އޮސަސޫނާއާ އެއްވަރުވެ ރެއާލްގެ ރެކޯޑް ނިމުމަކަށް

Oct 3, 2022, 3:09 AM
ރޭގެ މެޗުގެ ތެރެއިން ރެއާލްގެ ބެންޒެމާ ޕެނަލްޓީ ނާކާމިޔާބުވުމުން މާޔޫސްވެފައި.--- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ރެއާލްގެ ބެންޒެމާ ޕެނަލްޓީ ނާކާމިޔާބުވުމުން މާޔޫސްވެފައި.--- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (އޮކްޓޫބަރު 3) - ސްޕެނިޝް ލީގުގައި ރޭ އޮސަސޫނާއާ 1-1 އިން އެއްވަރުވެ، ރެއާލް މެޑްރިޑް ލީގުގައި ދަމަހައްޓަމުން އައި ސައްތަ އިން ސައްތަ ރެކޯޑަށް ނިމުން އަތުވެއްޖެ އެވެ.

ލީގުގައި ރޭ އޮސަސޫނާއާ އެއްވަރުވުމުން، ރެއާލަށް ވަނީ އެއް ވަނަ އަށް އަރަން ލިބުނު ފުރުސަތު ވެސް ގެއްލިފަ އެވެ. އެއް ވަނައިގައި ބާސެލޯނާ އޮތީ ދެ ވަނައިގައި އޮތް ރެއާލާ އެއްވަރަށް ހަތް މެޗުން 19 ޕޮއިންޓާ އެކު އެވެ. މިއީ 2020 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ ފަހުން ބާސެލޯނާ ލީގުގެ އެއް ވަނައިގައި ހަފްތާއެއް ނިންމާލާނެ ފުރަތަމަ ފަހަރެެވެ.

ބާސެލޯނާ މި ވަގުތު އެއް ވަނައިގައި އޮތީ ލަނޑުގެ ތަފާތުންނެވެ. އެކަމަކު، މި މަހު 16 ވަނަ ދުވަހު ރެއާލާއި ބާސެލޯނާ ކުޅޭ އެލްކްލަސިކޯ މެޗުން މި ދެ ޓީމުގެ ރޭންކް ދެން ކަނޑައެޅޭނީ ހެޑް ޓު ހެޑް ގަވާއިދުންނެވެ.

ރެއާލުން އަމިއްލަ ދަނޑުގައި ރޭގެ މެޗަށް ނުކުތްއިރު ލިބިފައި އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކީ އަނިޔާއަށް ފަހު ރެއާލްގެ ކެޕްޓަން، ކަރިމް ބެންޒެމާ އަލުން ޓީމާ ގުޅުމެވެ. އެކަމަކު، އެ ޓީމުގެ ކީޕަރު ތިބައު ކޯޓުއާ އާއި ލޫކަ މޮޑްރިޗް އަދި ލޫކަސް ވަޒްކޭޒް ޓީމުގައި ނެތެވެ.

އޮސަސޫނާ ކުޅުންތެރިއަކު ކައިރިން ރެއާލްގެ ވިނީޝިއުސް ބޯޅަ ހިފައިގެންދަނީ.

ރޭގެ މެޗުގައި ރެއާލުން ލީޑުނެގީ 42 ވަނަ މިނިޓްގައި ވިނީޝިއުސް ޖެހި ގޯލުންނެވެ. މިއީ އަރިމަތިން ވިނީޝިއުސް ނެގި ހުރަހެއް ގޯލުގެ ދުރު ކަނަށް އަމާޒުވެގެން ރެއާލުން ޖެހި ގޯލެކެވެ. ވިނީޝިއުސް ނެގި ބޯޅަ ޖަހަން ރެއާލްގެ އެންޓޯނިއޯ ރޫޑިގާ އެރި ނަމަވެސް އޭނާ ފައިގައި ނުޖެހި ބޯޅަ ވަނީ ގޯލަށެވެ. އެ ގޯލު ބަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ކަށަވަރުކުރުމަށް ފަހު އެވެ.

މި ގޯލު ޖެހުމުގެ ކުރިން ވިނީޝިއުސް ނެގި ހުރަހަކުން ބެންޒެމާ އެއް ފަހަރުން ފޮނުވާލި ވޮލީ ދިޔައީ ދަނޑިކައިރިން ބޭރުންނެވެ.

ދެ ވަަނަ ހާފްގެ ކުޅުން ފެށިގެން ފަސް މިނިޓް ތެރޭ އޮސަސޫނާ އިން އެއްވަރުކުރި އެވެ. މި ގޯލު ޖެހީ ކީކޭ ގާސިއާ އެވެ. މެޗުގެ 50 ވަނަ މިނިޓްގައި އުނާއީ ގާސިއާ ނެގި ހުރަހަކުން ކީކޭ ބޮލުން ޖެހި ބޯޅަ ގޯލަށް ވަނީ ރެއާލްގެ ކީޕަރު އަންޑްރީ ލުނިން އަތްމަތިން ގޮހެވެ.

ރެއާލަށް މެޗުގައި ދެ ވަނަ ފަހަރަށް ލީޑުނަގަން އެންމެ ރަނގަޅު ފުރުސަތެއް ލިބުނީ ބެންޒެމާ އަށެވެ. މެޗުގެ 80 ވަނަ މިނިޓްގައި ބެންޒެމާ ފޮނުވާލި ޕެނަލްޓީ ބޭރުވީ ހުރަސްދަނޑީގައި ޖެހިފަ އެވެ.

މިއީ ބެންޒެމާ އަށް އޮސަސޫނާގެ އޭރިއާތެރެއިން އެ ޓީމުގެ ޑޭވިޑް ގާސިއާ ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ވީއޭއާރް އިން ބަލާފައި ޕެނަލްޓީ ދިންއިރު، ރެފްރީ ވަނީ ގާސިއާ އަށް ރަތް ކާޑެއް ދައްކައިފަ އެވެ.

ރޭގެ މެޗުގެ ތެރެއިން ރެއާލްގެ ބެންޒެމާ ގޯލަށް ބޯޅަ ފޮނުވާލުމަށް ފަހު: ބެންޒެމާ އަތުން ޕެނަލްޓީއެއް ބޭކާރުވި މި މެޗުގައި އޭނާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ވެސް ނިންމާފައި.

އެއް ކުުޅުންތެރިއަކު މަދުކޮށް މެޗުގެ ފަހުކޮޅުގައި ކުޅުނު އޮސަސޫނާ ކޮޅަށް ރެއާލްގެ ބެންޒެމާ ޖެހި ގޯލެއް ވަނީ އޮފްސައިޑް ކަމަށް ނިންމައިފަ އެވެ. ވިނީޝިއުސް އުފައްދަން އުޅުނު އެޓޭކެއްގައި އޭރިއާތެރެއިން ލިބުނު ބޯޅައަކުން ބެންޒެމާ ޖެހި އެ ގޯލު އޮފްސައިޑް ކަމަށް ނިންމީ ވީއޭއާރް އިން ކަށަަވަރު ކުރުމަށް ފަހު އެވެ.

ބަދަލަކަށް ކުޅެން އެރި ރެއާލް ފޯވާޑް މަރިއާނޯ ޑިއާޒް ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ. އޭގެ ފަހުން، ބެންޒެމާ އަށް ބޮލުން ޖަހަން ލިބުނު ބޯޅަ ވެސް ގޯލާ ސީދާނުކޮށްނުލެވުނެވެ. އަދި އޭރިއާބޭރުން ވިނީޝިއުސް ތިރިތިރިން ޖެހި ބޯޅަ އޮސަސޫނާ ކީޕަރު ސާޖިއޯ ހެރޭރާ ވަނީ މަތަކޮށްފަ އެވެ.

އޮސަސޫނާ މޮޅުކޮށްދޭން ރަނގަޅު ހަމަލާއެއް އުފެއްދީ މިޑްފީލްޑަރު، މޮއީ ގޯމޭޒް އެވެ. އޭރިއާބޭރުން ގޯމޭޒް އެއް ފަހަރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ.

ރެއާލް އެންމެ ފަހުން އޮސަސޫނާއާ ދެކޮޅަށް ކުޅުނު 15 މެޗުން ވެސް ބަލިވެފައިނުވެ އެވެ. ރެއާލް އެންމެ ފަހުން އޮސަސޫނާ އަތްދަށުވީ 2011 ވަނަ އަހަރު ޖެނުއަރީ މަހު އެވެ. އޭގެ ފަހުން ކުޅުނު 15 މެޗުގެ ތެރެއިން 10 މެޗުން ރެއާލް މޮޅުވިއިރު، ފަސް މެޗު ނިމިފައިވަނީ އެއްވަރު ވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox