަލަށް

އެމެރިކާގެ އަސްކަރީ މައުލޫމާތު ހޯދައި ޗައިނާ ސަރުކާރަށް ޖާސޫސްކޮށްދޭން އުޅުނު ޗައިނާގެ ދެ މީހަކު 30 މަސްދުވަހަށް ޖަލަށްލުމަށް އެމެރިކާގެ ކޯޓަކުން ވަނީ ހުކުމްކޮށްފައެވެ. މި ދެ މީހުން ވަނީ 2021 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ސިފައިން ރެކްރޫޓްކުރުމަށާއި އަސްކަރީ މަރުކަޒުތަކުގެ މައުލޫމާތު އެއްކުރުމަށް ފުޅާދާއިރާއެއްގައި މަސައްކަތްކޮށްފައެވެ.

ޔޫކްރޭނަށް 500 ޕެޓްރިއޮޓް މިސައިލް ވިއްކަން ހުއްދަ ދީފި

ރަޝިޔާގެ ވައިގެ ހަމަލާތަކުން ދިފާއުވުމަށްޓަކައި 2.1 ބިލިއަން ޑޮލަރުގެ ޕެޓްރިއޮޓް މިސައިލް ޔޫކްރޭނަށް ވިއްކުމަށް އެމެރިކާ ސަރުކާރުން ހުއްދަ ދީފިއެވެ. ކެނެޑާ އާއި ޔޫރަޕްގެ ގައުމުތަކުގެ މާލީ އެހީގައި ކުރިއަށްގެންދާ މި މުއާމަލާތުގެ ދަށުން 500 މިސައިލް ޔޫކްރޭނަށް ލިބޭނެ ނަމަވެސް، މި ތަކެތި އުފައްދާ ފޯރުކޮށްދިނުމަށް ގިނަ އަހަރުތަކެއް ނަގާނެ ކަމަށް ބެލެވެއެވެ.

ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނަގައިފި

ދުނިޔޭގެ އެންމެ ބޮޑު ކްރިޕްޓޯ އެކްސްޗޭންޖް، ބައިނޭންސްއިން 6.3 ބިލިއަން ޑޮލަރު ވަގަށް ނެގުމާ ގުޅިގެން ކްރިޕްޓޯ ބާޒާރަށް ބޮޑު ލޮޅުމެއް އަރައި، ފައިސާ ނެގުން ވަގުތީ ގޮތުން މެދުކަނޑާލައިފިއެވެ. މި ހަމަލާގެ ފަހަތުގައި އުތުރު ކޮރެއާ އޮތް ކަމަށް ތުހުމަތު ކުރެވޭއިރު، ކަސްޓަމަރުންނަށް ލިބުނު ގެއްލުން ފޫބެއްދުމަށް ކުންފުނީގެ އަމިއްލަ ރިޒާވް ބޭނުންކުރާނެ ކަމަށް ބައިނޭންސްއިން ވަނީ ބުނެފައެވެ.

އަރަބި ޕާޓީތައް ގިނަ ވޯޓު ހޯދީ މަކަރު ހަދައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބުގައި އަރަބި ޕާޓީތަކުން ހޯދި ކާމިޔާބީއަކީ އޮޅުވާލުމެއް ކަމަށް ބޮޑުވަޒީރު ނަތަންޔާހޫ އެއްވެސް ހެއްކެއް ނެތި ތުހުމަތުކޮށްފިއެވެ. މި ތުހުމަތުތަކަކީ އަރަބި ޕާޓީތަކުގެ އެހީގައި ވާދަވެރިން ސަރުކާރެއް އެކުލަވާލަފާނެތީ އެކަމަށް ހުރަސްއެޅުމަށް ނަތަންޔާހޫ ކުރާ މަސައްކަތެއް ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން އެއްވެސް ޕާޓީއަކަށް ސަރުކާރެއް އެކުލަވާލުމަށް ބޭނުންވާ ސާފު އަޣުލަބިއްޔަތު ލިބިފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox