އަބޭގެ ޖަނާޒާއާ ދެކޮޅަށް ޖަޕާން މީހަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފި

ޖަޕާން ފުލުހުން. -- ފޮޓޯ: ކިޔޯޑޯ

ޖަޕާން ފުލުހުން. -- ފޮޓޯ: ކިޔޯޑޯ

ޖަޕާނުގެ ކުރީގެ ބޮޑު ވަޒީރު ޝިންޒޯ އަބޭއަށް ދައުލަތުގެ ފަރާތުން ރަސްމީ ޖަނާޒާއެއް ބާއްވަން އުޅޭތީ ނުރުހުން ފާޅުކުރުމުގެ ގޮތުން މީހަކު އަމިއްލައަށް ގައިގައި ރޯކޮށްލައިފި އެވެ.

ޝިންޒޯ އަބޭ އަވަހާރަވީ މިދިޔަަ ޖުލައި މަހު މީހަކު ބަޑިން ހަމަލާ ދިނުމުންނެވެ. ސެޕްޓެމްބަރު 27 ގައި ރަސްމީ ޖަނާޒާ ބާއްވަން ތައްޔާރުވާ އިރު، އެތައް ސަތޭކަ ބޭރުގެ އިއްޒަތްތެރިން ބައިވެރިވާނެ އެވެ.

އެ ޖަނާޒާއާ ދެކޮޅަށް ބުދަ ދުވަހު ޓޯކިޔޯގައި ބޮޑު ވަޒީރުގެ އޮފީސް ކައިރީގައި މީހަކު އަމިއްލައަށް ގައިގައި ރޯކުރުމުން ފުލުހުންނަށް ރިޕޯޓު ކުރީ މަަންޒަރު ދުށް ފަރާތްތަކުންނެވެ.

ޖަޕާނުގެ ނޫސްތަކުން ބުނީ ފުލުހުން ގޮސް، އަލިފާންގަނޑު ނިއްވާލައި، ރޯކުރި މީހާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އޭނާގެ ހޭހުރި ކަމަށެވެ.

އޭނާއަށް ލިބުނު ޒަހަމްތަކުގެ ތަފްސީލާއި މިހާރުގެ ހާލަތު ސާފެއް ނޫނެވެ. ޖަޕާނުގެ ނޫސްތަކުން ބުނީ ބެލެވެނީ އެއީ އުމުރުން 70 އިން މަތީގެ މީހެއް ކަމަށެވެ.

އެ ހާދިސާއާ ގުޅިގެން ޖަޕާން ސަރުކާރުން އަދި ވަކި އެއްޗެއް ނުބުނެ އެވެ. އެހެން ނަމަވެސް އަބޭއަށް ދަައުލަތުގެ ހަރަދުގައި ރަސްމީ ޖަނާޒާ ބޭއްވުމާ ވަރަށް ގިނަ އާއްމުން ދެކޮޅެވެ.

އެގޮތުން އެ ޖަނާޒާއަަށް ދައުލަތުން ބޮޑު ހޭދަަތަކެއް ކުރަން ޖެހޭނެތީ އާއްމުން ހިތްހަމަނުޖެހެ އެވެ. ދައުލަތުގެ ފަރާތުން ޖަނާޒާ ބޭއްވުމަކީ ޖަޕާނުގައި އާއްމުކޮށް ކުރާ ކަމެއް ނޫނެވެ.

ރިޕޯޓުތައް ބުނާ ގޮތުން އަބޭގެ ޖަނާޒާއަށް ދަައުލަތުން 11.4 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވެ އެވެ. ޖަޕާނުގެ އެއް މައި އިދިކޮޅު ޕާޓީ ކޮންސްޓިޓިއުޝަނަލް ޑިމޮކްރެޓިކް ޕާޓީއިން ބުނީ ޖަނާޒާ ބޮއިކޮޓް ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox