ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުގައި ރާއްޖެ އަށް ކާމިޔާބީތަކެއް

Oct 4, 2022, 4:44 AM
ދެކުނު އޭޝިއާގެ ޖޫނިއާ ބެޑްމިންޓަން މުބާރާތުގައި ރާއްޖެ އަށް ކާމިޔާބީތަކެއް

އިންޑިއާގައި ކުރިއަށްދިޔަ ދެކުނު އޭޝިއާ ބެޑްމިންޓަން މުބާރާތުގައި ރާއްޖޭގެ ގައުމީ ޖޫނިއާ ޓީމުން ވަނީ ޓީމު އިވެންޓް ބައިން ދެ ލޯ މެޑަލާއި 15 އަހަރުން ދަށުގެ އަންހެން ޑަބަލްސް އާއި ފިރިހެން ޑަބަލްސް އިވެންޓުން ލޯ މެޑަލް ހޯދައިފި އެވެ.

އިންޑިއާގެ ގުވަހާޓީގައި ކުރިއަށްދިޔަ ސަރަހަައްދުގެ ޖޫނިއާ މުބާރާތުގެ ޓީމު އިވެންޓް ބައިގެ އަންހެން އަދި ފިރިހެން ކެޓަގަރީން ރާއްޖެ ލޯ މެޑަލް ހޯދީ އިންޑިއާ، ސްރީ ލަންކާ، ނޭޕާލް އަދި ބޫޓާނާ ވާދަކޮށެވެ.

ސަތާރަ އަހަރުން ދަށާއި 15 އަހަރުން ދަށަށް ހާއްސަ ޓީމު އިވެންޓްގައި ރާއްޖޭން ވާދަކުރިއިރު، 15 އަހަރުން ދަށުގެ އަންހެން ބައިގައި ޗެމްޕިއަންކަން ހޯދި ރާއްޖޭގެ ޓީމުގައި ހިމެނެނީ ކަލާފާނު ސްކޫލްގެ ސަމްރާ އަހުމަދު ހައިކަލް، އިސްކަންދަރު ސްކޫލްގެ އައިޝަތު ޒޯޔާ ހުސެއިން އާއި ޔޫސުފް މުނާދީ އަދި ރެހެންދި ސްކޫލްގެ އައްޔޫބު އަޒްހަރު މުހައްމަދު އެވެ.

ސަތާރަ އަހަރުން ދަށުން ލޯ މެޑަލް ހޯދި ޓީމުގައި ހިމެނެނީ ސީއެޗްއެސްސީގެ މުހައްމަދު އުދައިޝް އަހުމަދު ޝަރީފް އާއި ޝުބާ މުހައްމަދު ޝަރީފް، ކަލާފާނު ސްކޫލްގެ ޝައިބާ މުހައްމަދު ޝަރީފް އަދި އިސްމާއިލް ނާބިތު އިބްރާހިމް އެވެ.

އޯޕަން އިވެންޓްތަކަށް ބަލާއިރު، 15 އަހަރުން ދަށުގެ އަންހެން ބައިން ރާއްޖޭގެ ސަމްރާ އާއި ޒޯޔާގެ ޕެއާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ. އަދި 15 އަހަރުގެ ފިރިހެން ކެޓަގަރީން ރާއްޖޭގެ ޔޫސުފް މުނާދީ އާއި އައްޔޫބު އަޒްހަރުގެ ޕެއާ ވަނީ ލޯ މެޑަލް ހޯދައިފަ އެވެ.

ސަރަހައްދުގެ ޖޫނިއާ މުބާރާތުގައި ރާއްޖޭގެ ޓީމަށް އިރުޝާދުދިނީ ބެޑްމިންޓަން ޔޫތު ޑިވެލޮޕްމަންޓްގައި މަސައްކަތް ކުރަމުން އަންނަ ކޯޗު އަހުމަދު އިޔާދު އެވެ. އަދި ޓީމުގެ މެނޭޖަރަަކީ އެސޯސިއޭޝަންގެ ހިންގާ ކޮމިޓީގައި ވެސް މަސައްކަތް ކުރަމުން އަންނަ މެމްބަރު، ހުސެއިން އާތިފް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox