ގަލޮޅު ދަނޑުގެ ލައިޓް މައްސަލަ، ހުރިހާ ތުރާލެއް ދެ ވަނަ ޑިވިޝަނަށް

ގަލޮޅު ދަނޑުގެ ލައިޓްތައް: މައްސަލަ ޖެހޭތީ އެތައް ފަހަރަކު ހަދަންޖެހިފައިވޭ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ގަލޮޅު ދަނޑުގެ ލައިޓްތައް: މައްސަލަ ޖެހޭތީ އެތައް ފަހަރަކު ހަދަންޖެހިފައިވޭ.--- ފޮޓޯ: އަދަދު ފައިލް ފޮޓޯ

ވެތުވެދިޔަ ހަތަރެއް ނޫނީ ފަސް ވަރަކަށް އަހަރަށް ބަލާއިރު، ރާއްޖޭގެ ފުޓްބޯޅަ ސީޒަނެއްގެ ކޮންމެ ވެސް ހިސާބަކުން ގަލޮޅު ފުޓްބޯޅަ ދަނޑުގެ ލައިޓްތަކުގެ މައްސަލަ ޖެހެ އެވެ. އެކަން ނުވާ ފަހަރެއް ނުދެ އެވެ. އެކަމަކު، އެކަން ހައްލުކޮށް، މެޗުތައް ކުޅެން އަލުން ފަށަނީ އެވެ.

އެހެން ނަމަވެސް، މިދިޔަ ދެތިން މަސް ތެރޭ، ގަަލޮޅު ދަނޑުގެ ލައިޓުތަކަށް ދިމާވި މައްސަލަތަކަށް ހައްލެއް ނުލިބި، އެކަމުގެ ހުރިހާ ބުރައެއް މިހާރު އުފުލަން ޖެހިފައި އޮތީ، ކުރިއަށް އޮތް ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ޓީމުތަކަށެވެ.

ތިން ފަހަރެއްގެ މަތިން ފަސްކުރުމަށް ފަހު، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ އަންނަ އަންގާރަ ދުވަހު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ފަށަން ނިންމައި، މިދިޔަ ބުރާސްފަތި ދުވަހު މުބާރާތުގެ ގުރުއަތުލުން ކުރިއަށްގެންގޮސްފަ އެވެ.

ގުރުއަތުލުން ބޭއްވުމަށް ފަހު، ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޝެޑިއުލް އާންމުކުރިއިރު، ހުރިހާ މެޗެއް ކުޅެން ނިންމާފައިވަނީ ހަވީރު 3:50 ގައި ފަށާ ގޮތަށެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ މެޗުތައް ހަވީރު ކުޅެން ނިންމި، ސަބަބަކީ، ރޭގަނޑު މެޗުތައް ކުޅެވޭ ވަރަށް ދަނޑުގެ ލައިޓްތަކުގެ އަލި ނެތުމެވެ. މެޗުތައް ފަށާފައި ލައިޓް ނިވިގެން ހުއްޓާލަން ޖެހިދާނެ ފަދަ ހާލަތެއް ކުރިމަތިވެދާނެތީ އެކަން ނުވާންް އެދޭތީ އެވެ. އެއީ މި ފަހުން، އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގައި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ބުރު ސްޕޯޓްސް ކްލަބް ކުޅުނު މެޗުގައި، ލައިޓް ނިވިގެން އެ ފަދަ ހާލަތެއް ކުރިމަތިވެފައިވާތީ އެވެ.

ގަލޮޅު ދަނޑުގެ ލައިޓްތަކުގެ ހާލަތު ރޭގަނޑު މެޗުތައް ކުޅޭ ވަރަށް ނެތުމާ އެކު، އޭއެފްސީ ކަޕްގައި މި ސީޒަނުގައި، މާޒިޔާ އިން ކުޅުނު ހޯމް ތިން މެޗު ވެސް ފެށީ 3 ޖެހިއިރު އެވެ. އަދި ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ގައުމީ ފުޓްބޯޅަ ޓީމުން ބަންގްލަދޭޝާ ކުޅުނު މެޗު ވެސް ކުޅެން ޖެހުނީ ހަމަ އެ ވަގުތުގަ އެވެ.

އެނގިފައިވާ ގޮތުގައި އެ މެޗުތައް ކުޅޭ ވަގުތަށް ބަދަލުގެންނަން ޖެހުނީ ވެސް ލައިޓްތަކުގެ މައްސަލަ ހައްލެއް ނުލިބި އޮތުމުން، އޭއެފްސީ އަށް އެކަން އަންގައިގެންނެވެ.

"މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮންނަތަނެއް ދަނޑަކީ، (ދަނޑުގެ ލައިޓް މައްސަލަ ޖެހުނީމަ ވެސް) އަޅުގަނޑުމެން ކުރަނީ ރިކުއެސްޓް، މިނިސްޓްރީ ބުނަނީ ބަލަމުން އަންނަ ކަމަށް އަދި ހައްލެއް ނުލިބޭ،" ދަނޑުގެ ލައިޓްތަކުގެ މައްސަލައިގައި ހައްލެއް ނުލިބި އޮތުމަށް އިޝާރާތްކޮށް، އެފްއޭއެމްގެ އޮފިޝަލަކު ބުންޏެވެ.

މިދިޔަ ސަރުކާރުގެ ފަހު ދުވަސްތަކުގައި ވެސް އަދި މި ސަރުކާރުން ވެސް މިހާތަނަށް ދެކެވުނު ވާހަކަތަކުގައި އަންނަނީ ދަނޑުގެ ލައިޓްތަކުގެ މައްސަލަ ހައްލުކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.

އެކަމަކު، އަދިވެސް ހައްލެއް ގެނެވިފައިނުވެ އެވެ. ކޮންމެ ވެސް ވަރެއްގެ މަސައްކަތްތަކެއް އެބަކުރެވެ އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ، ޖައުޝަން ޝަރީފް (ޖައު)، މިއަދު، "އަދަދު" އަށް ވިދާޅުވީ، މި ކަމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތަކީ މިނިސްޓްރީ ކަމަށެވެ.

މީގެ ކުރިން ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް، މާފަންނު ޓާފް ދަނޑުގައި ކުޅެފައިވެ އެވެ. އެކަމަކު، މިހާރު ޓާފް ދަނޑުގެ ހާލަތު އޮތްގޮތުން، ކްލަބްތަކުން ޕްރެކްޓިހަށް ވެސް އެތަން ބޭނުންކުރަނީ އެ ނޫން އިތުރު ގޮތެއް ނެތިގެންނެވެ.

ދެ ވަނަ ޑިވިޝަން ޓީމުތަކަށް ބޮޑު "ތަކުލީފެއް"

އެފްއޭއެމުން އެންމެ ފުރަތަމަ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތް ބާއްވަން ޝެޑިއުލްކުރި ތާރީހަށް ބަލައި، ބައެއް ޓީމުތަކުން، މިދިޔަ ޖޫން/ޖުލައި މަހު ޕްރެކްޓިސްތައް ފަށާފައިވަނީ ލަސްވެގެން މި މަހުގެ ނިޔަލަށް މުބާރާތް ނިމޭނެ ކަމަށް ކޮންޓްރެކްޓްތަކެއް ހަދައިގެންނެވެ.

އެކަމަކު، މުބާރާތް ތިން ފަހަރެއްގެ މަތިން ލަސްވެ، މުބާރާތް ފަށާނެ ތާރީހު އިއުލާނުކުރިއިރު، ނިމޭނެ ކަމަށް މިހާރު ބުނެފައިވާ ތާރީހަކީ ފެބްރުއަރީ 15 އެވެ. މާނަ އަކީ، ކްލަބްތަކަށް އަނެއްކާ ވެސް ކަނޑައެޅި ބަޖެޓުން ބޭރުން ހަރަދުކުރަން ޖެހި، މާލީ ގޮތުން އިތުރު ބުރައެއް އުފުލަން ޖެހުމެވެ.

ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ 15 ޓީމުގެ ތެރެއިން، މެޖޯރިޓީ ކްލަބްތަކުގެ އޮފިޝަލުން، ސްޕޯޓްސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)އާ އެކު، ދާދި ފަހުން ބައްދަލުކުރި އެވެ. އެ ބައްދަލުވުމުގައި ވެސް ފާހަގަކުރި އެއް ކަމަކީ މުބާރާތް ދިގުލައިދާ ކޮންމެ ހާލަތެއްގައި ވެސް، ޓީމުތަކަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަކީ މާލީ ގޮތުން ކުރިމަތިވާނެ ދަތިތައް ކަމަށެވެ.

ހަމައެކަނި ހަވީރު މެޗުތައް ކުޅޭ ގޮތަށް އޮތުމުން، މުބާރާތް ދިގުލައިދިއުމުގެ އިތުރުން ދެން ދިމާވާ މައްސަލަ އަކީ އެއް މެޗުން އަނެއް މެޗާ ދެމެދު ހޭދަވާ މުއްދަތު ވެސް ބޮޑުވުމެވެ. މި ކަމުގެ ހިތްހަމަނުޖެހުން ދެ ވަނަ ޑިވިޝަނުގެ ކޯޗުންނާއި އޮފިޝަލުންގެ މެދުގައި ބޮޑެވެ.

"މުބާރާތް އޮންނާނެ ކަމަށް ޕްރެކްޓިސް ކޮށްލަ ކޮށްލައި ތިބެން ފުރަތަމަ ޖެހުނީ، ދެން މުބާރާތުގެ ޝެޑިއުލް ނެރުމާ އެކު މި އެނގުނު ކަމަކީ އަނެއްކާ ވެސް މުބާރާތް ދިގުވެގެން ގޮސްފިކަން، އަނެއްކޮޅުން މި ޖެހުނީ އެއް މެޗުން އަނެއް މެޗަށް ވެސް ބްރޭކެއް ކަހަލަ ގޮތަކަށް ތިބެން،" ދެ ވަނަ ޑިވިޝަންގެ ކްލަބެއްގެ އޮފިޝަލަކު، "އަދަދު" އަށް ބުންޏެވެ.

މި ވަގުތަށް މި އޮތް އެންމެ ބޮޑު މައްސަލަ އަކީ ގިނަ ކްލަބްތަކުން ފާހަގަކުރާ ގޮތުގައި ރޭގަނޑު މެޗުތައް ކުޅެވެން ނެތުމެވެ. އެ އަށް ހައްލެއް އައިސްފިނަމަ މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކަށް އޭގެ ސަބަބުން ފައިދާތަކެއް ކުރާނެ އެވެ.

މި ފަަހަރުގެ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގައި ވާދަކުރާ ގިނަ ޓީމުތަކުގައި، ގަވާއިދުން ރާއްޖޭގައި ބޭއްވޭ ފުޓްސަލް މުބާރާތްތަކުގައި ކުޅޭ ކުޅުންތެރިން ގިނަ އެވެ. މުޅި ރާއްޖެ އަށް ހުޅުވާލައިގެން، އަހަރަކު އެއް ފަަހަރު ބާއްވާ ގޯލްޑަން ފުޓްސަލް ޗެލެންޖްގެ އަންނަ އަހަރުގެ މުބާރާތް ޝެޑިއުލްކޮށްފައި އޮތީ އަންނަ މަހުގެ 14 އަށެވެ.

ދެ ވަނަ ޑިވިޝަން ޓީމުތަކުގައި ހިމެނޭ ގިނަ ކުޅުންތެރިން، ގޯލްޑަން ފުޓްސަލް ޗެލެންޖްގައި ކުޅޭއިރު، މި ދެ މުބާރާތް އެކުއެކީގައި ކުރިއަށްދާ ހާލަތެއްގައި ކުޅުންތެރިންނަށް ލިބޭ ގެއްލުމަކީ ޓީމަށް ވެސް ލިބޭ ގެއްލުމެކެވެ. މި ފަދަ ގިނަ ސަބަބުތަކާ ހެދި، މިހާރު އޮތްގޮތުން، ތާރީހުގައި ވެސް އެންމެ ބޮޑު ހަރަދެއް ކޮށްގެން ދެ ވަނަ ޑިވިޝަނަށް ޓީމުތަކުން ތައްޔާރުވި އަހަރުގައި މި ޖެހުނީ އެތައް ތަކުލީފަކާ ކުރިމަތިލާށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox