މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖު: ޒަޔާނާއި ނަބާގެ ޕެއާ ގަދަ 16 އަށް!

Sep 15, 2022, 8:24 AM
މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖު: ޒަޔާނާއި ނަބާގެ ޕެއާ ގަދަ 16 އަށް!

އިންޑިއާގެ ނާގްޕޫރުގައި މިހާރު ކުރިއަށްދާ މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖްގެ މިކްސް ޑަބަލްސް އިވެންޓްގައި ރާއްޖޭގެ ޒަޔާން ޒަކީ އާއި ފާތިމަތު ނަބާހާ (ނަބާ) ގެ ޕެއާ ގަދަ 16 އިން ފުރުސަތު ހޯދައިފި އެވެ.

މި މުބާރާތުގައި ފިރިހެން ކުޅުންތެރިން ރިވައިވަލް ސްޕޯޓްސް ކްލަބްގެ ފަރާތުން ވާދަކުރާއިރު، އަންހެން ކުޅުންތެރިން ވާދަކުރަނީ ގައުމީ ސްކޮޑުންނެވެ.

ރާއްޖޭގެ އެއް ވަނަ މިކްސް ޑަބަލްސް ޕެއާ ކަމަށްވާ ޒަޔާން އާއި ނަބާހާ ވަނީ މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖްގެ ފުރަތަމަ ބުރުގައި އިންޑިއާގެ އަނޫބަވް ސަކްސޭނާ އާއި އަނޫބާ ކޯޝިކްގެ ޕެއާ އަތުން އަތުން 2-0 އިން މޮޅުވެފަ އެވެ. ޒަޔާން އާއި ނަބާގެ ޕެއާ ސެޓުތައް ގެންދިޔައީ 24-22، 21-16 އިންނެވެ. ގަދަ 16 ބުރުގައި ނަބާ އާއި ޒަޔާން ކުޅޭނީ އިންޑިއާގެ ގައުސް ޝައިކް އާއި މަނީޝާގެ ޕެއާއާ ދެކޮޅަށެވެ.

ރާއްޖޭގެ ކުޅުންތެރިން ވަނީ މި މުބާރާތުގެ ފިރިހެން ސިންގަލްސް، އަންހެން ސިންގަލްސް އަދި ފިރިހެން ޑަބަލްސް އިވެންޓްގައި މިހާތަނަށް ވާދަކޮށްފަ އެވެ. ފިިރިހެން ސިންގަލްސްގެ ކޮލިފައިންގައި ވާދަކޮށް ރާއްޖޭގެ ހައިޝަމް އިބްރާހިމް އިންޑިއާގެ ރަޖަން ޔާދަވް އަތުން ބަލިވީ 21-04، 21-11 އިންނެވެ. އިންޑިއާގެ ހާޝް އަރޯރާ އަތުން ރާއްޖޭގެ އަހުމަދު ތޯއިފް ބަލިވީ 21-07، 21-10 އިންނެވެ. އިންޑިއާގެ އޮރިޖިތު ޗަލިހާ އަތުން ރާއްޖޭގެ ރިޝްވާން ޝިޔާމް ބަލިވީ 21-11، 21-13 އިންނެވެ. ފިރިހެން ސިންގަލްސް އޯޕަން ޑްރޯގައި ވާދަކޮށް ޒަޔާން ބަލިވީ އިންޑިއާގެ ދްރޫވް ކުމާރް އަތުން 21-07، 21-08 އިންނެވެ.

ފިރިހެން ޑަބަލްސް ކޮލިފައިންގައި ތޯއިފް އާއި ޒަޔާންގެ ޕެއާ ވަނީ ހަތް ވަނަ އަށް ސީޑްކޮށްފައިވާ އިންޑިއާގެ ސިދާތު ޖާކަރު އާއި ހިމާންޝޫ ސަރޯހާގެ ޕެއާ އަތުން 21-14، 21-13 އިން ބަލިވެފަ އެވެ. ރާއްޖޭގެ ރިޝްވާން އާއި ހައިޝަމްގެ ޕެއާ އަތުން އިންޑިއާގެ އަދިތުޔާ ދިވާކަރާއި ސަކެތު ރަމަގޫނީގެ ޕެއާ މޮޅުވީ 21-08، 21-09 އިންނެވެ.

އަންހެން ސިންގަލްސް މެއިން ޑްރޯގައި އައިމިނަތު ނަބީހާގެ މައްޗަށް އިންޑިއާގެ ރުޗާ ސާވަންތު ކުރިހޯދީ 21-07، 21-12 އިންނެވެ. ނަބާ އަތުން އިންޑިއާގެ ކަނިކާ ކަންވާލް މޮޅުވީ 21-12، 21-08 އިންނެވެ. އަންހެން ޑަބަލްސްގައި މިއަދު ނަބާ އާއި ނަބީގެ ޕެއާ ކުޅޭނީ އޯޕަން ޑްރޯގަ އެވެ. ފުރަތަމަ މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ މެގާ މޯޗާނާ ބޯރާ އާއި ޔަޝިކާ ޖާކަރުގެ ޕެއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox