މުޒާހަރާއަށް ބެލުމެއް ނެތި އަބޭގެ ޖަނާޒާ ބާއްވައިފި

ޝިންޒޯ އަބޭގެ ހަށިގަނޑު އަންދާލުމަށް ފަހު އަޅިތައް ހިފައިގެން އަަނބިކަނބަލުން ޖަނާޒާއަށް ވަޑައިގަންނަވަނީ. -- ފޮޓޯ: އޭޕީ

ޝިންޒޯ އަބޭގެ ހަށިގަނޑު އަންދާލުމަށް ފަހު އަޅިތައް ހިފައިގެން އަަނބިކަނބަލުން ޖަނާޒާއަށް ވަޑައިގަންނަވަނީ. -- ފޮޓޯ: އޭޕީ

މިދިޔަ ޖުލައި މަހު އަވަހާރަކޮށްލި ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ހަނދާން އާކޮށް، ޖަޕާނާއި ބޭރުގެ އިއްޒަތްތެރިން ބައިވެރިވެ ރަސްމީ ޖަނާޒާ ބާއްވައިފި އެވެ.

އަބޭގެ ހަޑިގަނޑު އަންދާލުމަށް ފަހު އަޅިތައް ހިފައިގެން ޖަނާޒާއަށް މޮޓޯކޭޑުގައި ވަޑައިގެންނެވީ އަނބިކަނބަލުން އަކީ އެވެ. ޖަނާޒާ އޮތީ ޓޯކިޔޯގެ ބުޑޮކަން ފައްޅީގަ އެވެ.

ޖަނާޒާ ފެށުމުގެ ގޮތުން 19 ބަޑީގެ ސަލާމެއް އެރުވި އެވެ. ބުޑޮކަަންގެ ބޭރުގައި އެތައް ހާސް ސަޕޯޓަރުން ޖަމާވެފައި އޮތެވެ. އަދި ޖަނާޒާއާ ދެކޮޅު މީހުންގެ ކުދި މުޒާހަރާތަކެއް ވެސް އޮތެވެ.

ސަޕޯޓަރުން ކިޔު ހަދާފައި. -- ފޮޓޯ: އީޕީއޭ
ސަޕޯޓަރުން ކިޔު ހަދާފައި. -- ފޮޓޯ: އީޕީއޭ

ސަޕޯޓަރުން ކިޔު ހަދާފައި. -- ފޮޓޯ: އީޕީއޭ

އަބޭއަކީ އެންމެ ގިނަ ދުވަހު ޖަޕާނުގެ ބޮޑު ވަޒީރުކަން ކުރެއްވި ލީޑަރެވެ. އެމަނިކުފާނު އަވަހާރަކޮށްލީ ކެމްޕެއިން އެއްވުމެއްގެ ތެރެއިން މީހަކު ބަޑިން ދިން ހަމަލާއެއްގަ އެވެ.

އެމަނިކުފާނު އަވަހާރަވުމުން ގިނަ ބަޔަކު ހިތާމަ ފާޅުކުރި ނަމަވެސް، ދައުލަތުގެ ބަޖެޓުން ފައިސާތަކެއް ހަރަދުކޮށްގެން ރަސްމީ ޖަނާޒާ ބޭއްވުމަށް ގިނަ މީހުން ދެކޮޅެވެ.

ހިޔާލު ހޯދުމުގެ ވޯޓުތަކުން ދައްކާ ގޮތުގައި ޖަޕާނުގެ 60 ޕަސެންޓު މީހުން ޖަނާޒާ ބޭއްވުމާ ދެކޮޅެވެ. މިއީ ދެ ވަނަ ބޮޑު ހަނގުރާމައަށް ފަހު ޖަޕާނުގައި ރަސްމީ ޖަނާޒާއެއް ބޭއްވި ދެ ވަނަ ބޮޑު ވަޒީރެވެ.

އިދިކޮޅު ޕާޓީތަކުގެ ބައެއް ޕާލިމެންޓް މެމްބަރުން ވަނީ ޖަނާޒާ ބޮއިކޮޓްކޮށްފަ އެވެ. ބައެއް މީހުން ހިތްހަމަނުޖެހުނީ ޕާލިމެންޓުގެ ރުހުން ނުހޯދައި ބޮޑު ވަޒީރު ފުމިއޯ ކިޝީޑާ އަމިއްލަފުޅަށް ޖަނާޒާ ބާއްވަން ނިންމެވުމުންނެވެ.

ޖަނާޒާއާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: ގެޓީ
ޖަނާޒާއާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: ގެޓީ

ޖަނާޒާއާ ދެކޮޅަށް މުޒާހަރާ ކުރަނީ. -- ފޮޓޯ: ގެޓީ

އޭގެ އިތުރުން ޖަނާޒާއަށް ހޭދަވާ ފައިސާއާ މެދު ވެސް ބައެއް މީހުން ކަންބޮޑުވެ އެވެ. ބެލެވޭ ގޮތުގައި ޖުމްލަ 12 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.

ޖަނާޒާގަައި 4،300 މެހެމާނުން ބައިވެރިވި އިރު، އޭގެ ތެރޭގައި 700 ބޭރުގެ އިއްޒަތްތެރިން ހިމެނެ އެވެ. އެގޮތުން އެމެރިކާގެ ނައިބު ރައީސް ކަމަލާ ހެރިސް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ހިމެނެ އެވެ.

އަބޭގެ ވެރިކަމުގައި އެމެރިކާއާ ގުޅުން ބަދަހިކޮށް، ކުއޮޑް ގްރޫޕް ވަރުގަދަ ކުރި އެވެ. ކުއޮޑްގައި ހިމެނޭ ގައުމުތަކަކީ ޖަޕާން، އެމެރިކާ، އޮސްޓްރޭލިއާ އަދި އިންޑިއާ އެވެ.

ޖަޕާނު އެމްޕެރާ އަދި އެމަނިކުފާނުގެ އަނބިކަނބަލުން ޖަނާޒާގައި ބައިވެރިވެވަޑައިނުގަންނަވަ އެވެ. ނަމަވެސް ވަލީ އަހުދު އަމީރު އަކިޝީނޯ އާއި އެމަނިކުފާނުގެ ބައިވެރިވެވަޑައިގެންނެވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox