އެސްޓީއޯ އިން ދޮންނަ މެޝިން ޕްރޮމޯޝަނެއް ފަށައިފި އެވެ.
"ދޮވެ ހިއްކާ" ނަމުގައި ފެށި އެ ޕްރޮމޯޝަނަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސްގައި ވިއްކާ ހިޓާޗީ ބްރޭންޑްގެ ދޮންނަ މެޝިނަށް ހާއްސަ ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިޔަށް ދަނީ މިއަދުން ފެށިގެން ނޮވެމްބަރު ފަސް ވަނަ ދުވަހާ ހަމައަށެވެ.
އެސްޓީއޯ އިން ބުނީ ޕްރޮމޯޝަންގައި ހިމެނޭ ހިޓާޗީ ބްރޭންޑްގެ ކޮންމެ މެޝިނަކުންވެސް 10 ޕަސެންޓުގެ ޑިސްކައުންޓް ލިބޭނެ ކަމަށެވެ. އަދި ޕާސިލް ބެރޭންޑްގެ ޑިޓާޖެންޓް ތިން ފުޅި ލިބޭނެ ކަމަށެވެ.

އެސްޓީއޯއިން ފެށި ދޮންނަ މެޝިން ޕްރޮމޯޝަން-- ފޮޓޯ: އެސްޓީއޯ
މީގެ އިތުރުން ހިޓާޗީ މެޝިނެއް ގަތުމުން ކޮންމެ 1000ރ. އަކަށް ކޫޕަނެއް ލިބޭނެ އެވެ.
- އެއްވަނަ: ހިޓާޗީ ފްރިޖެއް
- ދެވަނަ: 12000 ބީޓީޔޫގެ ހިޓާޗީ އެއާކޮންޑިޝަނާ އެއް
- ތިންވަނަ: ހިޓާޗީ ޝަވާ ހީޓާ އަ ކާއި 32 އިންޗީގެ ހިޓާޗީ ޓީވީއެއް
މީގެ އިތުރުން ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ހަތް ފަރާތަކަށް ހިޓާޗީ ވެކިއުމް ކްލީނާއެއް ލިބޭ ކަމަށް އެސްޓީއޯއިން ބުންޏެވެ.










