ލިވަޕޫލާއި ބަޔާން މޮޅުވިއިރު، އިންޓަ އިން ބާސެލޯނާ ބަލިކޮށްފި

Oct 5, 2022, 2:49 AM
ބާސެލޯނާގެ ލެވަންޑޯސްކީ (ވ) އަތުން އިންޓަގެ ޗަނޮނޮގްލޫ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.

ބާސެލޯނާގެ ލެވަންޑޯސްކީ (ވ) އަތުން އިންޓަގެ ޗަނޮނޮގްލޫ ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.

މިލާން (އޮކްޓޫބަރު 5) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު މެޗުތަކުން ލިވަޕޫލާއި ބަޔާން މިއުނިކް މޮޅުވިއިރު، އިންޓަ މިލާނުން ވަނީ 1-0 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ސްކޮޓްލެންޑްގެ ރޭންޖާސް އަތުން ލިވަޕޫލް އަމިއްލަ ދަނޑުގައި މޮޅުވީ 2-0 އިންނެވެ. ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން އަތުން ބަޔާން މޮޅުވީ 5-0 އިންނެވެ.

މި ފަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ނަޕޯލީ އަތުން ބަލިވި ލިވަޕޫލް މި ވަނީ ދެން ކުޅުނު ދެ މެޗުން ވެސް މޮޅުވެފަ އެވެ. ރޭގެ މެޗުގައި ލިވަޕޫލުން ލީޑުނެގީ ހަތް ވަނަ މިނިޓްގައި ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ހިލޭ ޖެހުމަކުން ޖެހި ގޯލަކުންނެވެ. ފުރަތަމަ ހާފުގައި ލިވަޕޫލަށް ދެ ވަނަ ގޯލެއް ޖަހައިދޭން، ޑާވިން ނޫނޭޒް ފޮނުވާލި ހަތަރު ހަމަލާއެއް ރޭންޖާސްގެ ގޯލުގައި ހުރި ތަޖުރިބާކާރު ގޯލްކީޕަރު އެލަން މެކްގްރެގާ ވަނީ މަތަކޮށްފަ އެވެ.

ލިވަޕޫލްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 53 ވަނަ މިނިޓްގައި މުހައްމަދު ސަލާހު އެވެ. މިއީ ލުއިޒް ޑިއާޒަށް ކުރި ފައުލަކަށް ދިިން ޕެނަލްޓީ އަކުން ސަލާހު ޖެހި ގޯލެކެވެ. ލިވަޕޫލަށް ތިން ވަަނަ ގޯލެއް ޖަހައިދޭން ޑިއާޒާއި ސަލާހު ޖެހި ޝޮޓްތައް މެކްގްރެގާ ވަނީ ހުއްޓުވައިފަ އެވެ.

ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

މި ގްރޫޕްގެ އަނެއް މެޗުގައި ރޭ ނަޕޯލީން ވަނީ އަޔަކްސް ދަނޑުގައި 6-1 އިން މޮޅުވެ، ފުރިހަމަ ރެކޯޑް ދަމަހައްޓައިފަ އެވެ. ނަޕޯލީގެ ގޯލުތައް ޖެހީ ޖިއަކޯމޯ ރަސްޕަޑޯރީ ދެ ގޯލާއި ޖިއޮވާނީ ޑި ލޮރެންޒޯ، ޕިއޮޓްރޭ ޒިއެލިންސްކީ، ކްވިޗާ ކްރަވަޝްކޭލިއާ އަދި ޖިއޮވާނީ ސިމިއޯނީ އެވެ. އަޔަކްސްގެ ހަމައެކަނި ލަނޑު ޖެހީ މުހައްމަދު ކުޑޫސް އެވެ.

ބާސެލޯނާ އަށް އަނެއްކާ ވެސް ހާސްކަން

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ކެޓި ބާސެލޯނާ މި ވަނީ މި ފަހަރުގެ މުބާރާތުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ބަލިވެފަ އެވެ.

ފުރަތަމަ މެޗުގައި ވިކްޓޯރިއާ ޕްލެޒެން އަތުން ބާސެލޯނާ މޮޅުވި ނަމަވެސް ދެ ވަނަ މެޗުން ބަޔާން އަތުން ވީ ބައްޔެވެ. ރޭ ކުޅުނު ގްރޫޕްގެ ތިން ވަނަ މެޗުގައި ބާސެލޯނާ ވަނީ އިންޓަ މިލާން ދަނޑުގައި ވެސް ބަލިވެފަ އެވެ. މި މެޗުގައި އިންޓަގެ ގޯލު ޖަހައިދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަކަން ޗަނޮނޮގްލޫ އެވެ.

ރޭގެ މެޗުގައި ބާސެލޯނާގެ ޕެޑްރީ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ބަލައިނުގަންނަން ނިންމައިފަ އެވެ. އެ ނިންމުމާ މެދު ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ހިތްހަމަނުޖެހުން ފާޅުކުރި ގޮތުން އޭނާ އަށް ރީނދޫ ކާޑެއް ވެސް ދެއްކި އެވެ.

މެޗަށް ފަހު ޒަވީ ބުނީ މި މެޗުގެ ނަތީޖާ އިންސާފުވެރިކަމަށް ގަބޫލުކުރަން އޭނާ އަށް އުނދަގޫ ކަމަށެެވެ.

"ދެން އޮތް ތިން މެޗަކީ ވެސް އަހަރެމެންނަށް ފައިނަލް. އުފަލަކީ މި ތިން ފައިނަލްގެ ތެރެއިން ދެ ފައިނަލް އޮތީ އަހަރެމެން އަމިއްލަ ސަޕޯޓަރުންގެ ކުރިމަތީގައި،" ޒަވީ ބުންޏެވެ.

ބަޔާނުން ވަނީ ރޭ އަމިއްލަ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެން އަތުން ހޯދި ފަސޭހަ މޮޅާ އެކު ނޮކައުޓް ބުރުގެ ޖާގައެއް ކަށަވަރުކުރުމާ ފިޔަވަޅަކާ ގާތަށް ޖެހިލައިފަ އެވެ. ވިކްޓޯރިއާ ޕްލެޒެން ކޮޅަށް ބަޔާންގެ ގޯލުތައް ޖެހީ ލެރޯއި ސާނޭ ދެ ގޯލާއި ސާޖް ގްނަބްރީ، ސަޑިއޯ މާނޭ އަދި އެރިކް މެކްސިމް ޗޮޕޫ-މޯޓިން އެވެ.

ޗެމްޕިއަންސް ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާ އަށް ބަލާއިރު، ގްރޫޕް ބީގައި ބެލްޖިއަމްގެ ކްލަބް ބްރޫޖް އިން ވަނީ 2-0 އިން ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑް ބަލިކޮށްފަ އެވެ. އަދި ޕޯޓޯ އިން ވަނީ 2-0 އިން ބެޔާ ލެވަކޫސަންގެ މައްޗަށް ކުރިހޯދައިފަ އެވެ.

އެންޓޯނިއޯ ކޮންޓޭ ކޯޗުކޮށްދޭ ޓޮޓެންހަމް ހޮޓްސްޕާސް އިން ގްރޫޕް ޑީގައި ރޭ ކުޅުނު މެޗުން ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓާ ދެކޮޅަށް ވަނީ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި ފްރާންސްގެ މާސޭ އިން ވަނީ 4-1 އިން ސްޕޯޓިން ލިޒްބަންގެ މައްޗަށް ކުރިހޯދައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox