ވިލާ ޓްރޭޑިންގެ ފަރާތުން ކުޑަކުދިންގެ ހަވީރެއް ބާއްވަނީ

ވިލާ މާޓުގެ ފިހާރައެއް: ކުޑަކުދިންގެ ހަވީރު ބާއްވާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި -- ފޮޓޯ: އަދަދު ފައިލް

ވިލާ މާޓުގެ ފިހާރައެއް: ކުޑަކުދިންގެ ހަވީރު ބާއްވާނީ އަންނަ ހުކުރު ދުވަހުގެ ހަވީރު އުސްފަސްގަނޑު ސަރަހައްދުގައި -- ފޮޓޯ: އަދަދު ފައިލް

ވިލާ މާޓުގެ ފިހާރަތަކުން ވިއްކާ ބައެއް އުފެއްދުންތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު ލިބިގެންދާ އިވެންޓެއް، ކުޑަކުދިންގެ ހަވީރަކާއެކު އަންނަ ހުކުރު ދުވަހު އުސްފަސްގަނޑުގައި ބާއްވަން ނިންމައިފި އެވެ.

އެ އިވެންޓުގައި އޮސްޓުރޭލިއާގެ މަޝްހޫރު ފެނާ ބްރޭންޑުގެ ތަފާތު ޖޫސްތަކާއި ވިލާ ޓްރޭޑިންގެ އަމިއްލަ އުފެއްދުމެއް ކަމަށްވާ ގާޑެންސް ބްރޭންޑުގެ މީރު ޖޭމުތަކުގެ ރަހަ ބަލާލުމުގެ ފުރުސަތު އާންމުންނަށް ލިބޭނެ އެވެ.

ގާޑެންސް ބްރޭންޑުގެ ޖޭމްތަކަކީ ޓޯސްޓުގައި ޖަހާލައިގެން ބޭނުން ކުރުމުގެ އިތުރުން ފަރާޓާ، ބޭގަލް އަދި ސަންޑޭ އައިސްކްރީމް ފަދަ ފިނި ބުއިންތައް އިތުރަށް ފުރިހަމަކޮށްލުމަށް ވެސް ކަމުދާ، ވިޓެމިން އާއި މިނެރަލް އޭގައި އެކުލެވޭ އޯގެނިކް އުފެއްދުންތަކެއް ކަމަށް އެ ކުންފުނިން ބުނެ އެވެ.

މީގެ އިތުރުން ފެނާ ބްރޭންޑުގެ ތަފާތު ބުއިންތަކަކީ އޭގައި ތާސީރު އެކުލެވޭ، ހަށިގަނޑަށް ފައިދާހުރި މާއްދާތައް އެކުލެވިފައިވާ ޔޫރަޕުގެ އިތުބާރު ލިބިފައިވާ މީރު ބުއިންތަކެއް ކަމަށް ވެސް ވިލާ ޓްރޭޑިންއިން ބުނެ އެވެ.

ކުޑަކުދިންނަށް ހާއްސަ ތަފާތު ކުޅިވަރުތަކާއެކު ކުރިއަށްގެންދާ އެ ހަވީރުގެ މައިގަނޑު ބޭނުމަކީ ވިލާގެ ފިހާރަތަކުން ވިއްކާ އުފެއްދުންތަކުގެ އަޖުމަ ބަލާލުމުގެ ފުރުސަތު ކަސްޓަމަރުންނަށް ފޯރުކޮށްދީ ވިލާ މާޓުގެ ފިހާރަތަކުން ވިއްކާ އުފެއްދުންތަކާމެދު ކަސްޓަމަރުންގެ ހިޔާލު ހޯދާ އިތުރަށް އެފިހާރަތުން ލިބޭ ހިދުދުމަތްތައް ފުރިހަމަ ކުރުން ކަމަށް ވިލާ ޓްރޭޑިންއިން ބުނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިރާގު ރޯޑް ރޭސްގައި 5،500 އަށްވުރެ ގިނަ ދުވުންތެރިން

ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2026 ގައި 5،500 އަށް ވުރެ ގިނަ ދުވުންތެރިން ރަޖިސްޓަރީވެފައިވާއިރު، މިއީ ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ދުވުމެވެ. 'ވޯލްޑް އެތުލެޓިކްސް ރޭންކިންގް ކޮމްޕެޓިޝަން' އެއްގެ ގޮތުގައި ބަލައިގެންފައިވާ މި ދުވުން އޮންނާނީ 20 ނޮވެމްބަރު 2026 ގައި ހުޅުމާލޭގައެވެ. ކުޑަކުދިންގެ ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމަށް ބާއްވާ މި ހަރަކާތުގައި ހާފް މެރަތަން އާއި އެކި ކިލޯމީޓަރުތަކުގެ ދުވުންތައް ހިމެނެއެވެ.

އެސްޖޭ ދިހެރެޔާ ރެސިޑެންސްގެ އެޕާޓްމަންޓް ބުކިންއަށް ހުޅުވާލައިފި

އެސްޖޭ ގްރޫޕުން ހުޅުމާލޭ ފޭސް 1 ގައި ތަރައްގީކުރާ 'އެސްޖޭ ދިހެރެޔާ ރެސިޑެންސް' ގެ އެޕާޓްމަންޓްތައް 3.6 މިލިއަން ރުފިޔާއިން ފެށޭ އަގުތަކެއްގައި ވިއްކަން ފަށައިފިއެވެ. ކުރިއަށް އޮތް ދެ އަހަރު ތެރޭ ނިންމުމަށް އަމާޒުކޮށްފައިވާ މި ކޮންޑޮމީނިއަމްގައި އިންފިނިޓީ ޕޫލާއި، ޖިމް އަދި ޕާކިން ފަދަ ޒަމާނީ ވަސީލަތްތައް ހިމެނޭއިރު، މިއީ ހުރިހާ ޚިދުމަތްތަކެއް ކައިރިން ލިބޭނެ ހިތްގައިމު ސަރަހައްދެއްގައި ބިނާކުރާ އިމާރާތެކެވެ.

މިފްކޯއަށް ގިނައިން މަސް ކިރުވާ ނަމަ ބޮޑު އަގެއް ދެނީ

މިފްކޯއިން މަސް ގަންނަ އަގުތަކަށް ބަދަލު ގެނެސް، ގިނައިން މަސް ކިރުވާ އުޅަނދުފަހަރަށް ބޮޑު އަގު ދޭން ނިންމައިފި. މި ބަދަލުގެ ދަށުން އަށް ޓަނަށް ވުރެ ގިނައިން މަސް ކިރުވާނަމަ ކިލޯއަކަށް 22.75ރ. ލިބޭނެ. މި ބަދަލަކީ ބާޒާރުގެ ޑިމާންޑާއި ސަޕްލައިއަށް ރިއާޔަތްކޮށް، ގެނައި ބަދަލެއް ކަމަށް މިފްކޯއިން ބުނޭ.

އެމްއައިބީ ގެސްޓްހައުސް އެވޯޑްސްއަށް ބާކީ ދެ ދުވަސް

އެމްއައިބީން އިންތިޒާމުކުރާ "ގެސްޓްހައުސް ސިމްޕޯސިއަމް" އާއި އަލަށް ތައާރަފްކުރާ "ގެސްޓްހައުސް އެވޯޑްސް" އޮންނާނީ ބުރާސްފަތި ދުވަހު. މި ސިމްޕޯސިއަމްގައި ގެސްޓްހައުސް ދާއިރާގެ މުސްތަގުބަލާ ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވޭނެ. އަދި، ގެސްޓްހައުސް އެވޯޑްސްގައި ގެސްޓްހައުސްތަކަށާއި ވަކިވަކި ފަރުދުންނަށާއި ރަށްރަށަށް އެވޯޑު އެރުވޭނެ.

ދުނިޔޭގެ އެންމެ ވަރުގަދަ ބޭންކުތަކުގެ ލިސްޓުގައި ބީއެމްއެލް

ފޯބްސް މެގަޒިންއިން ހޮވި ދުނިޔޭގެ އެންމެ ރަނގަޅަށް މަސައްކަތްކުރާ ބޭންކުތަކުގެ ލިސްޓުގައި، ބީއެމްއެލް ހިމެނުނީ 3 ބިލިއަނާއި 10 ބިލިއަން ޑޮލަރާ ދެމެދުގެ އެސެޓް ހުރި ބޭންކުތަކުގެ ކެޓަގަރީގެ 39 ވަނައިގައި. އެ ބޭންކުން މިދިޔަ އަހަރު ރެކޯޑު ފައިދާއެއް ނެރުނު. މި އަހަރު އެ ބޭންކުން މިސްރާބު ޖަހާފައި ހުރީ މިދިޔަ އަހަރުގެ ރެކޯޑު މުގުރާލަން.

ބީއެޗްއެމްއިން އޭބްލް ފާމް ކިރު ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި

ބީއެޗްއެމް ޓްރޭޑާސްއިން ސިއްހީ ގޮތުން ފައިދާހުރި، މަތީ ފަންތީގެ "އޭބްލް ފާމް" ބްރޭންޑުގެ ކިރު ރާއްޖޭގެ ބާޒާރަށް އަލަށް ތައާރަފްކޮށްފިއެވެ. މި ބްރޭންޑުގެ ފުލް ކްރީމް އަދި ލޯ ފެޓް ކިރުގެ އިތުރުން ކުޑަކުދިންނަށް ހާއްސަ ބާވަތްތައް މިހާރު ރާއްޖޭގެ ފިހާރަތަކުން ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ލިބެން ހުންނާނެއެވެ.

ގދ. ކޮޑެގަލާގައި ތަރައްގީކުރި ރިސޯޓު ހުޅުވައިފި

އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ ރިސޯޓު ވަނީ ހުޅުވާފައި. މިއީ އެ އަތޮޅުގައި ހުޅުވި ހަތަރުވަނަ ރިސޯޓު ކަމަށްވާއިރު، މި މަޝްރޫއުގެ ސަބަބުން އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ އިގްތިސާދަށް ފައިދާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނޭ.

Newsletter

Get the latest news delivered straight to your inbox