ކާންޔޭ ވެސްޓްގެ ޓްވިޓާ އާއި އިންސްޓަގްރާމް އެކައުންޓް ސަސްޕެންޑުކޮށްފި

ކާންޔޭ ވެސްޓަކީ ރެޕް ލަވަކިޔުންތެރިއެއް އަދި ކާމިޔާބު ވިޔަފާރިވެރިއެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ކާންޔޭ ވެސްޓަކީ ރެޕް ލަވަކިޔުންތެރިއެއް އަދި ކާމިޔާބު ވިޔަފާރިވެރިއެއް. -- ފޮޓޯ: ގެޓީ އިމޭޖާޒް

ޔަހޫދީންނާ ދެކޮޅު ހިޔާލުތަކެއް ފާޅުކުރި ކަމަށް ބުނެ، ރެޕް ލަވަކިޔުންތެރިޔާ ކާންޔޭ ވެސްޓުގެ ޓްވިޓާ އަދި އިންސްޓަަގްރާމް އެކައުންޓް ސަސްޕެންޑުކޮށްފި އެވެ.

އޭނާގެ އިންސްޓަގްރާމް އެކައުންޓް ފާއިތުވި ހަފުތާ ބަންދުގައި ސަސްޕެންޑް ކުރީ ރެޕް ލަވަކިޔުންތެރިޔާ ޑިޑީއަކީ ޔަހޫދީންގެ ބާރުގެ ދަށުގައި ހުރި މީހެއް ކަމަށް ބުނުމުންނެވެ.

އޭގެ ފަހުން ކާންޔޭ ވެސްޓް ކުރި ޓްވީޓެއްގައި ވެސް ވަނީ ޔަހޫދީންނަށް ފާޑުކިޔައިފަ އެވެ. އެއާ އެކު ޓްވިޓާއިން ވެސް އޭނާ ސަސްޕެންޑު ކުރި އެވެ.

ސޯޝަލް މީޑިއާގެ ދެ ޕްލެޓްފޯމުން ވެސް ބުނީ ކާންޔޭ ވެސްޓް ވަނީ ނަަފުރަތު އުފެއްދުމާ ދެކޮޅަށް އެ ޕްލެޓްފޯމްތަކުން ގެންގުޅޭ ސިޔާސަތާ ހިލާފުވެފައި ކަމަށެވެ.

މި މައްސަލަ ފެށުނީ ފާއިތުވި ހަފުތާގައި ކުރިއަށް ދިޔަ "ޕެރިސް ފެޝަން ވީކް" ގައި "ވައިޓް ލަައިވްސް މެޓާ" ޖަހާފައިވާ ޓީޝާޓެއް ކާންޔޭ ވެސްޓް ލައިގެން ހުރުމުންނެވެ.

ކަޅު ނަސްލުގެ މީހުންގެ ހައްގުތަކަށް ގޮވާލައި ފެށި "ބްލެކް ލައިވްސް މެޓާ" ހަރަކާތުގެ ސްލޯގަން އެގޮތަށް ބޭނުން ކުރުމުން ރެޕް ލަވަކިޔުންތެރިޔާ ޑިޑީ އޭނާއަށް ފާޑުކިޔެވެ.

ކާންޔޭ ވެސްޓަކީ ނަފުސާނީ ގިނަ މައްސަލަތަކެއް ދިމާވެ، މީގެ އަހަރުތަކެއް ކުރިން ބައިޕޯލާ ޑިސްއޯޑާ ހުރި މީހެކެވެ.

އޭނާގެ ކެރިއަރުގައި މީހުންގެ ފާޑުކިޔުން އަމާޒުވާ ވަރަށް ގިނަ ކަންކަން ކޮށްފައި އެބަ ހުއްޓެވެ. އެކަމަކު ފަހަކަށް އައިސް އެކަންކަން އިތުރުވެ، އޭނާގެ ވިޔަފާރިތަކަށް އަސަރު ކުރުމުގެ ނުރައްކާ އެބަ އޮތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

މި ވާހަކައިގައި ކިޔައިދެނީ އިވާން އާއި މައިރާގެ މެދުގައި ހިނގި ލޯބިވެތި ވަގުތުކޮޅެއްގެ ވާހަކައެވެ. ނަމަވެސް، ކޮޓަރީގެ ބޭރުން ނަދާލް ގޮވައިލި އަޑަށް އެ ދެމީހުންގެ ހަރަކާތްތަކަށް ހުއްޓުމެއް އައިސް، މައިރާ ނަދާލަށް ޖަވާބުދީ އެތަނުން ދާން މަސައްކަތް ކުރެއެވެ.

ދުނިޔެ ވަށާ ހިނގުމުގައި 28 އަހަރު ހޭދަކުރި މީހެއް އެނބުރި ގެއަށް

ދުނިޔެ ވަށައި ހިނގުމަށް 28 އަހަރު ދުވަހު 31،000 މޭލުގެ ދަތުރެއް ކުރި އިނގިރޭސިވިލާތުގެ ކާލް ބުޝްބީ، އޭނާގެ ދަތުރު ނިންމާލުމަށްފަހު އެނބުރި ގައުމަށް ގޮސްފިއެވެ. އަމިއްލަ ބާރުގައި އެކި ބައްރުތަކާއި ކަނޑުއޮޅިތައް ހުރަސްކޮށް އޭނާ ކުރި މި ދަތުރު ނިންމާލުމުން، އާއިލާ އާއި ގިނަ އަދަދެއްގެ ބަޔަކު ވަނީ އޭނާއަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.

ޖަޕާނުގެ ބޮޑީބިލްޑަރެއް އުމުރުން 90 އަހަރުގައި ވެސް ސްޓޭޖަށް

ޖަޕާނުގެ އުމުރުން 90 އަހަރުގެ ޓޮޝިސުކޭ ކަނަޒާވާ، ސްޕެއިންގައި ބޭއްވި ބޮޑީބިލްޑިން މުބާރާތެއްގައި ވާދަކޮށް، އުމުރަކީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް ނޫންކަން ސާބިތުކޮށްދީފިއެވެ. އޭނާގެ ދުޅަހެޔޮކަމުގެ ސިއްރަކީ ޖަޕާނުގެ ސަގާފީ ކެއުންތައް ކަމަށްވާ ބްރައުން ރައިސް އާއި މިސޯ ސޫޕް ފަދަ ތަކެތި ބޭނުންކުރުން ކަމަށްވާއިރު، އޭނާގެ އަމާޒަކީ އުމުރުން 93 އަހަރުގައިވެސް މުބާރާތެއްގައި ވާދަކުރުމެވެ.

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

Newsletter

Get the latest news delivered straight to your inbox