ޔޫތު މިނިސްޓްރީގެ ޓްރަސްޓް ފަންޑަށް ފައިސާ ހޯދަން ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް ބޭނުންކުރާނެ

Sep 30, 2022, 6:05 AM
ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް: ޔޫތު މިނިސްޓްރީގެ ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް ބޭނުންކުރާނެ.-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް: ޔޫތު މިނިސްޓްރީގެ ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް ބޭނުންކުރާނެ.-- ފޮޓޯ: އަބްދުﷲ އިޔާން/އަދަދު

ޔޫތު މިނިސްޓްރީގެ ބެލުމުގެ ދަށުގައި ހުރި ކުޅިވަރު އިންފްރާސްޓްރަކްޗާތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް ގާއިމްކޮށްފައިވާ ޓްރަސްޓް ފަންޑްގެ ދަށުން ދޫކުރާ ތަންތަނުގެ ތެރެއިން ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް ވެސް ބޭނުންކުރަން ވަނީ ހިމަނައިފަ އެވެ.

އެ ގޮތުން ޔޫތު މިނިސްޓްރީން ވަނީ މި ވަގުތު ކުޅިވަރު މުބާރާތެއް ނެތް ކުޅިވަރު އެސޯސިއޭޝަންތަކުގެ މެމްބަރު ކްލަބްތަކަށް ދޫކޮށްފައިވާ ގަލޮޅު ދަނޑުގެ އެކޮމަޑޭޝަންގެ ކޮޓަރިތައް މި މަހުގެ ނިޔަލަށް ހުސްކުރަން އަންގައިފަ އެވެ.

ޔޫތު މިނިސްޓްރީން އެކޮމަޑޭޝަން ބްލޮކް ހުސްކުރަން އެންގީ އެ ވުޒާރާއިން ދާދި ފަހުން އެކުލަވާލި ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން އެކޮމަޑޭޝަން ބްލޮކް ބޭނުންކުރަން ނިންމާފައިވާތީ އެވެ.

ޔޫތު މިނިސްޓްރީން ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމަށް އެކުލަވާލި އުސޫލުތައް ވަނީ މިދިޔަ މަހު ގެޒެޓްކޮށްފަ އެވެ. އަދި އެނގިފައިވާ ގޮތުގައި އެ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ފަށަން ނިންމާފައިވަނީ އަންނަ މަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ޓްރަސްޓް ފަންޑަކީ މިނިސްޓްރީގެ ބިންތަކާއި އިމާރާތްތަކާއި ވަސީލަތްތަކާއި އަދި މިނިސްޓްރީން ފޯރުކޮށްދޭ ހިދުމަތްތައް އިތުރަށް ފުޅާކޮށް ތަރައްގީ ކުރުމަށްޓަކައި ކުރަންޖެހޭ އެކިއެކި ހަރަދުތައް ކުރުމަށް ފަސޭހަ ކުރުމަށްޓަކައި ގާއިމްކުރި ފަންޑެކެވެ.

ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް: މިއީ ގައުމީ އެސޯސިއޭޝަންތަކުން ކުޅުންތެރިންގެ އެކޮމަޑޭޝަން ހަމަޖައްސަން ބޭނުންކުރަމުން އަންނަ އިމާރާތެއް..-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މިދިޔަ އޮގަސްޓް މަހު ކުޅިވަރާ ބެހޭ މިނިސްޓްރީން ގެޒެޓްކުރި ޓްރަސްޓް ފަންޑްގެ އުސޫލުގައިވާގޮތުން ގަލޮޅު ދަނޑުގެ އެކޮމަޑޭޝަން ބްލޮކް ދޭނެ ގޮތްތަކެއް ވަނީ ބަޔާންކޮށްފަ އެވެ. އެ ގޮތުން، ގަލޮޅު އެކޮމަޑޭޝަން ބްލޮކް ގައުމީ މުބާރާތްތަކަށް ދޫކުރާނީ ހިލޭ އެވެ. ކްލަބް މެމްބަރުންގެ އަމިއްލަ މުބާރާތްތަކުގެ އެކޮމަޑޭޝަން ދޫކުރާނީ ދުވާލަކަށް، ކޮންމެ ކުޅުންތެރިއަކަށް 130 ރުފިޔާ އަށެވެ. އަދި އަމިއްލަ ފަރާތަކުން ހިންގާ ހަރަކާތެއްގެ އެކޮމަޑޭޝަން އަށް ކުޅުންތެރިއަކަށް، ދުވާލަކަށް 250 ރުފިޔާ އެވެ.

ޔޫތު މިނިސްޓްރީން އެފްއޭއެމަށް އަންގާފައިވަނީ މި މަހުގެ ނިޔަލަށް ފުޓްބޯޅަ ކްލަބްތަކުގެ ކުޅުންތެރިންނަށް ދޫކޮށްފައިވާ ރޫމުތައް ހުސްކުރުމަށެވެ. އެއީ މިހާރު ފުޓްބޯޅަ ސީޒަން ނިމިފައިވާތީ، މި ވަގުތު ރަސްމީ އެއްވެސް މުބާރާތެއް ކުރިއަށްނުދާތީ އެވެ.

މީގެ ކުރިން ވެސް އޮފް ސީޒަނުގައި ކުުޅުންތެރިން އޮކަމަޑޭޝަން ބްލޮކްގައި ތިބެ އެވެ. އެއީ ކްލަބް ކޮންޓްރެކްޓްގައި ހުންނާތީވެ، ފުޓްބޯލް އެސޯސިއޭޝަން މެދުވެރިކޮށް، އެ ކްލަބަށް ދީފައިވާ އެކޮމަޑޭޝަންގަ އެވެ. އެކަމަކު، ޓްރަސްޓް ފަންޑަށް އެކޮމަޑޭޝަން ބްލޮކް ބޭނުންކުރާތީ، މިހާރު އޮފް ސީޒަނުގައި ކުޅުންތެރިންނަށް ވަނީ އަމިއްލަ އަށް އެކޮމަޑޭޝަން ހަމަޖައްސަން ޖެހިފަ އެވެ.

ޓްރަސްޓް ފަންޑަށް ފައިސާ ހޯދުމުގެ ގޮތުން ދޫކުރާ ތަންތަނުގެ ތެރޭގައި ހެންވޭރު ދަނޑާއި ހެންވޭރު ބޯޅަގޭ ސެމިނާ ރޫމާއި ހުޅުމާލެ އާއި މާލޭ ކުޅިވަރު އެކުވެނި ޓްރެކް، ސޯޝަލް ސެންޓަރު އިންޑޯ ހޯލު، ސޯޝަލް ސެންޓަރު ސެމިނާ ރޫމު، ސޯޝަލް ސެންޓަރު ސްޓޭޖާއި އެހެނިހެން ސަހަރައްދު، ސޯޝަލް ސެންޓަރު އައިސްބާތު، ސޯޝަލް ސެންޓަރުގެ ޕާކިން ސަރަހައްދު، ހުޅުމާލެ ފުޓްބޯޅަ ދަނޑު، ހުޅުމާލެ ފުޓްސަލް ދަނޑު، ހުރާ ކޭމްޕް ސައިޓް އަދި މިނިސްޓްރީގެ ތަންތަނުގައި ކުށްޔަށްދޭ ކެފޭ ރެސްޓޯރަންޓާއި ފިހާރަ ފަދަ ތަންތަން ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox