ބަދުއަހުލާގީ ވީޑިއޯގެ ތާޑްޕާޓީ އެނަލިސިސްއެއް ހެދުމަށް ކާނަލް ނަޝީދު އެދިއްޖެ

ނަޝީދު މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ތަޅުމުގައި ވާހަކަ ދައްކަވަނީ: އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށްގެންދަނީ އަޑުއެހުން ސިއްރުކޮށްގެން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ނަޝީދު މަޖިލީހުގައި މަސައްކަތް ކުރެއްވި ދުވަސްވަރު ތަޅުމުގައި ވާހަކަ ދައްކަވަނީ: އޭނާގެ މައްޗަށް ކުރާ ދައުވާ ކުރިއަށްގެންދަނީ އަޑުއެހުން ސިއްރުކޮށްގެން -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު "ކާނަލް" ނަޝީދު، އެމްޑީ އަލަމްގީރާއެކު ބަދުއަހުލާގީ އަމަލު ހިންގާ މަންޒަރު ފެންނަ ކަމަށް ތުހުމަތުވާ ވީޑިއޯގެ ތާޑް ޕާޓީ އެނަލަސިސްއެއް ހެދުމުގެ ހުއްދައަށް ޝަރީއަތުގައި އޭނާ އެދިއްޖެ އެވެ.

ނަޝީދުގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުންތައް ކުރިއަށްގެންދާނީ މީހުންނަށް ނުވަދެވޭ ގޮތަށް ސިއްރުކޮށްގެންނެވެ.

ކުރީގެ މެމްބަރު އަދި ޑީއާރްޕީގެ ކުރީގެ ލީޑަރު ނަޝީދަކީ އަލަމްގިރިއާއެކު ގުޅުން ހިންގި މަންޒަރު އާންމުވި ވީޑިއޯތަކުގެ ތެރޭގައި ނަޝީދުގެ ވީޑިއޯއެއް ހިމެނެ އެވެ.

Advertisement

މިއަދު ހެނދުނު ކްރިމިނަލް ކޯޓުގައި އޮތް އަޑުއެހުމުގައި ކުރިއަށް ގެންގޮސްފައިވަނީ ޝަރީއަތަށް ހުށަހެޅި ހެކި ރައްކާތެރިކުރުމުގެ އަމުރަށް އެދިފައިވާތީ އެކަމަށް ގޮތެއް ކަނޑައެޅުމެވެ.

އެގޮތުން، ދައުލަތުން ވަނީ ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ނަޝީދަށް ދިނުމުގެ ބަދަލުގައި، ކޯޓުން އިންތިޒާމުކުރާ ގޮތެއްގެ މަތީން އެ ތަކެތި ދިރާސާކުރުމުގެ ފުރުސަތު ދިނުމަށް އެދިފަ އެވެ. ދެ ފަރާތުގެ ވާހަކަތަކަށް ބިނާކޮށް ޝަރީއަތުން ނިންމާފައިވަނީ މިގޮތަށް އަމަލު ކުރުމަށެވެ.

ވީޑިއޯގެ ތާޑްޕާޓީ އެނަލަސިސް ހެދުމަށް ނަޝީދުގެ ފަރާތުން އެދިފައިވާތީ، އެނަލަސިސް ހަދާ ފަރާތުގެ މައުލޫމާތު ލިޔުމުން ހުށަހެޅުމަށް ވަނީ އަންގާފަ އެވެ.

މި މައްސަލައިގައި ހިމެނޭ އަލަމްގީރު ވަނީ އޮރިޔާން ކާޑު ހެދުމުގެ 40 ދައުވާއަށް އިއުތިރާފުވެފަ އެވެ. އޭނާގެ މައްޗަށް އިއްވާފައިވަނީ ދެ އަހަރާއި ނުވަ މަހަށް ޖަލަށް ލުމަށެވެ.

އެ މައްސަލައިގައި ވީޑިއޯ ލީކުވި މީހުންގެ ތެރޭގައި ގާނޫނީ ވަކީލު ނާޒިމް އަބްދުއްސައްތާރު ވެސް ހިމެނެ އެވެ. އޭނާގެ މައްޗަށް ވެސް ދައުލަތުން އުފުލި ދައުވާ ސާބިތުވެ 2 މަސް ދުވަހުގެ ގޭބަންދު ހުކުމެއް ވަނީ އިއްވާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިކުއިޓީ ހިލޭ ކުރާ ޕްރޮގްރާމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

އެ ޕްރޮގްރާމުގެ ދަށުން މާލޭގައި ގެދޮރު އިމާރާތް ކުރަން ބޭނުންވާ ނަމަ އެއް މިލިއަން ރުފިޔާއާ ހަމައަށް ސަރުކާރުން ހިލޭ ފައިސާ ދޭނެ އެވެ. އަދި ރަށެއްގައި ނަމަ ދެ ލައްކަ ރުފިޔާއާ ހަމައަށް ހިލޭ ފައިސާ ދޭނެ އެވެ.

ބީއެމްއެލްގެ ހައުސިން ލޯނުގެ އިކުއިޓީ ކުޑަކޮށްފި

ތިން މިލިއަން ރުފިޔާ ނުވަތަ އެއަށް ވުރެ ދަށުގެ ލޯނުތަކަށް ނަގާ އިކުއިޓީ ފަސް ޕަސެންޓަށް ކުޑަކުރުމުގެ އިތުރުން ލޯނު ދޫކުރާއިރު ރަހުނެއް ވެސް ބަހައްޓާކަށް ނުޖެހޭނެ އެވެ. މީގެ ކުރިން އިކުއިޓީއަށް ލޯނުގެ 20 ޕަސެންޓު ނަގަ އެވެ.

ރަސްމާލެ ހާއްސަ ވެފައި އޮންނަންވާނީ ދިވެހިންނަށް: ޔާމީން

ރަސްމާލެ މަޝްރޫއަކީ ދިވެހިންގެ ބޯހިޔާވަހިކަމަށް އަމާޒުކޮށްފައިވާ ކަމަކަށްވާތީ، އެ ބިންތައް ބޭރުގެ ފަރާތްތަކަށް ވިއްކާލުމާ ކުރީގެ ރައީސް ޔާމީން ދެކޮޅު ހައްދަވައި ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. ދިވެހިންގެ ފައިސާއިން ހިންގާ މަޝްރޫއަކުން ބޭރު ބަޔަކަށް ފުރުސަތު ދިނުމަކީ ދިވެހިން ދެވަނަ ދަރަޖައިގެ ރައްޔިތުންނަށް ވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރަސްމާލެއިން ބޮޑު ސަރަހައްދެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމަށް ޔާމީން ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.

މިއަހަރު ސަބްސިޑީއަށް ޖެހީ 2.9 ބިލިއަން، މިހާރު 4.3 ހަރަދުވެއްޖެ

"އެގޮތުން އަޅުގަނޑުމެން މި އަހަރަށް ބަޖެޓުކޮށްފައި ވަނީ 2.9 ބިލިއަން. އެހެން ނަމަވެސް މިހާތަނަށް 4.3 ބިލިއަން ސަބްސިޑީޒްގެ ގޮތުގައި އަޅުގަނޑުމެންނަށް ހަރަދު ކުރަންޖެހިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ސުކޫކަށް ފައިސާ ދެއްކި ގޮތުގެ ތަފްސީލު މިނިސްޓަރު ހާމަކޮށްފި

"އަޅުގަނޑުމެން ސުކޫކަށް ފައިސާ ދެއްކުމަށް މި ބޭނުން ކުރީ 350 މިލިއަން ޑޮލަރު ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގެ ތެރެއިން. އަދި ހަމަ އެއާއެކު ދައުލަތުގެ ރިޒާވުން 175 މިލިއަން ޑޮލަރު އެކަމުގައި ބޭނުން ކުރެވިފައިވޭ،" ޒަރީރު ވިދާޅުވި އެވެ.

ރައީސްގެ ދަތުރުގައި ބޮޑުވަޒީރު ޝެހެބާޒްއާ ބައްދަލު ކުރައްވާނެ

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރަކީ ބޮޑުވަޒީރު ޝެހެބާޒްގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. ޕާކިސްތާނުގެ ރައީސް އާއި ބޮޑުވަޒީރުގެ އިތުރުން އެ ގައުމުގެ އިސް އެހެން ބައެއް އޮފިޝަލުންނާ ވެސް މުއިއްޒު ބައްދަލު ކުރައްވާނެ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލަންޖެހޭ ކަމަށް ދިރާސާގައި ބުނެފި

"ގާނޫނީ ގޮތުން މި ޕްރޮޖެކްޓު މަޑުޖައްސާލުމުގެ ބާރު ސަރުކާރަށް އަދިވެސް އެބަ އޮތް. އަދި މި ޕްރޮޖެކްޓު މަޑުޖައްސާލުމަކީ ސަރުކާރަށް ގާނޫނީ ގޮތުން ލާޒިމް ކަމެއް. ޕްރޮޖެކްޓު އިތުރަށް ކުރިއަށްގެންދަންޖެހޭނީ އަލުން ނެގޯޝިއޭޓްކޮށްގެން،" އެ ދިރާސާގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox