މިއަދު ފާހަގަކުރަމުން އަންނަ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި އެސްޓީއޯއިން ވިއްކާ ބައެއް މުދަލުން މުދައްރިސުންނަށް ޑިސްކައުންޓު ދޭން އެ ކުންފުނިން ނިންމައިފި އެވެ.
އެސްޓީއޯއިން ބުނީ މި ޑިސްކައުންޓަކީ އެއް ދުވަހުގެ މުއްދަތަށް ދޭނެ ޑިސްކައުންޓެއް ނޫން ކަމަށާއި ދެމިގެންދާނޭ އޮފާއެއް ކަމަށެވެ.
ރާއްޖޭގެ ސަރުކާރު އަދި ޕްރައިވެޓް ހުރިހާ ސްކޫލްތަކެއްގެ މުދައްރިސުންނަށް ވެސް މި ޑިސްކައުންޓު ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.
މުދައްރިސުންނަނީ ގައުމު ބިނާކުރުމުގައި ވަރަށް މަތިވެރި ދައުރެއް އަދާކުރާ ފަރާތްތަކެއްކަން ފާހަގަކޮށް، އެސްޓީއޯއިން ބުނީ މުދައްރިސުންގެ އަގު ވަޒަން ކުރުމަށް އެސްޓީއޯއިން އަބަދުވެސް އިސްކަންދޭ ކަމަށެވެ.










