ޒުވާން ގައުމީ ޓީމަށް ޕްރެކްޓިސް މެޗު ނުލިބުމަކީ ގޮންޖެހުމެއް: ކުޑަހީނާ

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ޓީމުގެ ކޯޗު ކުޑަހީނާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

17 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިހެއްގެ ތެރެއިން ޓީމުގެ ކޯޗު ކުޑަހީނާ.-- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ސަތާރަ އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމު ބޭނުންވާ ގޮތަށް ބައްޓަންކޮށް ކުރިއަރުވަން ބަލާއިރު، ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ ޕްރެކްޓިސް މެޗުތަކެއް ނުލިބުން ކަމަށް ޓީމުގެ ކޯޗު އިސްމާއިލް އާސިފް (ކުޑަހީނާ) ބުނެފި އެވެ.

ސައުދީ އަރަބިއްޔާގައި އަންނަ މަހުގެ 1-9 އަށް ކުރިއަށްދާ އޭއެފްސީ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިިފިކޭޝަންގައި ވާދަކުރުމަށް ފުރުމުގެ ކުރިން މިއަދު މެންދުރު މީޑިއާ އަށް ދިން އިންޓަވިއުގައި ކުޑަހީނާ ބުނީ ލިބުނު މުއްދަތާ ބަލާއިރު، ދާދި ފަހުން ނިމުނު 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގެ ތަޖުރިބާ އިން ވެސް ޓީމަށް ކުރިއެރުންތަކެއް ލިބުނު ކަމަށެވެ.

ޓީމުގައި ތިބި ކުޅުންތެރިންގެ ހުނަރާ މެދު ސުވާލެއް ނެތްކަން ފާހަގަކޮށް، ކުޑަހީނާ ބުނީ ގޮންޖެހުންތައް ހުރީ ދެން ހުރި ބައިބައި ފުރިހަމަ ކުރުމުގައި ކަމަށެވެ.

"ކުދިންގެ ސްކްލިސް (ހުނަރު) ރަނގަޅު، ދެން އަނެއްހެން ވަރަށް ބޮޑަށް މަސައްކަތް ކުރިން ޓެކްޓިކަލީ އޭތި ބަދަލުކޮށްލެވޭތޯ، އެކަމަކު، މި އުޅެނީ ގޭމް ސިޓުއޭޝަނުގައި ދިމާވާ މައްސަލަތަކެއް،" ކުޑަހީނާ ބުންޏެވެ.

"ކޮންމެ ގޮތެއް ވިޔަސް އަންޑަ 16 ޓީމެއް ތައްޔާރުކުރާއިރު ވަރަށް ގޮންޖެހުންތަކެއް ހުރޭ، އެއް ކަަމަކީ ޕްރެކްޓިސް މެޗު ކުޅެން ނުލިބޭ، މި އުމުރުފުރާގެ ކުޅުންތެރިންތަކެއް ހުރިހާ ތަނަކުން ގެނެސްގެން އެއް ކުރީމައެއް ދެން މެޗެއް ކުޅެން ނުލިބޭ، ދެން ފީފާ އޭއެފްސީގައި ވެސް ހުރޭ ގަވާއިދުތަކެއް، އުމުރުން ދޮށީ ކުޅުންތެރިންނާ އެކު މެޗު ކުޅުމަކީ ވެސް އެހާ ބުއްދިވެރިކަމަކަށް ނުވޭ، އެހެންވީމަ އެކަމުގެ ދަތިތަކެއް ހުންނާތީ ޓީމު ކުރިއަރުވަން އުނދަގޫވޭ،"

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން ފުރުމުގެ ކުރިން ޒުވާން ގައުމީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯއަކަށް ހުއްޓިލައިގެން.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ލަންކާގައި މި މަހު ކުރީކޮޅުގައި ބޭއްވި 17 އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ވަނީ ބަންގްލަދޭޝް އަތުން 5-0 އިން ބަލިވެފަ އެވެ. އަދި ލަންކާ އަތުން ބަލިވީ 1-0 އިންނެވެ.

ސައުދީ އަރަބިއްޔާގައި ކުޅޭ އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިން ގްރޫޕް ޑީގައި ރާއްޖޭން ކުޅެން ޖެހޭނީ ސައުދީ އަރަބިއްޔާ، އިންޑިއާ، މިޔަންމާ އަދި ކުވޭތާ އެެވެ.

ކުޑަހީނާ ބުނީ އޭޝިއަން ކަޕް ކޮލިފައިން އަށް ދިއުމުގެ ކުރިން ޓްރެއިނިން ކޭމްޕެއް ލިބުނުނަމަ ޓީމަށް އިތުރު ކުރިއެރުން ގެނެވޭނެ ގޮތްތަކެއް ހޯދޭނެ ކަމަށެވެ.

"މި ކަހަަލަ މުބާރާތަކަށްދާއިރު ވަރަށް މުހިންމު މެލޭޝިއާ ނޫނީ ސިންގަޕޫރު ކަހަލަ ގައުމަކަށް ޓްރެއިނިން ކޭމްޕް ގޮސްގެން ޕްރެކްޓިސް މެޗު ކުޅުން. އެއީ ޕްރެކްޓިސް މެޗު ކުޅެން ޖެހޭ ސަބަބަކީ މެޗު ފިޓްނަސް އާއި މެޗު އެކްސްޕީރިއަންސެއް ނުލިބޭނެ ނުކުޅިއެއް. ކިތަންމެ ވަރަކަށް ކުޅުންތެރިންގެ ހުނަރު ހުރިޔަސް ޓެކްޓިކަލީ އެ ބަދަލުކޮށްލަން ބޭނުންވަނީ މެޗު،" ކުޑަހީނާ ބުންޏެވެ.

ސާފް ޗެމްޕިއަންޝިޕްގައި ކުޅުނު 17 އަހަރުން ދަށުގެ ޓީމަށް ފަސް ބަދަލެއް ވަނީ ގެނެސްފަ އެވެ. އެއީ މުބާރާތުގެ ގަވާއިދުން ލިބޭ ފުރުސަތެއްގެ ބޭނުން ހިފައިގެންނެވެ.

17 އަހަރުން ދަށުގެ ޓީމު ފުރުމުގެ ކުރިން ކޯޗު ކުޑަހީނާ މީޑިއާ އަށް އިންޓަވިއު ދެނީ.-- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ސާފްގެ 17 އަހަރުން ދަށުގެ މުބާރާތުގައި ކުޅެވެނީ 2006 އާއި 2007 ވަނަ އަހަރު އުފަންވި ކުޅުންތެރިންނަށެވެ. އެކަމަކު، އޭއެފްސީން ގެންގުޅޭ އުމުރުފުރާ މުބާރާތްތަކުގައި ކުޅުންތެރިން ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން ލިބޭ އިތުރު ފުރުސަތަކީ 2008 ވަނަ އަހަރު އުފަންވި ކުޅުންތެރިން ވެސް ޓީމުގައި ހިމެނޭ ގޮތަށް އޮތުމެވެ.

އެހެންވެ، ކޮލިފިކޭޝަނަށް ދާން ނިންމީ އެ ފުރުސަތުގެ ބޭނުންހިފައި، ޓީމަށް ކުރިއެރުން ގެނެވޭނެ ކުޅުންތެރިންތަކެއް ހިމަަނައިގެންނެވެ.

"ޓީމު ތައްޔާރުކޮށްފައި މި އޮތީ ހަތަރު މެޗު ކުޅޭއިރު ރޮޓޭޓް ކުރެވޭ ސިސްޓަމަކަށް، ގިނަ ކުޅުންތެރިން ގިނަ މަގާމުތަކަކަށް ކުޅެވޭ ގޮތަށް ދަސްކޮށްދީފައި އެ ހުރީ. ކުރިން ލަންކާ އަށް ދިޔަ ޓީމުން ފަސް ކުޅުންތެރިން ޑްރޮޕްކޮށްފައި. އިތުރު ކުޅުންތެރިން މި ނެގީ،" ޓީމަށް އައި ބަދަލަށް އިޝާރާތްކޮށް ކުޑަހީނާ ބުންޏެވެ.

"ދެން މިހާރު ޓީމުގެ އެޓޭކް ލައިނަށް އިތުރު ހުނަރުވެރި ކުޅުންތެރިން ގެނެސްގެން މި މަސައްކަތްކުރަނީ، އެހެންވެ ޓީމުގެ ރޫހަށް ވެސް ބަދަލުތަކެއް އަންނާނެ،"

ސަތާރަ އަހަރުން ދަށުގެ ޓީމުން ކޮލިފިކޭޝަންގައި ކުޅޭ ފުރަތަމަ މެޗުގައި އަންނަ އާދިއްތަ ދުވަހު ނުކުންނާނީ ކުވޭތާ ދެކޮޅަށެވެ. އޭގެ އެއް ދުވަސް ފަހުން، ހޯމަ ދުވަހު، އިންޑިއާ ކުޅޭނެ އެވެ. ތިން ވަނަ މެޗުގައި ސައުދީ އަރަބިއްޔާއާ ކުޅޭނީ ބުދަ ދުވަހު އެެވެ. އެ އަށް ފަހު، ތިން ދުވަސް ފަހުން، ގްރޫޕްގެ ފަހު މެޗުގައި ރާއްޖޭން މިޔަންމާއާ ކުޅޭނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox