އަބޭގެ ޖަނާޒާއާ ދިމާކޮށް ޖަޕާނުގައި ސެކިއުރިޓީ ވަރުގަދަކޮށްފި

ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާ ބޭއްވުމާ ގިނަ ބަޔަކު ދެކޮޅު.

ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާ ބޭއްވުމާ ގިނަ ބަޔަކު ދެކޮޅު.

އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭގެ ރަސްމީ ޖަނާޒާއާ ދިމާކޮށް އެ ގައުމުގައި ސަލާމަތީ ކަންކަން ވަރުގަދަކޮށްފި އެވެ.

އަބޭ އަވަހާރަވީ މިދިޔަ ޖުލައި މަހު ކެމްޕެއިން އެއްވުމެއްގެ ތެރެއިން މީހަކު ކައިރިވެ ބަޑި ޖެހުމުންނެވެ. އެ އެއްވުމުގައި ސަލާމަަތީ ފިޔަވަޅުތައް ކުޑަަވުމުން އިދާރާތަކަށް އާއްމުންގެ ފާޑުކިޔުން އަމާޒުވި އެވެ.

ޓޯކިޔޯގެ ނިޕޯން ބުޑޮކާންގައި އޮންނަ ޖަނާޒާގައި ގިނަ ގައުމުތަކެއްގެ އިއްޒަތްތެރިން ބައިވެރިވެވަޑަައިގަންނަވާ އިރު، ސަލާމަތީ ކަންކަން ހަރުދަނާ ކުރުމަށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.

ޖަނާޒާ ފަށަނީ އަންގާރަ ދުވަހު ޖަޕާނު ގަޑިން މެންދުރު 02:00 (ރާއްޖެ ގަޑިން ހެނދުނު 10:00) ގަ އެވެ. ޖަނާޒާ އޮންނަ ސަރަހައްދުގެ ހުރިހާ މަގުތަކެއް ބަންދު ކުރާނެ އެވެ.

އޭގެ އިތުރުން ހޯމަ ދުވަހުން ފެށިގެން ބުދަ ދުވަހާ ހަމައަށް ޖަނާޒާ އޮންނަ ތަނުގެ މަތިން 25 ނޯޓިކަލް މޭލުގެ ވައިގެ ސަަރަހައްދެއް ބަންދުކުރާނެ އެވެ.

ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އެތައް ހާސް ފުލުހުން ހަަމަޖައްސާފައިވާ އިރު، ޖަޕާނުގެ އެހެން ހިސާބުތަކުން 2،500 ފުލުހުން ޓޯކިޔޯއަށް ގެނެސްފައިވާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އޮފިސަރުން ދަނީ ކުއްތާ ބޭނުންކޮށްގެން ޓެރަރިޒަމާ ދެކޮޅަށް ހިންގާ ޕެޓްރޯލްތައް އިތުރު ކުރަމުންނެވެ. އެގޮތުން ބޮޑެތި ރޭލު ސްޓޭޝަންތަކާއި ޓޯކިޔޯގެ ހަނޭޑާ އެއާޕޯޓަށް ހާއްސަ ސަމާލުކަމެއް ދީފައިވެ އެވެ.

އޭގެ އިތުރުން އެމްބަސީތައް ވަށައިގެންވާ ސަރަހައްދާއި ބޭރުގެ އިއްޒަތްތެރިން މަޑުކުރަން ހަމަޖެހިފައި ހޮޓެލްތަކުގެ ވަށައިގެންވާ ސަރަހައްދުގެ ސެކިއުރިޓީ ވެސް ވަނީ ވަރުގަދަކޮށްފަ އެވެ.

ޖަޕާނުގެ ނޫސްތަކުން ބުނާ ގޮތުގައި އެކި ގައުމުތަކުން 700 އިއްޒަތްތެރިން ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. އޭގެ ތެރޭގައި ގައުމުގެ ވެރިންގެ ގޮތުގައި50 ބޭފުޅުން ހިމެނެ އެވެ.

އެގޮތުން އެންމެ ފާހަގަކުރެވެނީ އެމެރިކާގެ ނައިބު ރައީސް ކަަމަލާ ހެރިސް، އޮސްޓްރޭލިއާގެ ބޮޑު ވަޒީރު އެންތަނީ އަލްބަނީޒް އަދި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ އެވެ.

ޖަޕާން ސިފައިންގެ 1000 މީހުން ވެސް ސެކިއުރިޓީ ބަލަހައްޓަން ނެރެން ހަމަޖެހިފައިވާ އިރު، ޖަނާޒާގައި 4،300 އަށް ވުރެ ގިނަ މެހެމާނުން ބަައިވެރިވާނެ އެވެ.

ޖަޕާނުގެ ސަރުކާރުން ރާވާފައި ވަނީ ޖަނާޒާއަށް 11.5 މިލިއަން ޑޮލަރު (1.65 ބިލިއަން ޔެން) ހޭދަކުރުމަށެވެ. އޭގެ ތެރެއިން 800 މިލިއަން ޔެން ހޭދަަކުރަަނީ ސެކިއުރިޓީއަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox