ތިނަދޫގައި 200 ހައުސިން ޔުނިޓު އެޅުމަށް 253 މިލިއަން ރުފިޔާ އަށް ބަޔަކާ ހަވާލުކޮށްފި

Oct 7, 2022, 1:42 AM
ގދ. ތިނަދޫގައި ހައުސިން ޔުނިޓް އެޅުމަށް ހަވާކުރި ޖޮއިންޓް ވެންޗާއާއެކު ސޮއިކުރުމަށް ފަހު އެއްބަސްވުން ދައްކާލަނީ. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގދ. ތިނަދޫގައި ހައުސިން ޔުނިޓް އެޅުމަށް ހަވާކުރި ޖޮއިންޓް ވެންޗާއާއެކު ސޮއިކުރުމަށް ފަހު އެއްބަސްވުން ދައްކާލަނީ. -- ފޮޓޯ: ޕްލޭނިން މިނިސްޓްރީ

ގދ.ތިނަދޫގައި 200 ހައުސިންގ ޔުނިޓު އިމާރާތް ކުރަން 253.9 މިލިއަން ރުފިޔާ އަށް ބަޔަކާ އިއްޔެ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީން ބުނީ ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓަ ކޮންސްޓްރަކްޝަންގެ ޖޮއިންޓް ވެންޗާ އަކާ އެ މަޝްރޫއު ހަވާލުކޮށްފައި ވަނީ 540 ދުވަހުގެ ތެރޭގައި ނިންމުމަށް ކަމަށެވެ. އެ އެއްބަސްވުމުގައި އިއްޔެ ވަނީ ސޮއިކޮށްފަ އެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ ހައުސިންގ ޑިޕާޓްމަންޓްގެ ޑިރެކްޓަރ ޖެނެރަލް އަޙުމަދު ވިޝާން ނަސީމް އެވެ. އަދި ސިއެރާ ކޮންސްޓްރަކްޝަން އާއި ސްޓާ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއި ކުރެއްވީ އެމް.އެޗް.ޕީ ޕްރަސާދު އެރަތުނާ އެވެ.

ސިއެރާ ކޮންސްޓްރަކްޝަން އަކީ ރާއްޖޭގެ ބައެއް ރަށްރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކޮށްފައިވާ ލަންކާގެ ކުންފުންޏެކެވެ.

މި މަޝްރޫއުގައި ތިނަދޫގައި އިމާރާތް ކުރާނީ 700 އަކަފޫޓުގެ ހައުސިން ޔުނިޓެވެ. މިއިން ކޮންމެ ޔުނިޓެއްގައި ތިން ކޮޓަރި، ތިން ފާހަނާ، ސިޓިން ރޫމް، ބަދިގެ، ކާ ގެ، ލޯންޑަރީ އަދި ސްޓޯ ރޫމެއް ހުންނާނެ އެވެ.

މި ހައުސިން ޔުނިޓުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ހިތް ފަސޭހަ މާހައުލެއް ގާއިމުކޮށްދިނުމަށް ޔުނިޓުތައް ވަށައިގެން އަލިކޮށް، ޕާކެއް ގާއިމްކޮށް، ވެހިކަލް ޕާކު ކުރާނެ ސަރަހައްދެއް ގާއިމް ކުރާނެ،" ޕްލޭނިން މިނިސްޓްރީ

ތިނަދޫގައި ގެތައް އިމާރާކުރަން ބަޔަކު ހޯދަން އިއުލާނު ކުރީ މި އަހަރުގެ އޭޕްރީލް ފަހު ކޮޅު އެވެ. އެ މަޝްރޫއު އިއުލާން ކޮށްފައި ވަނީ ފަރުމާ ކުރުމާއި، އިމާރާތްކުރުމުގެ މަސައްކަތް ހިމެނޭ ގޮތަށެވެ.

ތިނަދޫއަކީ ރާއްޖޭގެ ފަސްވަނަ އަށް އާބާދީ އެންމެ ބޮޑު ރަށެވެ. ގާތްގަނޑަކަށް 7،000 އަށް ވުރެ ގިނަ މީހުންގެ އުޅޭ ތިނަދޫގައި ބޯހިޔާވަހިކަމުގެ ދަތިކަން ވަނީ ބޮޑުވެފަ އެވެ.

މީގެ ކުރިން ވެސް ތިނަދޫގައި 120 ހައުސިން ޔުނިޓް އަޅައިފައިވެ އެވެ.

ސަރުކާރުން ހިންގާ ހައުސިން މަޝްރޫއުގެ ތެރެއިން ހއ. ދިއްދޫގައި 75 ހައުސިން ޔުނިޓް، ށ. މިލަންދޫގައި 50 ހައުސިން ޔުނިޓް، ކުޅުދުއްފުށީގައި 400 ހައުސިން ޔުނިޓް އެޅުމަށް ދާދި ފަހުން ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ. އަދި އިތުރު ބައެއް ރަށްރަށުގައި ވެސް އެގައް އިމާރާތްކުރަން ވަނީ ބީލަމަށް ލައިފަ އެވެ.

ހުޅުމާލޭގައި ސޯޝަލް ހައުސިން ފްލެޓު އިމާރާތް ކުރަން މި ސަރުކާރުން ސޮއިކުރި މަޝްރޫއުތައް ކުރިއަށް އެބަ ދެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox