ސްރީލަންކާގެ މަޝްހޫރު "ކުރޭޕް ރަނާ" ގެ އައުޓުލެޓެއް މާލޭގައި ހުޅުވައިފި

ސްރީލަންކާގެ މަޝްހޫރު "ކުރޭޕް ރަނާ" ގެ އައުޓުލެޓެއް މާލޭގައި ހުޅުވައިފި

ސްރީލަންކާގެ މަޝްހޫރު "ކުރޭޕް ރާނާ" ގެ އައުޓުލެޓެއް މާލެ، އާޓިފިޝަލް ބީޗު ކުރިމަތީގައި ހުޅުވައިފި އެވެ.

ކުރޭޕް ރަނާއަކީ 2019ވަނަ އަހަރު ކުޑަކުޑަ ފުޑް ޓުރަކެއްގައި ފެށި ވިޔަފާރިއެކެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދައިފައިވާ އެ ވިޔަފާރީގެ ދަށުން ހަ އައުޓުލެޓެއް މިހާރު ސްރީލަންކާގައި ހިންގަމުންދެ އެވެ.

ސްރީލަންކާގައި މަގުބޫލު ކުރޭޕް ރަނާގެ މާލެ އައުޓުލެޓް -- ފޮޓޯ: ކުރޭޕް ރަނާ
ސްރީލަންކާގައި މަގުބޫލު ކުރޭޕް ރަނާގެ މާލެ އައުޓުލެޓް -- ފޮޓޯ: ކުރޭޕް ރަނާ

ސްރީލަންކާގައި މަގުބޫލު ކުރޭޕް ރަނާގެ މާލެ އައުޓުލެޓް -- ފޮޓޯ: ކުރޭޕް ރަނާ

ސްރީލަންކާގެ އެންމެ މަޝްހޫރު ކުރޭޕް ވިޔަފާރި ފެށުނު ގޮތް ކިޔައިދެއްވަމުން "ކުރޭޕް ރަނާ" ގެ ފައުންޑާ އަދި ސީއީއޯ އަބްދުއް ސަލާމް ވިދާޅުވީ ދުނިޔޭގެ އެކި ކަންކޮޅަށް ދަތުރު ކުރަމުން ދަނިކޮށް ފުރެންޗު ކުރޭޕަކުން އަރުތެރޭގައި ލައްވާލި ރަހަ އަމިއްލަ ގައުމުގެ ރައްޔިތުންނާ ހަމައަށް ގެނެސްދިނުމުގެ ވިސްނުމުގައި ފެށި އެ ވިޔަފާރިން އެތައް ބައެއްގެ ހިތްތަކަށް އުފާވެރިކަން ގެނެސް ދެވިފައިވާ ކަމަށެވެ.

އަހަރުމެންގެ އަޒުމަކީ (ރާއްޖޭގައި ވެސް) ކަސްޓަމަރުންގެ ޖީބަށް މާބޮޑު އެނގުމެއް ނުވެ ވީހާވެސް ގިނަ ބައެއްގެ މޫނުމައްޗަށް ހިނިތުންވުން ގެނެސްދީ ފުހެލަން އުނދަގޫ ހަނދާންތަކެއް އެމީހުންގެ ސިކުނޑީގައި ބިންވަޅު ނަގައިދިނުން. - އަބްދުއް ސަލާމް

ސްރީލަންކާއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ މެދުގައި ވެސް މަޝްހޫރު ކުރޭޕް ރަނާއަށް ވަނީ 2021 ވަނަ އަހަރު ސްރީލަންކާގެ ގައުމީ މާކެޓިން ގުނަން، ސްރީލަންކާ އިންސްޓިޓިއުޓު އޮފް މާކެޓިން (ސްލިމް) އިން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށް ދޭ ސްލިމް ބުރޭންޑު އެކްސެލެންސް ސިލްވާ އެވޯޑު ވެސް ލިބިފަ އެވެ. އޭގެ ކުރީ އަހަރު ހަމަ އެ ކެޓެގަރީން ބުރޯންޒު އެވޯޑު ވެސް އެ ވިޔަފާރިއަށް ލިބިފައި ވެއެވެ.

ސްރީލަންކާގައި މަގުބޫލު ކުރޭޕް ރަނާގެ މާލެ އައުޓުލެޓް -- ފޮޓޯ: ކުރޭޕް ރަނާ
ސްރީލަންކާގައި މަގުބޫލު ކުރޭޕް ރަނާގެ މާލެ އައުޓުލެޓް -- ފޮޓޯ: ކުރޭޕް ރަނާ

ކުރޭޕް ރަނާގެ މާލެ އައުތުލެޓު ހުންނަނީ ހެންވޭރު ބީއެމްއެލް އޭޓީއެމް އާއި ޖެހިގެން -- ފޮޓޯ: ކުރޭޕް ރަނާ

އެ ވިޔަފާރީގެ އައުޓުލެޓެއް މާލޭގައި ހުޅުވާފައިވާއިރު އެތަނުން ތަފާތު ވައްތަރުގެ ކުރޭޕް ލިބޭނެ އެވެ. އެގޮތުން ކުރޭޕް ރަނާގެ ސުވީޓު ކުރޭޕާއި ސަވާ ކުރޭޕު ފާހަގަކޮށްލެވެ އެވެ. އެގޮތުން ސުވީޓު ކުރޭޕުގެ ބޭސްއަށް ނަޓެއްލާ، މިލްކު ޗޮކުލެޓު އަދި ވައިޓު ޗޮކުލެޓު ހިޔާރުކޮށްލެވޭއިރު؛ ނަޓާއި، ފުރުޓާއި، ތަފާތު ވައްތަރުތަކުގެ ޗޮކުލެޓާއި އަދި ބުރައުނީސް ޓޮޕިންގެ ގޮތުގައި ހިޔާރުކޮށްލެވޭނެ އެވެ.

އޭގެއިތުރުން ސަވާ ކުރޭޕްގެ ބޭސްއަށް އެމީހަކަށް އެންމެ ކަމުދާ ތަރުކާރީ ނުވަތަ ޕިކުލްސްއާއި އެންމެ ދުލަށް ހެޔޮ މަހެއް އަޅައިގެން އެތަނުން ތައްޔާރުކޮށްދޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox