"ކެސިނޯ ހިންގަން" ޖާބިރު ދައްކާ ވާހަކައަށް ނަޝީދާއި މަހުލޫފުގެ އެއްބާރުލުން

Oct 4, 2022, 7:14 AM
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ ރާއްޖޭގައި ކެސިނޯ ހިންގުން މަނާކުރާ ގަވައިދެއް ނެތްކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު، މަޖިލީހުގެ ޖަލްސާއެއްގެ ރިޔާސަތު ބަލަހައްޓަވަނީ. އެމަނިކުފާނު މިއަދު ވިދާޅުވީ ރާއްޖޭގައި ކެސިނޯ ހިންގުން މަނާކުރާ ގަވައިދެއް ނެތްކަމަށް. ފޮޓޯ: މަޖިލީހުގެ އިދާރާ

ރާއްޖޭގައި ކެސިނޯ ހިންގެން ޖެހޭ ކަމަށް ވިދާޅުވެ، ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތަކުރާރުކޮށް ދައްކަވާ ވާހަކައަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު މިއަދު އެއްބާރުލުން ދެއްވައިފި އެވެ.

"ކެސިނޯ އަޅަން ރާއްޖޭގައި ހުއްދަ ނުދެނީ ކީއްވެތޯ" އެކި ވަޒީރުންނާ ޖާބިރު މީގެ ކުރިން ވެސް އެތައް ފަހަރަކު ސުވާލުކުރެއްވި އެވެ. މަޖިލީހުގައި ވަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ ވެސް އޭނާ މިއަދު އެ ސުވާލު ކުރެއްވި އެވެ.

އެ ސުވާލަށް ޖަވާބު ދެއްވަން މިނިސްޓަރު މަހުލޫފަށް ފުރުސަތު ދެއްވުމުގެ ކުރިން ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ކެސިނޯ ލައިސަންސް ދިނުމާ ގުޅޭ ސުވާލަކީ ތަކުރާރުކޮށް ނުކުންނަ ސުވާލެއް ކަމަށާއި އެއީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން ކަމަށް ފާހަގަވާ ކަމަށެވެ.

"ފާހަގަވާ ކަމަކީ އެއީ [ކެސިނޯ ލައިސަންސް ދިނުމަކީ] އެއީ އެއްވެސް ގަވައިދަކުން މަނާކުރާ ކަމެއް ނޫން. އެހެން ނަމަވެސް ސާފު ގަވައިދުތަކެއް ރިޒޯޓްތަކަށް މި މަސައްކަތް ނުކުރެވި، އެ ހިދުމަތް ނުދެވި ވާކަމަށް ތަކުރާރުކޮށް އިއްޒަތްތެރި މެމްބަރުން ފާހަގަކުރައްވާ،" ނަޝީދު ވިދާޅުވި އެވެ.

ޖާބިރުގެ ސުވާލަށް ޖަވާބު ދެއްވަމުން މަހުލޫފު ވިދާޅުވީ ކެސިނޯގެ ވާހަކަ ރާއްޖޭގައި ދެއްކެން ނޯންނަ ކަމަށާއި އެ ވާހަަކަ ފެށިޔަސް ގޯސްވާ ކަމަށެވެ.

"ހަމަ ހަގީގަތަށް މިދެންނެވީ އިނގޭތޯ، އެ ނަން ކިޔަސް ގޯސްވާ ހިސާބުގައި. އެހެންވީމާ އެ އުޅެން ޖެހެނީ އެންމެން ބޮޑު ބިރުވެރިކަމެއްގައި. މިއިން ކަމަކާ ގުޅިގެން މަޝްވަރާކޮށްލާނެ ޖާގަ ވެސް، އެއީ އޮންނަ ކަމެއް ކަމަކަށް ނުވޭ. އެކަމަކު އިއްޒަތްތެރި މެމްބަރުގެ ވާހަކަފުޅުގައި ކުރީ ދުވަހު ވެސް ވިދާޅުވިހެން، ބަރާބަރަށް ރާ ވިއްކާ. އެހެން ހުރިހާ ސަކަރާތެއް ވެސް އެތަންތާގައި [ރިސޯޓުތަކުގައި] ޖަހާ،" މަހުލޫފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެހެން ހުރިހާ ކަމަކާ ވެސް ވާހަކަ ދެއްކެން ޖެހޭ ކަމަށާއި މަޝްވަރާކޮށްގެން ގޮތްތައް ހޯދެން ޖެހޭ ކަމަށެވެ.

"އެކަހަލަ ހުރިހާ ކަމެއް. ހަމަ ޔޯގާއާ ތި ހުރިހާ އެއްޗެއްގައި. އަޅުގަނޑު ގަބޫލުކުރަނީ ހަމަ ހަގީގަތުގައި ވެސް އަަޅުގަނޑުމެންގެ މުޖުތަމައުގައި މިހެން ހުރި ހުރިހާ ކަމަކީ މަޝްވަރާކޮށްގެން ގޮތްތައް ހޯދަން ޖެހޭ ކަންތައްތައް. އެ ވާހަކަ ދެއްކެން އެބަ ޖެހޭ އަޅުގަނޑުމެންގެ ސޮސައިޓީގައި،" މަހުލޫފު ވިދާޅުވި އެވެ.

މީގެ ކުރިން މަޖިލީހުގައި ޖާބިރު އެ ވާހަކަ ދެއްކެވި ބައެއް ދުވަސް ދުވަހު އެއީ ދައްކައިގެން ވާނެ ވާހަކައެއް ނޫން ކަމަށް ވިދާޅުވެ، މަޖިލީހުގެ ބައެއް މެމްބަރުން އޭނާއަށް ރައްދު ދެއްވި އެވެ. އޭގެ ތެރޭގައި އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox