ވިލާ ކޮލެޖުން މާލޭގައި ޗައިނީސް ލޭންގުއޭޖް ސެންޓަރެއް ހުޅުވައިފި

ވިލާ ކޮލެޖް: ވިލާ ކޮލެޖުން ފުރަތަމަ މާލޭގައި ޗައިނީސް ލޭންގުއޭޖް ކިޔަވައިދޭ ސެންޓަރެއް އެ ކޮލެޖުގައި ހުޅުވައިފި އަދަދު ފޮޓޯ/މުހައްމަދު ޝާބިން

ވިލާ ކޮލެޖް: ވިލާ ކޮލެޖުން ފުރަތަމަ މާލޭގައި ޗައިނީސް ލޭންގުއޭޖް ކިޔަވައިދޭ ސެންޓަރެއް އެ ކޮލެޖުގައި ހުޅުވައިފި އަދަދު ފޮޓޯ/މުހައްމަދު ޝާބިން

ޗައިނީސް އިންޓަނޭޝަނަލް އެޑިއުކޭޝަން ފައުންޑޭޝަނާއި (ސީއައިއީއެފް) ވިލާ ކޮލެޖު ގުޅިގެން ރާއްޖޭގައި ޗައިނީސް ލެންގުއޭޖް ލާނިން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

އެސެންޓަރު ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވަންގް ލީޖިން އެވެ. އެކަމަނާގެ އިތުރުން މިނިސްޓުރީ އޮފް ފޮރިން އެފެއާސްގެ ފޮރިން ސެކެޓުރީ އަހުމަދު ލަތީފު ވެސް މިރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗައިނާގެ ސަފީރު ވިދާޅުވީ ދިވެހިރާއްޖެއަކީ ޗައިނާ ފަތުރުވެރިންގެ މެދުގަައި މިއަދުވެސް އެންމެ މަގުބޫލު މަންޒިލު ކަމަށާއި މި ސެންޓަރުގެ ސަބަބުން ޗައިނާގެ ފަތުރުވެރިންނަށް ހިދުމަަތް ދިނުމަގަ ދިވެހީންނަށް ފަސޭހަތަކެއް ވެގެންދާނެ ކަމަށާއި އަދި އެކަމުގެ ސަބަބުން ޗައިނާ މީހުންގެ ސަގާފަތާއި ދިރިއުޅުމުގެ ވައްޓަފާޅިއާ ބެހޭ މައުލޫމާތު ދިވެހީންނަށް ލިބި ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމަށެވެ.

އޭގެ އިތުރުން އެކަމަނާ ވިދާޅުވީ ދިވެހިރާއްޖެއާއި ޗައިނާއަކީ ޒަމާނުއްސުރެ ވަރަށް ގާތް އަވައްޓެރި ދެގައުމު ކަމަށާއި ތައުލީމީ ރޮނގުން ވެސް ދެގައުމުގެ ދެމެދުގައި ވަރުގަދަ ގުޅުމެއް ގާއިމު ކުރެވިފައިވާ ކަމަށެވެ.

އެގޮތުން މިދިޔަ އަހަރު ބެއިޖިން ފޮރިން ސްޓަޑީސް ޔުނިވާސިޓީގައި ދިވެހި ކިޔަވައިދޭ ކޯހެއް ހިންގަން ފަށައިފި. އަޅުގަނޑަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެއީ ރާއްޖޭން ބޭރު ގައުމެއްގައި ދިވެހި ކިޔަވައިދޭން ފެށި ފުރަތަމަ ކޯސް.

އެ ސެންޓަރުގެ ސަބަބުން ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން އިތުރަށް ވަރުގަދަ ވެގެންދާނެ ކަން ފާހަގަ ކުރައްވަމުން ލީޖިން ވިދާޅުވި އެވެ.

ވިލާ ކޮލެޖުން ދެމުން ގެންދާ ތައުލީމުގެ ތެރެއަށް އިތުރުވެގެން ދިޔަ އެ ސެންޓަރުގައި ކޯސްތައް ހިންގަމުން ދާނީ ޗައިނާގެ ޗަންގް ހައި ޔުނިވާސިޓީއާއި ހުނާން މާސް މީޑިއާ ވޮކޭޝަނަލް އެންޑު ޓެކްނިކަލް ކޮލެޖާއި ވިލާ ކޮލެޖު ގުޅިގެންނެވެ.

އެ ސެންޓަރުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި އެއާޕޯޓާއި ރިސޯޓު ތަކުގަ ވަޒީފާ އަދާ ކުރާ މީހުންނަށް ހާއްސަ ޓޫރިޒަމް ޗައިނީސްް ކޯހާއި ޗައިނާ ބަހުން ތަފާތު ވިޔަފާރި މުއާމަލާތްތައް ކުރަން ދަސްކޮށްދޭ ކޯސްތަކުގެ އިތުރުން ޗައިނާ ބަހުގެ އާންމު ގަވާއިދާއި ބަހުގެ ހަމަތައް ދަސްކޮށްދޭ އީޒީ ޗައިނީސްގެ ކޯސްތައް ހިމެނެ އެވެ.

ރާއްޖޭގައި ޗައިނާ ބަސް ކިޔަވައިދިނުމަށް ހާއްސަ ސެންޓަރެއް ގާއިމު ކުރުމުގެ އެއްބަސްވުމުގައި ވިލާ ކޮލެޖާއި ސީއައިއެފްއާ ދެމެދު ސޮއި ކުރެވުނީ 2019 ވަނަ އަހަރު އެވެ.

"ވިލާ ކޮލެޖުގައި ޗައިނީސް ލޭންގުއޭޖް ސެންޓަރުގެ ހުޅުވުމުގެ އެއްބަސްވުމުގައި ސޮއި ކުރެވުނީ 2019 ވަނަ އަހަރު، މުޅި ދުނިޔެއަށް ކުރިމަތިވި ކޮވިޑްގެ ވަބާގެ ދެތިން މަހެއް ކުރިން. ނަމަވެސް މިސެންޓަރު ހުޅުވުން މިހާ ލަސްވެގެން މިދައީ ދަތުރުފަތުރު ކުރުމުގައި ހުރި ހުރަސްތަކާ ހުރެ މުޅި ދުނިޔެ ބަންދުވެފައި އޮތުމުން" ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިލާގެ ވައިސް ރެކްޓާ ޑރ. އަލީ ނަޖީބު ވިދާޅުވި އެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން އޭނާ ވިދާޅުވީ އެ ސެންޓަރުގެ ސަބަބުން ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.

ޗައިނާއަކީ ކޮވިޑުގެ ކުރިން ރާއްޖެއަށް އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމެވެ. 2019 ވަނަ އަހަރު އެކަނިވެސް ގައުމުން ރާއްޖެއަށް 267،875 ޓޫރިސްޓުން ޒިޔާރަތް ކޮށްފައިވެއެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox