ތޫފާން ނަންމަޑޯލް: ނުވަ މިލިއަން މީހުން އިވެކުއޭޓް ކުރަން އަންގައިފި

ޖަޕާނުގެ ހުޅަނގު އައްސޭރިފަށަށް ބިޔަ ރާޅުތައް ދަނީ ބިންދަމުން. -- ފޮޓޯ: ރޮއިޓާޒް

ޖަޕާނުގެ ހުޅަނގު އައްސޭރިފަށަށް ބިޔަ ރާޅުތައް ދަނީ ބިންދަމުން. -- ފޮޓޯ: ރޮއިޓާޒް

ބާރުގަދަ ތޫފާން ނަންމަޑޯލްގެ ނުރައްކަލުން ސަލާމަތްވުމަށް ޖަޕާނުގައި ނުވަ މިލިއަން މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލު ވާން އަންގައިފި އެވެ.

ތޫފާނުގެ ސަބަބުން މިހާތަނަށް ދެ މީހުން މަރުވެ، 90 މީހުންނަށް ޒަހަމްވެފައިވެ އެވެ. އާދީއްތަ ދުވަހު ތޫފާން އެރީ އެންމެ ދެކުނުގައި އޮންނަ ކިޔޫޝޫ އަށެވެ. ކުރިއަށް އޮތް ދުވަސްތަކުގައި ޖަޕާނުގެ އެންމެ ބޮޑު ރަށް ހޮންޝޫއަށް ތޫފާން ފޯރާނެ ކަމަށް ބެލެވެ އެވެ.

އެތައް ހާސް ބަޔަކު ވަގުތީ ހިޔާތަކަށް ބަދަލުވެފައިވާ އިރު، 350،000 ގެއިން ކަރަންޓުން ކެނޑިފައިވެ އެވެ. ވިޔަފާރި އާއި ދަތުރުފަތުރަށް ބުރޫ އަރާފައިވާ އިރު، ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދާނެ ކަމަށް ދަނީ ތައްޔާރުވަމުންނެވެ.

ތޫފާން ނަންމަޑޯލްއާ އެކު ގަޑިއަކު 234 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެމުންދާ އިރު، ބައެއް ހިސާބުތަކަށް 24 ގަޑިއިރުގެ ތެރޭގައި 400 މިލިމީޓަރުގެ ވާރޭވެހިފައިވެ އެވެ.

ހޮންޝޫއަށް ތޫފާން ފޯރައި، ބުދަ ދުވަހުގެ ވަގުތެއްގައި ތޫފާނުގެ އަސަރު ކުޑަ ވާން ފަށާނެ ކަމަށް ބެލެވެ އެވެ. ވެރިރަށް ޓޯކިޔޯއަށް ވެސް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.

ޖަޕާނުން ނެރޭ އެންމެ މަތީ އިންޒާރު ފަސް ސަރަހައްދަކަށް ވަނީ ނެރިފަ އެވެ. ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިއީ ވަރަށް ބާރުގަދަ ތޫފާނެއް ކަމަށެވެ.

އެގޮތުން 2018 ގައި 14 މީހުން މަަރުވި ތޫފާން ޖޭބީ އާއި 2019 ގައި މުޅި ޖަޕާނުން ކަރަންޓު ކެނޑެން މަގުފަހިވި ތޫފާން ހަގިބިސްއަށް ވުރެ ވެސް މި ތޫފާން ބާރުގަދަ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox