ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އައްޑޫ އަތޮޅަށް ވަޑައިގަތުމުން އެމަނިކުފާނަށް ހޫނު މަރުހަބާއެެއް ކިޔައިފި އެވެެެ.
ރައީސް ނަޝީދު އައްޑޫއަށް ވަޑައިގަތީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން ގައުމީ ޔުނިވާސިޓީގެ ހިތަދޫ ކެމްޕަހުގައި މިރޭ ބާއްވަން ހަމަޖެހިފައިވާ "ފޯސޭކަން ފިއުޗާސް - ޖަސްޓިސް އަންޑަވޯޓާ" ޕަބްލިކް ސެމިނާގައި ބައިވެރިވެވަޑައިގަންނަވާށެވެ. މި ސެމިނާއަކީ ޕްރޮޖެކްޓް ސިންޑިކޭޓް ކިޔާ ބައިނަލްއަގުވާމީ މީޑިއާއަކުން އެމްއެންޔޫއާ ގުޅިގެެން ބާއްވާ ސެމިނާއެކެވެ.
ނަޝީދު އައްޑޫއަށް ވަޑައިގަތުމުން އެމަނިކުފާނުގެ އިސްތިގުބާލުގައި އައްޑޫ ސިޓީ މޭޔަރު އަލީ ނިޒާރާއި ކައުންސިލުގެ މިހާރުގެ މެެމްބަރުންނާއި ކުރީގެ މޭޔަރު ވެސް ހުންނެވި އެވެ. އަދި އެ އަތޮޅުގައި ދިރިއުޅޭ އެމްޑީޕީއަށް ތާއީދުކުރާ ގިނަ ބަޔަކު ވެސް ތިއްބެެވެެ.
އައްޑޫގައި ކުރިޔަށްދާ ސެމިނާގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ ޕެނަލިސްޓެއްގެ ގޮތުގަ އެވެ. އެގޮތުން މިރޭ އޮންނަ އެ ސެމިނާގެ ދެވަނަ ޕެނަލް ޑިސްކަޝަންގެ ޕެނަލިސްޓެެއްގެ ގޮތުގައި އެެމަނިކުފާނު ހުންނަވާނެެ އެެވެެ.














