ޖަޕާނަށް ތޫފާން ނަންމަޑޯލް އަރައިފި

ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރަން ފެށީ ކިޔޫޝޫ ރަަށަށް. -- ފޮޓޯ: ރޮއިޓާޒް

ތޫފާނުގެ އަސަރު އެންމެ ފުރަތަމަ ކުރަން ފެށީ ކިޔޫޝޫ ރަަށަށް. -- ފޮޓޯ: ރޮއިޓާޒް

ޖަޕާނަށް މިހާތަނަށް ކުރިމަތިވި އެންމެ ބާރުގަދަ އެއް ތޫފާނު ކަމަށް ބެލެވޭ ނަންމަޑޯލް އެ ގައުމުގެ އެންމެ ދެކުނުގައި އޮންނަ ކިޔޫޝޫ ރަށަށް އަރައިފި އެވެ.

ތޫފާން ނަންމަޑޯލްއާ އެކު ގަޑިއަކު 180 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހެމުންދާ އިރު، މިއަދާއި މިރޭ ބައެއް ހިސާބުތަަކަށް 500 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ބެލެވެ އެވެ.

ހަތަރު މިލިއަނަށް ވުރެ ގިނަ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން އަންގާފައިވެ އެވެ.

ބިންގަނޑު ކަނޑައިގެން ގޮސް ފެންބޮޑުވެދާނެކަމުގެ އިންޒާރު ދިނުމާ އެކު ރޭލާއި ފެރީ އަދި ފްލައިޓް ދަަތުރުތައް ވަނީ ކެންސަލްކޮށްފަ އެވެ.

އާދީއްތަ ދުވަހުގެ ހެނދުނު ތޫފާނު އެންމެ ފުރަތަމަ އެރީ ކިޔޫޝޫގައި އޮންނަ ކަގޮޝިމާ ސިޓީއަށެވެ. ކިޔޫޝޫއަކީ ޖަޕާނުގެ އެންމެ ދެކުނުގައި އޮންނަ ރަށެވެ. އެ ތަނުގައި 13 މިލިއަން މީހުން ދިރިއުޅެ އެވެ.

މޫސުމާ ބެހޭ އިދާރާއިން ބުނީ ބޯކޮށް ވާރޭވެހި އުދަ އެރުމުގެ އިތުރުން އިމާާރާތްތައް ވެއްޓުމުގެ ނުރައްކާ އޮންނަ މިންވަރަށް ވަައިޖެހޭނެ ކަމަށެވެ.

ތޫފާނުގެ މިސްރާބު މިހާރު ހުރީ ކިޔޫޝޫގެ އުތުރަށެވެ. ކުރިއަށް އޮތް ދުވަަސްތަކުގައި ޖަޕާނުގެ މެދުތެރެއިން ގޮސް، ޓޯކިޔޯއާ ހަމައަށް ތޫފާނު ފޯރާނެ ކަމަށް ބެލެވެ އެވެ.

ތޫފާނު އެރުމަށް ފަހު ވެސް އޭގެ ބާރު ދަށް ވާނެ ކަމަށް ނުބެލެވެ އެވެ. ޖަޕާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނީ މިއީ ވަރަށް ބާރުގަދަ ތޫފާނެއް ކަމަށެވެ.

އެގޮތުން 2018 ގައި 14 މީހުން މަަރުވި ތޫފާން ޖޭބީ އާއި 2019 ގައި މުޅި ޖަޕާނުން ކަރަންޓު ކެނޑެން މަގުފަހިވި ތޫފާން ހަގިބިސްއަށް ވުރެ ވެސް މި ތޫފާން ބާރުގަދަ ކަމަށް ބެލެވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންތިހާބުގައި އެމެރިކާ ރައްޔިތުން ބުނީ "ހަނގުރާމައަށް ނޫނެކޭ"

އެމެރިކާގެ އިންތިޚާބުގައި ރިޕަބްލިކަން ޕާޓީއަށް ލިބުނު ނާކާމިޔާބީއަކީ އެމެރިކާ ރައްޔިތުން ހަނގުރާމައަށް "ނޫނެކޭ" ބުނުން ކަމަށް އީރާނުން ސިފަކޮށްފިއެވެ. މި ނަތީޖާއަކީ ހަނގުރާމައާއި ތެލުގެ އަގު އުފުލުމާ ގުޅުންހުރި ކަމެއް ކަމަށް ޓްރަމްޕް އެއްބަސްވެވަޑައިގަންނަވާއިރު، އީރާނުން ވަނީ އެމެރިކާގެ ރައްޔިތުންގެ ނިންމުމާ ޚިލާފުވެއްޖެ ނަމަ ވަރުގަދަ ރައްދެއް ދޭނެ ކަމުގެ އިންޒާރު ދީފައެވެ.

އެމެރިކާގެ ތާރީހުގައި މުސްލިމަކު ފުރަތަމަ ފަހަރަށް ސެނެޓަށް

އެމެރިކާގެ މިޝިގަން ސްޓޭޓްގެ ސެނެޓް ގޮނޑި ކާމިޔާބު ކުރައްވައި، އަބްދުލް އަލް-ސައްޔިދު ވަނީ އެމެރިކާގެ ތާރީޚުގައި ސެނެޓަށް އިންތިޚާބުވި ފުރަތަމަ މުސްލިމް މެންބަރުގެ ޝަރަފު ހޯއްދަވާފައެވެ. އޭނާ މި ގޮނޑި ކާމިޔާބު ކުރެއްވީ އަމާޒުވި ބޮޑެތި ފާޑުކިޔުންތަކާއި ޕާޓީގެ އެތެރޭގެ ނުތަނަވަސްކަމާ އެކުވެސް، ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއާ ވާދަކުރައްވައި ކުރި ހޯއްދަވައިގެންނެވެ.

ސްޕެއިންގެ ޓްރާންސްޕޯޓް މިނިސްޓަރު އިސްތިއުފާ ދެއްވައިފި

ސްޕެއިންގެ އުރުދާ ކައިރީގައި ހިނގި ނުރައްކާތެރި ރޭލު އެކްސިޑެންޓުގައި 69 މީހުން މަރުވުމާ ގުޅިގެން، އެ ގައުމުގެ ޓްރާންސްޕޯޓް މިނިސްޓަރު އޮސްކާ ޕުއެންޓޭ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އޭނާ އިސްތިއުފާ ދެއްވީ އެއް އަހަރު ތެރޭގައި މިފަދަ ދެ ހާދިސާ ހިނގާފައިވާތީ، ސަލާމަތީ ކަންކަމާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުންތައް އަމާޒުވެފައި ވަނިކޮށެވެ.

ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަގައްޔަރުވެއްޖެ

ފިނި މޫސުމާ ދިމާކޮށް އިންޑިއާގެ ދިއްލީގެ ވައި ނުރައްކާތެރި މިންވަރަކަށް ތަޣައްޔަރުވުމާ ގުޅިގެން، އާންމުންގެ ސިއްހަތަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި ކަމާބެހޭ އިދާރާތަކުން ވަނީ ހާއްސަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. މި މައްސަލަ އިތުރަށް ގޯސްވަނީ ދަނޑުތައް އެންދުމާއި، އުޅަނދުފަހަރުގެ ދުމުގެ އިތުރުން ކުރިއަށް އޮތް ދިވާލީ ފެސްޓިވަލްގައި ބޭނުންކުރާ ހަވާއާއި ބައްތިތަކުގެ ސަބަބުންނެވެ.

ހައުސް އޮފް ރެޕްރެޒެންޓޭޓިވްސްގެ ރައީސަށް ވާނީ ކާކު؟

އެމެރިކާގެ ހައުސް އޮފް ރެޕްރެޒެންޓެޓިވްސްގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ހޯދުމާއެކު، އެ މަޖިލީހުގެ ރައީސްކަމަށް ހަކީމް ޖެފްރީސް އައުމުގެ ފުރުސަތު ބޮޑުވެ، އޭނާ ވެގެންދާނީ އެ މަގާމު ފުރައްވާ ފުރަތަމަ ކަޅު ނަސްލުގެ ބޭފުޅާއަށެވެ. މި މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު، ރައީސް ޓްރަމްޕްގެ ސަރުކާރުގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރުމުގެ ބާރު ޖެފްރީސްއަށް ލިބިވަޑައިގަންނަވާނެއެވެ.

އެމެރިކާގެ ކޮންގްރެސްގެ ބޮޑު މެޖޯރިޓީއެއް ޑިމޮކްރެޓުންނަށް

އެމެރިކާގެ ކޮންގްރެސްގެ ދެ މަޖިލީހުގެ އަޣުލަބިއްޔަތު ޑިމޮކްރެޓުން ކާމިޔާބުކޮށްފައިވަނީ، ރިޕަބްލިކަން ޕާޓީގެ ބާރުގަދަ ސްޓޭޓްތަކުން ވެސް ކުރިހޯދައިގެންނެވެ. މިއީ ރައީސް ޓްރަމްޕްގެ އިގުތިސާދީ ސިޔާސަތުތަކާއި އީރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު އުފުލުމާ ގުޅިގެން ރައްޔިތުން ފާޅުކުރި ނުރުހުމެއް ކަމަށް ބެލެވެއެވެ.

ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފި

އަޔޯވާ އާއި ޓެކްސަސް ފަދަ ރިޕަބްލިކަން ބާރުގަދަ ސްޓޭޓްތަކުން ހޯދި ހައިރާންކުރުވަނިވި ކާމިޔާބީތަކާއެކު، އެމެރިކާގެ ސެނެޓުގެ ފުރިހަމަ ކޮންޓްރޯލް ޑިމޮކްރެޓުން ކަށަވަރުކޮށްފިއެވެ. ބައެއް ގޮނޑިތައް ގެއްލުނު ނަމަވެސް، އިތުރު ހަ ގޮނޑި ކާމިޔާބުކޮށް ސެނެޓުގެ އަޣުލަބިއްޔަތު ދެމެހެއްޓުމަށް ބޭނުންވާ މިންވަރަށް އެ ޕާޓީއަށް ވަނީ ގޮނޑި ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox