ސަތާރަ އަހަރުން ދަށުގެ ޓީމު ދެ ވަނަ މެޗުން އިންޑިއާ އަތުން ބަލި

Oct 4, 2022, 5:47 AM
އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

އިންޑިއާ އާއި ރާއްޖެ ކުޅުނު މެޗުގެ ތެރެއިން.-- ފޮޓޯ: އެފްއޭއެމް/ އިބްރާހިމް ފާއިދު

ސައުދީ އަރަބިއްޔާގައި މިހާރު ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިިފިކޭޝަންގައި ރާއްޖޭގެ ޓީމުން ކުޅުނު ދެ ވަނަ މެޗުގައި ރޭ އިންޑިއާ އަތުން 5-0 އިން ބަލިވެއްޖެ އެވެ.

ފަސް ޓީމު ވާދަކުރާ ކޮލިފައިން ގްރޫޕް ޑީގައި ރާއްްޖެ ވަނީ ފުރަތަމަ މެޗުގައި މިދިޔަ ހޮނިހިރު ދުވަހު ކުވެއިތު އަތުން 6-0 އިން ބަލިވެފަ އެވެ. ރޭ އިންޑިއާއާ ދެކޮޅަށް ބަދަލުތަކެއް ގެނެސްގެން ރާއްޖޭން ކުޅުނުއިރު، އިންޑިއާ އިން ވަނީ ފުރަތަމަ ހާފުގައި ދެ ގޯލު ޖަހައިފަ އެވެ. އަނެއް ތިން ގޯލު ޖެހީ ދެ ވަނަ ހާފުގަ އެވެ.

ސައުދީގެ ޕްރިން ސައުދު ބިން ޖަލާވީ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އިންޑިއާ އިން ލީޑުނެގީ 11 ވަނަ މިނިޓްގައި ވަންލާލް ޕެކާ ގުއެޓޭ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ގުއެޓޭ ހުސްކޮށް ހުރެފައި ޖެހި ބޯޅަ ގޯލަށް ވަނީ ރާއްޖޭގެ ހަމްދާން ފައިގައި ޖެހިފަ އެވެ. އިންޑިއާ އިން ލީޑުފުޅާކުރީ މެޗުގެ 25 ވަނަ މިނިޓްގައި ލަލްމިންގްޗުއަންގާ ފަނާއި ޖެހި ގޯލުންނެވެ. އޭރިއާބޭރުން ފަނާއި ޖެހި ޝޮޓް ރާއްޖޭގެ ކެޕްޓަން މުހައްމަދު ޖޫދު އަޝްފާގު ފައިގައި ޖެހިފައި ގޯލަށް ވަނީ ކީޕަރު އަބްދުﷲ ރަޒީފް ބޯމަތިން ގޮހެވެ.

ދެ ވަނަ ހާފުގައި ރާއްޖޭން ކުރިއަށް ޖެހިގެން ކުޅެން ފަށައި، އެޓޭކް ރަނގަޅުކުރި އެވެ. އެކަމަކު، މެޗުގެ 59 ވަނަ މިނިޓްގައި އިންޑިއާ އިން ވަނީ ތިން ވަަަނަ ގޯލު ޖަހައިފަ އެވެ. އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅައެއް ގޯލަށް ވައްދާލީ އަމަން އެވެ. އިންޑިއާ އިން ވަނީ މެޗުގެ 67 ވަނަ މިނިޓްގައި ހަތަރު ވަނަ ގޯލެއް ވެސް ޖަހައިފަ އެވެ. މި ލަނޑު ޖެހީ ޕެނަލްޓީ އަކުން ބޮބީ ސިންގް ޔެންދްރެމްބަމް އެވެ.

އިންޑިއާގެ ފަހު ގޯލު ޖެހީ މެޗުގެ 71 ވަނަ މިނިޓްގައި ފީނިކްސް އޮއިނަމް އެވެ. ބަދަލަކަށް ކުޅެންއެރި އޮއިނަމް ހާފުގެ މެދެއްހާ ހިސާބުން ޖެހި ބޯޅަ ގޯލަށް ވަނީ ދަނޑީގައި ޖެހިފަ އެވެ.

ގްރޫޕް ޑީގެ އެއް ވަނައިގައި މި ވަގުތު އޮތީ ދެ މެޗުން ވެސް މޮޅުވެގެން ހަ ޕޮއިންޓާ އެކު ކުވެއިތު އެވެ. ދެ ވަނައިގައި އޮތް ސައުދީ އަރަބިއްޔާ އާއި ތިން ވަނައިގައި އޮތް އިންޑިއާ އަށް ވަނީ އެއް މެޗުން ތިން ޕޮއިންޓް ލިބިފަ އެވެ. ހަތަރެއްގައި އޮތް މިޔަންމާ އާއި ފަސް ވަނައިގައި އޮތް ރާއްޖެ އަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.

މުބާރާތުގައި މާދަމާ ރާއްޖެ ކުޅޭނީ ސައުދީ އަރަބިއްޔާއާ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox