ޓީއެފްޖީން ބާއްވާ "ދަ މޯލްޑިވްސް ލޯންގު ރަން 2022" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޓީއެފްޖީން ބާއްވާ "ދަ މޯލްޑިވްސް ލޯންގު ރަން 2022" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި

ޓޯޓަލް ފިޓްނެސް ގުރޫޕުން (ޓީއެފްޖީ) އިންތިޒާމު ކޮށްގެން ބާއްވާ "ދަ މޯލްޑިވްސް ލޯންގު ރަން 2022" ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

2013 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ އެ އިވެންޓު، އަށް އަހަރަށްފަހު އަލަށް މިފަހަރު ރީބުރޭންޑު ކޮށްފައިވާއިރު، އެ އިވެންޓު ކުރިއަށް ގެންދާނީ މިއަހަރުގެ ޑިސެމްބަރު މަހުގެ ނުވަވަނަ ދުވަހު ހުޅުމާލޭ ގައެވެ.

ދިގު ދުވުންތައް ދުވާ ދުވުންތެރިންނަށް މެރެތަން އާއި ހާފް މެރެތަން ހާއްސަ ކުރެވިފައި ވާއިރު 10 ކިލޯމީޓަރު ދުވުމާއި ފަސް ކިލޯމީޓަރު ދުވުމުގައި ޓީމެއްގެ ގޮތުގައި ނުވަތަ އާއިލާއެއްގެ ގޮތުގައި ވެސް ބައިވެރިވެވޭނެ އެވެ. މީގެ އިތުރުން އެކަނި ދުވަން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ވެސް އޮންނާނެ އެވެ.

ހަތަރު އިވެންޓަކަށް ބަހާލައިގެން ކުރިއަށް ގެންދާ މިއަހަރުގެ ލޯންގު ރަން ފެށުމަށް ހަމަޖެހިފައި ވަނީ ޑިސެމްބަރު ނުވަވަނަ ދުވަހުގެ ރޭ ދަންވަރު 12:20 ގައެވެ. ގާތްގަނޑަކަށް ހަތް ގަޑިއިރަށް ދިގުދެމިގެންދާ އެ އިވެންޓަކީ ރާއްޖޭގައި ބާއްވާ އެންމެ ދިގު ދުވުމެވެ.

ދުވުން ނިންމާ ރޮނގު ހުރަސްކުރާ ކޮންމެ ބައިވެރިއަކަށް މެޑަލް ލިބިގެންދާ ގޮތަށް 2013 ވަނަ އަހަރުން ފެށިގެން ދުވުމުގެ ތަފާތު އެކި އިވެންޓުތައް ވަނީ ޓީއެފްޖީން ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިއަހަރު ޑިސެމްބަރު މަހު ބޭއްވިގެންދާ "ދަ މޯލްޑިވްސް ލޯންގު ރަން 2022" އަކީ ޓީއެފްޖީން ބާއްވާ 31 ވަނަ ދުވުމުގެ ހަރަކާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ވިލާ ކޮލެޖުން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށްފި

ވިލާ ކޮލެޖުން ތައުލީމީ، އިންޖިނިއަރިން އަދި ސައިކޮލޮޖީ ދާއިރާއިން މުޅިން އާ ހަތަރު ޕްރޮގްރާމެއް ތައާރަފުކޮށް، އެ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަމަލީ ތަޖުރިބާއަށް އިސްކަންދީގެން ފަރުމާކޮށްފައިވާ މި ކޯސްތަކަށް އަންނަ އަހަރުގެ ޖަނަވަރީ އިންޓޭކަށް ކުރިމަތިލުމުގެ ސުންގަޑިއަކީ 26 ޑިސެމްބަރު 2024 އެވެ.

ރަންނަމާރި ޗެލެންޖަށް މީރު ބުއިންތަކަކާއި މަޖާ ހަރަކާތްތަކެއް

މި ނޮވެމްބަރު 5 އިން 7 އަށް މާލޭ ރާޅުގަނޑު ސަރަހައްދުގައި ބާއްވާ ރަންނަމާރި ޗެލެންޖުގެ ކޯ-ޕާޓްނަރެއްގެ ގޮތުގައި ޔޫރޯ ސްޓޯރުން ބައިވެރިވެ، ތަފާތު ކެއުންތަކާއި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ވަނީ ނިންމާފައެވެ. މިގޮތުން އެ ސަރަހައްދުގައި ބަހައްޓާ ކިއޮސްކުން ކޮފީ އާއި ޖެލާޓޯ ފަދަ ތަކެތި ލިބެން ހުންނައިރު، އިނާމު ލިބޭ ކުޅިވަރުތަކާއި ކުޑަކުދިންނަށް ޚާއްސަ ހަރަކާތްތައް ވެސް ކުރިއަށްދާނެއެވެ.

ގަންނަ ކޮންމެ ލެނޯވޯ ލެޕްޓޮޕަކާއެކު ހަދިޔާ ލިބޭ ޕްރޮމޯޝަނެއް

އަހަރު ނިމުމާ ދިމާކޮށް ސިމްޑީން ފެށި މި ޕްރޮމޯޝަންގައި، ޑިސެމްބަރު 31 ގެ ނިޔަލަށް ލެނޯވޯގެ އައު މޮޑެލްތަކުގެ ލެޕްޓޮޕް ގަންނަ ފަރާތްތަކަށް ހިލޭ ޕްރިންޓަރަކާއި ބެކްޕެކެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ މަގުސަދަކީ ކިޔަވާ ދަރިވަރުންނާއި މަސައްކަތްތެރިންނަށް އެންމެ ފަހުގެ އައި.އޭ ޓެކްނޮލޮޖީގެ ލެޕްޓޮޕްތައް ފަސޭހަކަމާއެކު ފޯރުކޮށްދިނުމެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

Newsletter

Get the latest news delivered straight to your inbox