ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗާ ގުޅޭ މަޝްވަރާތަކެއް ކުރަނީ

Oct 12, 2022, 2:28 PM
މި އަހަރުގެ މާޗް މަހު ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މި އަހަރުގެ މާޗް މަހު ބަންގްލަދޭޝާ ދެކޮޅަށް ގައުމީ ޓީމު ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އަންނަ މަހު ޕާކިސްތާނާ ދެކޮޅަށް ރާއްޖޭން އެކުވެރިކަމުގެ މެޗެއް ކުޅެން ކުރާ މަސައްކަތުގައި އިތުރު މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނެފި އެވެ.

ޕާކިސްތާންގެ މީޑިއާތަކުން އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ އޮފިޝަލަކާ ހަވާލާދީ ރިޕޯޓްކޮށްފައިވާ ގޮތުގައި ރާއްޖޭން ވަނީ އަންނަ މަހު ޕާކިސްތާނަށް ގޮސް އެ ގައުމުގައި މެޗު ކުޅެން ލިބިފައިވާ ފުރުސަތު ދޫކޮށްލަން ނިންމައިފަ އެވެ. ޕާކިސްތާން ފެޑެރޭޝަންގެ އެ އޮފިޝަލް ބުނެފައިވާ ގޮތުގައި، ރާއްޖެ ހިމެނޭ ގޮތަށް ޕާކިސްތާންގައި މެޗު ކުޅުމުގެ ބަދަލުގައި ކޮންމެ ގައުމަކުން ވެސް ބޭނުންވަނީ އަމިއްލަ ގައުމުގައި މެޗުތައް ކުޅޭށެވެ.

އަންނަ މަހު ޕާކިސްތާނާ ދެކޮޅަށް ކުޅެން ރޭވި މެޗާ ބެހޭގޮތުން، "އަދަދު" އިން ކުރި ސުވާލަކަށް އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ގިނަ މެޗުތަކެއް ކުޅެން ހުށަހެޅުންތަކެއް ލިބިފައިވާ ކަމަށާއި އެކަން ޕާކިސްތާނަށް ވެސް އަންގާފައިވާ ކަމަށެވެ.

"އެބައޮތް މެޗުތަކެއް ކުޅެން (ރާއްޖެ) އަށް ފުރުސަތު ލިބިފައި. އެކަން ވާނީ ޕާކިސްތާނަށް ވެސް އަންގާފައި. އަހަރެމެން ޕާކިސްތާން ފެޑެރޭޝަނަށް އަދިއެއް ނުއެއް އަންގަން މެޗު ނުކުޅޭނެ ކަމަކަށް. ރަސްމީ ސިފައެއްގައި ޕާކިސްތާން ފުޓްބޯލް ފެޑެރޭޝަނާ މިކަމާ ބެހޭ މަޝްވަރާއެއް އަދި ނުކުރެވޭ،" ޖަވާޒް ވިދާޅުވި އެވެ.

ޖަވާޒް ވިދާޅުވީ ޕާކިސްތާން ފެޑެރޭޝަނުން ލިބިފައިވާ ފުރުސަތެކޭ އެއްގޮތަށް އެހެން ގައުމުތަކުން ވެސް މެޗު ކުޅެން ލިބިފައިވާ ހުށަހެޅުންތަކާ މެދު ވާހަކަ ދެކެވެމުން އަންނަ ކަމަށެވެ.

2010 ވަނަ އަހަރުގެ އޭޝިއަން ގޭމްސްގައި ރާއްޖޭގެ އަލީ އަޝްފާގު (ކ) އަތުން ބޯޅަ ހޯދަން ޕާކިސްތާންގެ ރިޒްވާން މަސައްކަތް ކުރަނީ.

ޕާކިސްތާނުން ރާއްޖެއާ ދެކޮޅަށް ކުޅެން ރޭވި މެޗަކީ އެ ގައުމުގެ ފުޓްބޯޅަ ސަސްޕެންޝަނުން އެނބުރި އައުން ފާހަގަކުރުމުގެ ވިސްނުމުގައި ކުޅެން ރޭވި ޓުއާ މެޗުތަކެކެވެ. ޕާކިސްތާންގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ރާއްޖޭގެ އިތުރުން ތަޖިކިސްތާނާ ދެކޮޅަށް މެޗު ކުޅެން ވެސް ދައުވަތު ފޮނުވައިފަ އެވެ.

ތިން ވަނަ ފަރާތެއްގެ ނުފޫޒާ ހެދި ފީފާއިން ހަތަރު އަހަރު ތެރޭ ދެ ވަނަ ފަހަރަށް ޕާކިސްތާން ސަސްޕެންޑްކުރަން ނިންމީ މިދިޔަ އަހަރުގެ އޭޕްރީލް މަހު އެވެ. އެއީ ފީފާއިން ހަމަޖައްސާފައިވާ ނޯމަލައިޒިން ކޮމިޓީ އަތުން އެ ގައުމުގެ ފުޓްބޯޅައިގެ ކޮންޓްރޯލް އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަންގެ ކުރީގެ ރައީސް ސައީދު އަޝްފާގު ހުސެއިން ޝާހް ނެގުމުންނެވެ. އޭނާ އެކަން ކުރީ ގަދަބާރުން ޕާކިސްތާން ފުޓްބޯޅަ ފެޑެރޭޝަންގެ ހެޑްކުއާޓަރުގެ ތެރެއަށް ގްރޫޕަކާ އެކު ވަދެ، ކަމަށް ފީފާ އިން ހަމަޖެއްްސި ނޯމަލައިޒިން ކޮމިޓީގެ ޗެއާމަން މާލިކް ހާރޫން ވަނީ ޕާކިސްތާންގެ މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އޭރު ވިދާޅުވެފަ އެވެ. އޭނާ ފީފާއަށް ހުށަހެޅި ރިޕޯޓްގައި ވެސް ބަޔާންކޮށްފައިވަނީ އެ ގޮތަށެެވެ.

ފީފާ އިން ހަމަޖެއްސި ނޯމަލައިޒިން ކޮމިޓީ އަށް އަލުން ކޮންޓްރޯލް ދޭން އެއްބަސްވީ މި އަހަރުގެ ޖޫން 29 ގަ އެވެ. އެހެންވެ، ޕާކިސްތާނަށް ދީފައިވާ ސަސްޕެންޝަން އުވާލަން ފީފާ އިން ނިންމި އެވެ.

ޕާކިސްތާންގެ ސީނިއާ ފުޓްބޯޅަ ޓީމު އެންމެ ފަހުން ރަސްމީ މެޗެއް ކުޅުނީ 2019 ވަަނަ އަހަރު އެވެ. އެއީ ވޯލްޑް ކަޕް ކޮލިފައިންގައި ކެމްބޯޑިއާއާ ދެކޮޅަށް ކުޅުނު މެޗުގަ އެވެ.

ރާއްޖޭން ވަނީ 2013 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕާކިސްތާނާ ދެކޮޅަށް ގަލޮޅު ދަނޑުގައި އެކުވެރިކަމުގެ ދެ މެޗެއް ކުޅެފަ އެވެ. އެ ގޮތުން ފުރަތަމަ ކުޅުނު މެޗުގައި ރާއްޖޭގެ އަސަދުﷲ އަބްުދުﷲ ލީޑުނަގައިދީފައިވަނިކޮށް، ޕާކިސްތާނުން އިތުރު ވަގުތުގައި ވަނީ 1-1 އިން އެއްވަރުކޮށްފަ އެވެ. ދެ ވަނަ މެޗުގައި ރާއްޖެ ވަނީ 3-0 އިން ޕާކިސްތާން ބަލިކޮށްފަ އެވެ. ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) ދެ ގޯލު ޖެހިއިރު، މުހައްމަދު އުމެއިރު ވެސް ވަނީ ގޯލެއް ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox