ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިިފިކޭޝަންގައި ރާއްޖޭގެ ޓީމުން ކުޅުނު ތިން ވަނަ މެޗުގައި ރޭ ސައުދީ އަރަބިއްޔާ އަތުން 9-0 އިން ބަލިވެއްޖެ އެވެ.
ސަތާރަ އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިން ގްރޫޕް ޑީގައި ރާއްޖޭން މިހާތަނަށް މި ވަނީ ތިން މެޗު ކުޅެފަ އެވެ. ފުރަތަމަ މެޗުގައި ކުވެއިތު އަތުން 6-0 އިން ބަލިިވިއިރު، ދެ ވަނަ މެޗުގައި އިންޑިއާ އަތުން ބަލިވި އެވެ. އަދި ރޭ މި ވަނީ ތަފާތު ބޮޑުކޮށް ސައުދީ އަތުން ބަލިވެފަ އެވެ. ސައުދީން ވަނީ މިދިޔަ މަހު ރާއްޖޭގެ 20 އަހަރުން ދަށުގެ ޓީމު ކޮޅަށް 11 ގޯލު ޖަހައިފަ އެވެ.
ސައުދީ އަރަބިއްޔާގެ ދަންމާމު ސިޓީގެ، ޕްރިން ސައުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ސައުދީން ވަނީ ފުރަތަމަ ހާފުގައި ރާއްޖެ ކޮޅަށް ހަތަރު ގޯލު ޖަހައިފަ އެވެ. އަދި އަނެއް ފަސް ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ. މެޗުގައި ސައުދީގެ ފޯވާޑް ރާމިޒު ސައީދު އަލާތާރު ހެޓްރިކެއް ހެދިއިރު، އެ ޓީމުގެ މިޑްފީލްޑަރު ނަވާފު ބަދީރު އަލްޖަނާހީ ވަނީ ދެ ގޯލު ޖަހައިފަ އެވެ.
މެޗުގައި ސައުދީން ލީޑުނެގީ މެޗުގެ 22 ވަނަ މިނިޓްގައި ތޮލާލް އަބޫބަކުރު ހާޖީ ޖެހި ގޯލުންނެވެ. ލީޑުފުޅާކުރީ މެޗުގެ 29 ވަނަ މިނިޓްގައި ނަވާފް ޖެހި ގޯލުންނެވެ. އޭގެ ފަހުން މެޗުގެ 36 އާއި 38 ވަނަ މިނިޓްގައި ސައުދީގެ ރާމިދު ސައީދު ދެ ގޯލު ޖެހިއިރު، ހަތަރު ގޯލުގެ ލީޑަކާ އެކު ފުރަތަމަ ހާފު ނިންމާލި އެވެ.
ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން 10 މިނިޓް ތެރޭ ރާމިދު ސައީދު ހެޓްރިކް ފުރިހަމަކުރި އެވެ. އޭގެ ފަހުން ޖެހި ހަތަރު ގޯލު ކާމިޔާބުކުރީ ނަވާފާއި ޖަތުހޫބް މިސްލަބް، ޒިޔާދު ސާބިރު އަދި ފާރިސް ޔޫސުފް ސާލިމް އެވެ.












