މުސާރަ މައްސަލައިގައި ޔޫވީ ދެ ކުޅުންތެރިއަކު ހަޅުތާލަކަށް

ގަލޮޅު ދަނޑުގައި މިލޯސް (ވ) އާއި އިވާން.

ގަލޮޅު ދަނޑުގައި މިލޯސް (ވ) އާއި އިވާން.

ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށް ކުޅުނު ސާބިއާގެ މިލޯސް ކޮވަސިޗް އާއި ބެލަރޫސްގެ އިވާން ވެރާސް އަށް އެ ކްލަބުން ދޭން ޖެހޭ މުސާރަ އާއި ފައިސާގެ އެހެނިހެން ކަންކަން ހަމަޖައްސައިނުދޭތީ ހަޅުތާލެއް ފަށައިފި އެވެ.

މިލޯސް ބުނީ ހަތަރު މަހުގެ މުސާރަ އާއި ކޮށްތު ފައިސާ ވެސް މިދިޔަ ދެ މަހެއްހާ ދުވަހު ހަމަޖައްސައިދީފައިނުވާތީ ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ހިންގަން ނިންމާފައިވާ ކަމަށެވެ.

"އަހަރެމެން ގޮތް ހުސްވެފައި މި ތިބީ، މިދިޔަ ހަތަރު މަހުގެ މުސާރައެއް ނުދޭ، އަބަދުވެސް ދެނީ ތާރީހެއް. ކްލަބުން ދެމުން އައި ކޮށްތު ފައިސާ ވެސް ނުލިބޭތާ ދެ މަހެއް މިވީ. އެހެންވެ، ދެން އެ ނޫން ގޮތެއް ނެތިގެން އަހަރެމެން މި ނިންމީ އަމިއްލަ ގައުމަށް ދެވެންދެން، ކްލަބުން ފައިސާ ހަމަޖައްސައިދެން ދެން، މި ހަޅުތާލު ކުރިއަށް ގެންދަން،" ކުރިން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ކުޅުނު މިލޯސް ބުންޏެވެ.

ގަލޮޅު ދަނޑުގެ ރޮސްޓްރަމްގައި މިއަދު މިލޯސް އާއި އިވާން ހަޅުތާލުކުރަން ހުރި ފޮޓޯއެއް އާންމުވިއިރު، އެފްއޭއެމުން ބުނީ އެ ކުޅުންތެރިންގެ ހާލަތު އޮޅުންފިލުވަން ދިޔައިރު، ކުޅުންތެރިން އެތަނުގައި ނެތް ކަމަށެވެ.

މިލޯސް އާއި އިވާން، އަންނަނީ ޔުނައިޓެޑް ވިކްޓަރީއާ އެކު އެ ކުޅުންތެރިންގެ މުސާރަ ކަންތައް ހަމަޖައްސަން މަޝްވަރާ ކުރަމުންނެވެ. ކްލަބުން އެންމެ ފަހުން ދީފައިވަނީ މި ހަފްތާ ތެރޭގައި އެ ކުޅުންތެރިންގެ މުސާރަ އާއި ގައުމަށް އެނބުރި ދާން ބޭނުންވާ ކަންކަން ހަމަޖައްސައިދޭން މަސައްކަތް ކުރާނެ ކަމަށް ބުނެފަ އެވެ.

މިލޯސް އާއި އިވާން އަށް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ކުޅުންތެރިންގެ ވިސާ ހަމަވެފައިވާއިރު، ފުރައިގެން ދާއިރު، އިތުރު ފައިސާ ވެސް ދައްކަން ޖެހިފައިވުމެވެ.

"އަދަދު" އަށް އެނގިފައިވާ ގޮތުގައި ރާއްޖޭގެ ފުރަތަމަ ޑިވިޝަނުގެ އަށް ކްލަބްގެ ތެރެއިން މާޒިޔާ ފިޔަވާ ބާކީ އޮތް ހަތް ކްލަބްގެ ވެސް މިދިޔަ ސީޒަނަށް ދޭން ޖެހޭ މުސާރައިގެ މައްސަލަތަކެއް އެބަހުއްޓެވެ. ކްލަބްތަކުން އަންނަނީ އެފްއޭއެމާ ވާހަކަ ދައްކައިގެން މުސާރަ ކަންތައް ހައްލުކުރަން މަސައްކަތް ކުރަމުންނެވެ.

އެފްއޭ ކަޕްގެ ފައިނަލަށް ފަހު، މީޑިއާ އަށް ދިން އިންޓަވިއުއެއްގައި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވީ މި އަހަރަކީ އެފްއޭއެމަށް ވެސް މާލީ ގޮތުން ގޮންޖެހުން ބޮޑު އަހަރެއް ކަމަށާއި އަންނަ ސީޒަނުގައި މިކަން ތަކުރާރުނުވާނެ ގޮތެއް ހެދުމަށް މަސައްކަތް ކުރާނެ ކަމަށެވެ.

މީގެ ކުރިން، 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން އެސްއޯއީގެ ތެރެއިން ކްލަބްތަކަށް ދެމުން އައި ތިން މިލިއަން ރުފިޔާ، މި ސަރުކާރު އައި ފަހުން ނުދެ އެވެ. އެހެންވެ، އެ ފައިސާ ހަމަޖައްސައިދޭން އެއްބަސްވީ އެފްއޭއެމް އަށް ލިބޭ ސްޕޮންސަޝިޕް ބަޖެޓެއްގެ ތެރެއިންނެވެ. މިއީ އެފްއޭއެމުން ކްލަބްތަކަށް މާލީ އެހީދޭން ފެށި ފަހުން ނިމުނު ދެ ވަނަ ސީޒަނެވެ.

އެކަަމަކު، ކްލަބްތަކަށް އެ ފައިސާ ބަރާބަރަށް ލިބުމުގައި ދަތިތަކެއް ހުރުމުން ކުޅުންތެރިންގެ މުސާރަ ހަމަޖައްސައިނުދެވެ އެވެ. އެހެންވެ، ކްލަބްތަކަށް ގެންނަ ބިދޭސީ ކުޅުންތެރިން ފީފާ އަށް މައްސަލަ ހުށަހަޅާ ނިސްބަތް ވެސް ވަނީ އިތުރުވެފަ އެވެ.

ކްލަބް ގްރީން ސްޓްރީޓްސް އަށް މިދިޔަ ސީޒަން ފެށުނުއިރު، ކުޅުނު ސްޕެއިންގެ މިޑްފީލްޑަރު އެންޖެލް މުނޯޒްގެ މުސާރަ ނުދޭތީ ފީފާ އިން ގްރީން ސްޓްރީޓްސް އަށް އޮތީ ފިޔަވަޅު އަޅައިފަ އެވެ. މިހާރު ހޮންޑިއުރަސްގެ ލީގުގައި ކުޅެމުން އަންނަ މުނޯޒް، އަށް ގްރީން ސްޓްރީޓްސް އިން ދޭން ޖެހޭ ފައިސާގެ އަދަދު 20،000 ޑޮލަރަށް އަރާކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މުނޯޒް އަށް ނުލިބި ހުރި މުސާރަ ހޯދަން ގްރީން ސްޓްރީޓްސް ގޮވައިގެން އޭނާ ފީފާ ޓްރިބިއުނަލް އަށް ދިއުމުން ނިންމީ ޖުލައި މަހުގެ 22 އިން ފެށިގެން 45 ދުވަސްތެރޭ ނުދީ ހުރި މުސާރަތައް ދޭނެ ގޮތެއް ކަނޑައެޅުމަށެވެ. އެ މުއްދަތުގައި އެކަން ކޮށްފައިނުވާތީ ފީފާ އިން ނިންމީ ކުރިއަށް އޮތް ތިން ޓްރާންސްފާ ޕީރިއަޑްގައި ގްރީން ސްޓްރީޓްސް އަށް އާ ކުޅުންތެރިއަކު ރަޖިސްޓްރީ ނުކުރެވޭ ގޮތަށް އަދަބު ދިނުމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox