އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓްތައް ބުކިންއަށް ހުޅުވާލައިފި އެވެ. މި އެޕާޓްމެންޓުތަކުގެ އަގުތައް ފެށެނީ 3.6 މިލިއަން ރުފިޔާއިންނެވެ.
ހުޅުމާލޭ ފޭސް 1 ގެ ފިތުރޯނު މަގުގައި ހަދާ މި ކޮންޑޮމީނިއަމްގެ އެންމެ ހާއްސަ އެއް ސިފައަކީ ހިތްގައިމު މާހައުލެވެ. ބެލްކަނިން ފެންނަ ކަނޑާއި އިރުގެ ރަން ދޯދިތަކާއި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖައްސާ ބޯޓުފަހަރާއި، ހުޅުމާލެ ފެރީ ޓާމިނަލަށް ވަދެ ނިކުމެވާ އުޅަނދުފަހަރުގެ މަންޒަރުތަކެވެ. ކޮންމެ ދުވަހަކުވެސް އިރުއޮއްސޭ ވަގުތުގެ ހިތްގައިމު މަންޒަރުތައް އެއްވެސް ހުރަހެއް ނެތި ފެންނާނެއެވެ.
ކުރިޔަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި އިމާރާތްކޮށް ނިންމުމަށް ކަނޑައަޅާފައިވާ އެސްޖޭ ދިހެރެޔާ ރެސިޑެންސްގައި މަތީ ފަންތީގެ ގިނަ ހިދުމަތްތަކެއް ހިމެނެ އެވެ. އޭގެ ތެރޭގައި އިންފިނިޓީ ޕޫލާއި، ހަވީރުގެ ފިނިވައި ލިބޭނެހެން ތައްޔާރުކޮށްފައިވާ އާންމު ޓެރަހެއް ހިމެނެ އެވެ. މީގެ އިތުރުން، ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ ޖިމަކާއި، ރައްކާތެރިކަމާއެކު ވެހިކަލް ޕާކު ކުރެވޭނެ ބޭސްމަންޓް ޕާކިންގެ އިތުރުން، ސައުވީސް ގަޑިއިރުގެ ސެކިއުރިޓީ އަދި ކޮންމެ ފްލޯއަކުން ކުނި އުކާލެވޭނެ ނިޒާމެއްވެސް މި އިމާރާތުގައި ހުންނާނެ އެވެ.








މި ރެސިޑެންސް ހުންނަ ސަރަހައްދަކީ ދިރިއުޅުމަށް ބޭނުންވާ ހުރިހާ މުހިންމު ހިދުމަތްތަކެއް ވަރަށް ކައިރިން ލިބޭނެ ތަނެކެވެ. މާލެއަށް ދަތުރުކުރާ ފެރީ ޓާމިނަލާއި، އެއާޕޯޓާއި، ސެންޓްރަލް ޕާކުގެ އިތުރުން ޓްރީ ޓޮޕް ހޮސްޕިޓަލް ވެސް ހުންނަނީ މި ސަރަހައްދާ ވަރަށް ކައިރީގަ އެވެ. އަދި ހުޅުމާލޭގެ ބީޗް ސަރަހައްދުގައި ހުންނަ ކެފޭތަކާއި، ސްކޫލްތަކާއި، ސުޕަމާކެޓްތަކުގެ އިތުރުން މިސްކިތްތައް ވެސް ހިނގާފައި ދެވޭހާ ކައިރީގައި ހުރެ އެވެ.
އެސްޖޭ ދިހެރެޔާ ރެސިޑެންސް ތަރައްގީކުރާ އެސްޖޭ ގްރޫޕަކީ 1996 ވަނަ އަހަރުން ފެށިގެން ރާއްޖޭގެ އިމާރާތްކުރުމުގެ ދާއިރާގައި އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފާހަގަކޮށްލެވޭ ބޮޑެތި މަޝްރޫއުތަކާއި އާންމު ދިރިއުޅުމަށް ހާއްސަ ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ކާމިޔާބުކަމާއެކު ނިންމާފަ އެވެ.



