އުތުރު ކޮރެއާއިން ޖަޕާނު މަތިން ބެލިސްޓިކް މިސައިލެއް ފޮނުވައިފި

ބެލިސްޓިކް މިސައިލް ދަތުރު ކުރޮ ގޮތް ދައްކުވައިދޭ ޗާޓެއް. -- ފޮޓޯ: ރޮއިޓާޒް

ބެލިސްޓިކް މިސައިލް ދަތުރު ކުރޮ ގޮތް ދައްކުވައިދޭ ޗާޓެއް. -- ފޮޓޯ: ރޮއިޓާޒް

އުތުރު ކޮރެއާއިން ޖަޕާނު މަތިން ބެލިސްޓިކް މިސައިލެއް ފޮނުވައިފި އެވެ.

އެ މިސައިލް ދަތުރު ކުރީ 4،500 ކިލޯމީޓަރުގެ ސަރަހައްދަކަށެވެ. ޖަޕާނު ހުރަސްކޮށް ގޮސް، މިސައިލް ވެއްޓުނީ ޕެސިފިކް ކަނޑަށެވެ. އެއީ އެމެރިކާގެ ގުއާމް ރަށާ ކައިރި އެވެ.

މިއީ 2017 ވަނަ އަހަރަށް ފަހު އުތުރު ކޮރެއާއިން ޖަޕާން މަތިން ފޮނުވި ފުރަތަމަ މިސައިލެވެ.

މިސައިލާ ގުޅިގެން ޖަޕާނުން ބައެއް ރައްޔިތުންނަށް ފޮނުވި އެލާޓުގައި އެންގީ ރައްކާތެރިވެ ތިބުމަށެވެ. އެމެރިކާ އާއި ދެކުނު ކޮރެއާއިން ރައްދުގައި އެޅި ފިޔަވަޅަކީ ބޮން އެޅުމުގެ ތަމްރީނެއް ހިންގުމެވެ.

ދެކުނު ކޮރެއާގެ ހަތަރު އަސްކަރީ ވައިގެ އުޅަނދާއި އެމެރިކާގެ ހަތަރު އަސްކަރީ ވައިގެ އުޅަނދު އެ ތަމްރީނުގައި ބައިވެރިވި އެވެ. އެގޮތުން ޔެލޯ ސީގައި އޮންނަ ފަޅު ރަށަކަށް ބޮން އެޅި އެވެ. ދެ ގައުމު ގުޅިގެން ނެރުނު ބަޔާނުގައި ބުނީ އުތުރު ކޮރެއާގެ ނުރައްކަލާ ދެކޮޅަަށް ދެކުނު ކޮރެއާ އާއި އެމެރިކާ އެކުގައި ތެދުވަން ފަސްނުޖެހޭނެ ކަމަށެވެ.

އދ. އިން ވަނީ އުތުރު ކޮރެއާއިން ބެލިސްޓިކް މިސައިލާއި ނިޔުކްލިއާ ހަތިޔާރު ޓެސްޓު ކުރުން މަނާކޮށްފަ އެވެ. އޭގެ އިތުރުން ކުރިން އެންގުމެއް ނެތި އެހެން ގައުމުތަކާ ދިމާލަށް އަދި އެ ގައުމުތަކުގެ މަތިން މިސައިލް ފޮނުވުމަކީ ބައިނަލްއަގްވާމީ ހަމަތަކާ ހިލާފު ކަމެކެވެ.

އެފަދަ އަމަލަކީ ހަމަލާއެއް ކަމަށް ހީވެދާނެތީ ގިނަ ގަައުމުތަކުން އެކަމެއް ނުކުރެ އެވެ. އަންގާރަ ދުވަހުގެ މިސައިލަކީ އުތުރު ކޮރެއާއިން މިހާތަނަށް ފޮނުވި އެންމެ ދުރު ރާސްތާގެ މިސައިލެވެ. އޭތި ދަތުރު ކުރީ 1000 ކިލޯމީޓަރު މަތިންނެވެ. އެއީ ދުނިޔެ ވަށައި ބުރު ޖަހަމުންދާ އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަން (އައިއެސްއެސް) އަށް ވުރެ އުހެވެ.

ޖަޕާނުގެ ބޮޑު ވަަޒީރު ފުމިއޯ ކިޝީޑާ ނުރުހުން ފާޅުކޮށް ވިދާޅުވީ އެއީ "ނުރައްކާތެރި އަމަލެއް" ކަމަަށެވެ. ޑިފެންސް މިނިސްޓަރު ޔަސުކާޒޫ ހަމާޑާ ވިދާޅުވީ ޖަޕާނުގެ ދިފާއީ ބާރު ވަރުގަދަ ކުރަން ފަސްނުޖެހޭނެ ކަމަށެވެ.

އުތުރު ކޮރެއާއިން މިސައިލް ފޮނުވި އިރު، ދެކުނު ކޮރެއާ އާއި ޖަޕާން އަދި އެމެރިކާއިން ގުޅިގެން ދަނީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް މަސައްކަތް ކުރަަމުންނެވެ. މިދިޔަ ހަފްތާގައި ތިން ގައުމުން ކަނޑުމަތީގެ ތަމްރީންތަކެއް ބޭއްވި އެވެ.

މީގެ ކުރިން 2017 ވަނަ އަހަރު ޖަޕާނުގެ މަތިން ދެ މިސައިލް ފޮނުވިތާ ހަފްތާއެއް ފަހުން އުތުރު ކޮރެއާއިން ނިޔުކްލިއާ ޓެސްޓެއް ވެސް ކުރި އެވެ.

ޖާސޫސީ ތަކުރިބާކާރުން ބުނާ ގޮތުގައި މި ފަހަރު ވެސް އުތުރު ކޮރެއާއިން ނިޔުކްލިއާ ހަތިޔާރެއް ޓެސްޓު ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ބޮޑަށް ބެލެވެނީ އުތުރު ކޮރެއާއާ އެންމެ ގާތް ޗައިނާގެ ކޮމިއުނިސްޓް ޕާޓީގެ ކޮންގްރެސް މި މަހު ބޭއްވުމަށް ފަހު އެ ޓެސްޓު ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox