އިލާގެ 30 އަހަރުވީ ކާމިޔާބު ވިޔަފާރީގެ ސިއްރު؛ ފެނުނު ފުރުސަތުތަކަށް ލޯހުޅުވުން

އިލާގެ 30 އަހަރުވީ ކާމިޔާބު ވިޔަފާރީގެ ސިއްރު؛ ފެނުނު ފުރުސަތުތަކަށް ލޯހުޅުވުން

ވިޔަފާރިއެއް ފަށާ، އެ ވިޔަފާރިއެއް ކާމިޔާބު ކުރުމަކީ ފަސޭހަކަމެއް ނޫނެވެ. ހާއްސަކޮށް ރާއްޖެ ކަހަލަ އާބާދީ ކުޑަ، އިންސާނީ ވަސީލަތްތައް މަދު، ވިޔަފާރީގެ ފުރުސަތުތައް ވެސް މަދު ގައުމެއްގައި އަމުދުން ފަސޭހަ ކަމެއް ނޫނެވެ.

މީގެ 30 އަހަރު ކުރިން، 22 އޮގަސްޓު 1991 ގައި ވަރަށް އާދައިގެ ގޮތަކަށް ވިޔަފާރި ފެށި އިލާ މޯލްޑިވްސްގެ ތަޖުރިބާއަކީ ވެސް މިއީ އެވެ.

އިލާގެ ވިޔަފާރި ފެށުނު ގޮތް ކިޔައިދެއްވަމުން "އަދަދު" ނޫހަށް ދެއްވި އިންޓަވިއުއެއްގައި އެ ކުންފުނީގެ ބާނީ އަދި މެނޭޖިން ޑިރެކްޓަރު އަދުނާން މޫސާ ވިދާޅުވި ގޮތުގައި އިލާއިން އެންމެ ފުރަތަމަ ފައިވިއްދާލީ އޭރު ބާރު ދުވެލީގައި ފުޅާވަމުން އައި ޓޫރިޒަމް ސިނާއަތުގައި ހަރަކާތްތެރިވާ ރިސޯޓުތަކުގެ ކުނި މެނޭޖުކުރުމުގެ ހިދުމަތް ދިނުމަށެވެ.

"މައިގަނޑު ގޮތެއްގައި މަސައްކަތް ކުރަން ފެށީ އެކި ކަހަލަ ސޮލިޑް ވޭސްޓާއި ލިކުއިޑް ވޭސްޓު މެނޭޖުކުރުމާ، މި އެއްޗެހީގެ އެކި ޕްރޮޑަކްޓުތައް ރިސޯޓުތަކަށް ވިއްކާ، އެއެއްޗެހީގެ ސާވިސް ދިނުން"

މި ދާއިރާއަށް ނުކުންނަން ނިންމެވި ސަބަބު އޮޅުންފިލުވައިދެއްވަމުން އަދުނާން ވިދާޅުވީ އޭނާ މަތީ ތައުލީމު ހާސިލުކުރެއްވީ މި ދާއިރާއިން ކަމަށް ވެފައި އޭރު މިފަދަ ހިދުމަތްދޭ އެހެން ކުންފުނިތަކެއް ނުވެސް ހުންނަ ކަމަށެވެ. އެހެންކަމުން ކުނި މެނޭޖުކުރުމުގެ ހިދުމަތަށް ނުކުތުމަކީ އެންމެ ރަނގަޅު ގޮތް ކަމުގައި ނިންމަވައިގެން އެ މަސައްކަތް ފެއްޓެވީ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ވިޔަފާރި ފަށައިގެން އައިއިރު، ކުރިން ފާހަގަކުރި ސަބަބުތަކާ ހުރެ ގިނަ ގޮންޖެހުންތަކާ ކުރިމަތިވި އެވެ. އެންމެ ބޮޑު ދައްޗަކަށްވީ ބޭނުންވާ ޓެކްނިކަލް މީހުންނާއި ވަސީލަތްތައް ހޯދުމުގައި ދިމާވި އުނދަގޫތަކެވެ. ވިޔަފާރި މަރުކަޒުކުރި މާލެއާ ދުރު ރަށްތަކަށް ގޮސް އެ މަސައްކަތް ކުރަން ޖެހުމަކީ ވެސް ދިމާވި އުނދަގުލެކެވެ. މިހެން ލިސްޓުކުރަން ފަށައިފިނަމަ، އެއްފަހަރުން ލިޔެ ނުނިމޭހާ ގިނަ ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ.

ކަންކަން މިހެން ހުރި ނަމަވެސް އޭރު ވެސް އިލާއަށް އޮތް އެންމެ ބޮޑު ޔަގީންކަމަކީ، ގަދަ އަޒުމުގައި ކުރާ މަސައްކަތުން ނަތީޖާ ނެރެވޭނެ ކަމުގެ ޔަގީންކަމެވެ. އެހެންވެ ކުންފުނީގެ މަސައްކަތްތައް ބައްޓަން ކުރީ ވެސް އެގޮތަށެވެ. ކުންފުނީގައި އޭރު ތިބި މަދު މުވައްޒަފުންނަށް ވިސްނައިދިނީ ވެސް އެގޮތެވެ. އަދުނާން ވިދާޅުވި ގޮތުގައި މިއަދު ލިބިފައިވާ ހުރިހާ ކާމިޔާބީއަކީ އޭރު ކުރި އުންމީދުގެ ފޮނި މީރުކަން ހޯދަން ކުރި ބުރަ މަސައްކަތުގެ ނަތީޖާ އެވެ.

ފެށި މަސައްކަތުގެ ތެރެއިން ފެނުނީ އިތުރު ފުރުސަތު

ކުނި މެނޭޖުކުރުމުގެ ވިޔަފާރިން ފެށި ނަމަވެސް، އޭރު ވެސް ވެސް އިލާ މޯލްޑިވްސްގެ ވިސްނުމަކަށްވީ ވިޔަފާރި ފުޅާކުރަން އިތުރު މަސައްކަތްތަކެއް ކުރަން ޖެހޭ ކަމެވެ. ކަންދިމާކުރި ގޮތުން އެ ފުރުސަތުތައް ފެނުނީ ފުރަތަމަ ކުރަމުން ދިޔަ މަސައްކަތުގެ ތެރެއިން ރިސޯޓުތަކުންނެވެ.

އެގޮތުން އިލާއިން ދެން ފެށި މަސައްކަތަކީ ރިސޯޓުތަކުގައި ދުއްވާ ބަގީ ގެނެސްގެން، ބަގީ ފޯރުކޮށްދިނުމާއި ސާވިސްކޮށްދިނުމުގެ ވިޔަފާރި އެވެ. އެއަށް ފަހު ރިސޯޓުތަކަށް ބޭނުންވާ ކަރަންޓު އުފައްދާ ޖަނަރޭޓަރުތަކާއި ކަރަންޓު އުފައްދާ ނިޒާމަށް ބޭނުންވާ އެހެނިހެން ވަސީލަތްތަކުގެ ވިޔަފާރި އެވެ.

މިއަދު އިލާއަކީ މި ވިޔަފާރިތަކުގެ އިތުރުން ކަނޑުގައި ދުއްވާ އުޅަނދުފަހަރާއި ލުބްރިކަންޓާއި ހެވީ ވެހިކަލުގެ އިތުރުން މޮޅު ޓޫލްސްގެ ވިޔަފާރިކުރާ ބިޔަ، ކާމިޔާބު ކުންފުންޏެކެވެ. ވިއްކަނީ މުޅީންހެން ދުނިޔޭގެ އެންމެ ނަން މަޝްހޫރު ބްރޭންޑުތަކުގެ އުފެއްދުންތަކެވެ. މި ބްރޭންޑުތަކުގެ ތެރޭގައި އެމެރިކާގެ ކެޓަޕިލާ ކުންފުނީގެ "ކެޓް" ޖަނަރޭޓަރާއިން މެރިން އިންޖީނުތަކާއި، ފްރާންސުގެ "ޓޮޓާލް" ލުބްރިކަންޓާއި، ޗައިނާގެ "ސަނީ" ހެވީވެހިކަލްތަކާއި "ޓްރޯޖަން" ބެޓަރީ އަދި އެވިއޭޝަން އިންޑަސްޓްރީ ގެ އިތުބާރު ލިބިފައިވާ އެމެރިކާގެ "ސްނެޕް އޯން" ޓްލޫލްސް ހިމެނެ އެވެ.

އޭގެ އިތުރުން އެ ކުންފުނިން އަމިއްލަ މެޝީނަރީ އުފައްދައިގެން އޭގެ ވިޔަފާރި ވެސް ކުރެ އެވެ. އެގޮތުން އިލާގެ އެންމެ ފާހަގަކޮށްލެވޭ އެއް ޕްރޮޑަކްޓަކީ އެ ކުންފުނީގެ އަމިއްލަ އުފެއްދުމެއް ކަމުގައިވާ ބިއްލޫރި ފުޅި މުގުރާ މެޝިނެވެ.

މި މެޝިނަކީ ބޭރުން ހުރިހާ ބައިތަކެއް ގެނެސްގެން، ސްވީޑަންގެ ޑިސްޕަރޭޓާ ކުންފުނީގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން އިލާގެ ވާކްޝޮޕްތަކުގައި އުފައްދާ މެޝިނެކެވެ. ގަޑިއިރަކު 1200 ބިއްލޫރި ފުޅި މުގުރާލުމުގެ ގާބިލިއްޔަތު ލިބިފައިވާ މި ޕްރޮޑަކްޓަކީ ކޮލިޓީއަށް ބަލާއިރު އެ ކުންފުނިން ވިއްކާ ބޭރުގެ ކޮލިޓީ މޮޅު ޕްރޮޑަކްޓުތަކާ އެއް ފެންވަރުގައި ފައިހަމަކޮށްލެވޭ ވަރުގެ، ކަސްޓަމަރުންގެ އިތުބާރު ލިބިފައިވާ ޕްރޮޑަކްޓެކެވެ.

އިލާއިން ބުނި ގޮތުގައި މުސްތަގުބަލަށް އެ ކުންފުނިން ހިންގާ އެންމެ ބިޔަ ޕްރޮޖެކްޓަކީ، އިލާގެ އޮފީސް ހުންނަ ހުޅުމާލޭ އިންޑަސްޓްރިއަލް ސަރަހައްދުގައި ވެއާހައުސްއެއް އެޅުމެވެ. މިއީ އެކި ވިޔަފާރިތަކަށް މުދާ ރައްކާކުރަން ޔުނިޓުތައް ދޫކުރާ ގޮތަށް، 12000 އަކަފޫޓުގެ ބޮޑު ބިމެއްގައި އަޅާ ދަގަނޑު ވެއާހައުސްއެކެވެ. މިތަނުގެ މަސައްކަތް ނިމުމުން މުދާ ރައްކާކުރަން ބޭނުންވާ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox