މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖުގައި ވާދަކުރަން ރިވައިވަލް ޓީމު އިންޑިއާ އަށް

Sep 12, 2022, 8:17 AM
މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކުރާ ރިވައިވަލް ސްޕޯޓްސް ޓީމުގެ ސްކޮޑު: (ކ.ވ) ޒަޔާން، ރިޝްވާން، ތޯއިފް، ހައިޝަމް އަދި ކޯޗު ނަޝްފާން.-- ފޮޓޯ: އަދަދު

މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖްގައި ވާދަކުރާ ރިވައިވަލް ސްޕޯޓްސް ޓީމުގެ ސްކޮޑު: (ކ.ވ) ޒަޔާން، ރިޝްވާން، ތޯއިފް، ހައިޝަމް އަދި ކޯޗު ނަޝްފާން.-- ފޮޓޯ: އަދަދު

އިންޑިއާގެ މުމްބާއީގައި ބާއްވާ މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖު ބެޑްމިންޓަން މުބާރާތުގައި ވާދަކުރުމަށް ރާއްޖޭގެ ރިވައިވަލް ސްޕޯޓްސްގެ ޓީމެއް އިންޑިއާ އަށް ހިނގައްޖެ އެވެ.

މި މަހުގެ 13-18 އަށް މުމްބާއީގައި އޮންނަ މި މުބާރާތުގައި ދުނިޔޭގެ 12 ގައުމަކުން 560 ކުޅުންތެރިން ވާދަކުރާނެ އެވެ. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ދެން ވާދަކުރަނީ އިންޑިއާ، ޖަޕާން، މެލޭޝިއާ، އުގެންޑާ، ޒެމްބިއާ، ޒިމްބާބްވޭ، އެމެރިކާ، ކެނެޑާ، ތައިލެންޑް، ޔޫއޭއީ އަދި ލަންކާގެ ކުޅުންތެރިންނެވެ. އިންޑިއާ އިން އެކަނިވެސް 350 ކުޅުންތެރިން މި މުބާރާތުގައި ވާދަކުރާނެ އެވެ.

ރާއްޖެއިން ވާދަކުރާ ރިވައިވަލް ސްޕޯޓްސް ކުލަބުގައި ހިމެނެނީ ކުލަބުގެ އަހުމަދު ތޯއިފް މުހައްމަދު، ޒަޔާން ޝަހީދު ޒަކީ، ރިޝްވާން ޝިޔާމް އަދި ހައިޝަމް އިބްރާހިމް އެވެ. މި ޓީމާ އެކު ކޯޗެއްގެ ގޮތުގައި ބައިވެރިވާނީ ކުލަބުގެ ހެޑް ކޯޗު ނަޝްފާން މުހައްމަދު އެވެ.

ގައުމީ ޓީމުގެ އައިމިނަތު ނަބީހާ (ނަބީ) އާއި ފާތިމަތު ނަބާހާ (ނަބާ) ވެސް މި ފަހަރުގެ މަހަރާޝްތުރާ ޗެލެންޖްގައި ވާދަކުރެ އެވެ.

2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ފަހު ނަބާ އާއި ނަބީ މެޑަލްތައް ދައްކާލަނީ

މި މުބާރާތުގައި ވާދަކުރާ ކުޅުންތެރިންގެ ތެރެއިން ތޯއިފް އަކީ ރާއްޖޭގެ ގައުމީ ޗެމްޕިއަނެވެ. ދާދި ފަހުން ރިވައިވަލް އިން ވަނީ ތޯއިފް އަށް އެއް އަހަރު ދުވަހުގެ ޓްރެއިނިން ސްކޮލާޝިޕެއް ދީފަ އެވެ. މި ސްކޮލާޝިޕްގެ ދަށުން އިންޑިއާގެ ހައިޕާފޯމަންސް ޓްރެއިނިން ސެންޓަރެއްގައި ތޯއިފް ތަމްރީން ހަދާނެ އެވެ. އޭނާ ތަމްރީންތަކާ ގުޅޭނީ މަހަރާޝްތްރާ އިންޓަނޭޝަނަލް ޗެލެންޖަށް ފަހު ގަ އެވެ.

ޗެލެންޖުގައި ވާދަކުރާ އެހެން ކުޅުންތެރިންނަށް ބަލާއިރު ޒަޔާން އާއި ރިޝްވާން އަކީ މީގެ މަހެއްހާ ދުވަސްކުރިން ނިމުނު ކޮމަންވެލްތު ގޭމްސްގައި ވާދަކުރި ދެ ކުޅުންތެރިންނެވެ. އެ މުބާރާތުގައި ދެ ކުޅުންތެރިންވެސް ރަނގަޅު ކުޅުމެއް ދެއްކި އެވެ.

ހައިޝަމް އަކީ ރިވައިވަލްގެ ޒުވާން ކުޅުންތެރިންގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަ ތަރި އެވެ. އޭނާ އަށް ބައިނަލްއަގްވާމީ މުބާރާތްތަކުން ގިނަ ފުރުސަތުތައް ހޯދައިދިނުމަށް ކުލަބުން އަންނަނީ މަސައްކަތްކުރަމުންނެވެ. ތަމްރީންތަކުގައިވެސް އޭނާގެ ފަރާތުން ރަނގަޅު ކުރިއެރުމެއް ފެންނަކަން ފާހަގަކޮށްލެވެ އެވެ.

މަހަރާޝްތުރާ އިންޓަނޭޝަނަލް ޗެލެންޖުގައި ދުނިޔޭގެ ނިސްބަތުން ވަރުގަދަ ކުޅުންތެރިން ވާދަކުރާނެ އެވެ. އޭގެ ތެރެއިން ދުނިޔޭގެ ރޭންކިންގެ ގަދަ 100 ގައި ހިމެނޭ ކުޅުންތެރިންވެސް ވާދަކުރާނެ އެވެ. ފަސް އިވެންޓެއް މި މުބާރާތުގައި ކުރިއަށްދާއިރު، އިނާމް ފައިސާގެ ގޮތުގައި 15 ހާސް ޑޮލަރުގެ ފައިސާގެ އިނާމެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.

މަހަރާޝްތުރަ ޗެލެންޖްގެ ކޮލިފައިންގައި ބައެއް ކުޅުންތެރިން ވާދަކުރާއިރު، ޒަޔާން އާއި ނަބާހާ އަދި ނަބީހާ އަށް ވަނީ ސިންގަލްސްގެ މެއިން ޑްރޯ އިން ފުރުސަތު ލިބިފަ އެވެ. އަދި ނަބާ އާއި ނަބީގެ ޕެއާ އިން އަންހެން ޑަބަލްސްގައި ވާދަކުރާނީ މެއިން ޑްރޯގަ އެވެ. މިދިޔަ މަހު ނަބާ އާއި ނަބީގެ ޕެއާ އިން ވަނީ ޖަޕާންގެ ޓޯކިޔޯގައި ކުރިއަށްދިޔަ ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް ވާދަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދިއްދޫ ކައިރިން އީގަލްސް އަށް ލިބުނީ ޕޮއިންޓެއް

ދިވެހި ޕްރިމިއާ ލީގުގައި ދިއްދޫއާ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ތާވަލުގެ އެއްވަނައަށް އެރުމަށް ލިބުނު ފުރުސަތު އީގަލްސް އަށް ވަނީ ގެއްލިފައި. މި ނަތީޖާއާއެކު އީގަލްސް ތާވަލުގެ ދެވަނައިގައި އޮތީ އެއްވަނައިގައިވާ ވިކްޓަރީއާ އެއް އަދަދަކަށް ޕޮއިންޓް ލިބި، ލަނޑުގެ ތަފާތުން ފަހަތަށް ޖެހިގެން

ފީފާގެ ރައީސަކަށް ޔުއެފާގެ ކެންޑިޑޭޓަކީ ވެންގާ؟

ފީފާގެ މިހާރުގެ ރައީސް ޖިއާނީ އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އިން ނެރޭ ކެންޑިޑޭޓަކީ މަޝްހޫރު ކޯޗު އާސެން ވެންގާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި. އަންނަ އަހަރު ބާއްވާ އިންތިހާބަށް ވެންގާ ނެރުމާ ގުޅޭގޮތުން ޔުއެފާގެ އިސް އޮފިޝަލުން މަޝްވަރާ ކުރަމުންދާއިރު، އިންފަންޓީނޯ ވަނީ ހަތަރު ވަނަ ދައުރަކަށް ކުރިމަތިލައްވާނެކަން އިއުލާނުކުރައްވާފައި

ފީފާ ކައުންސިލް ބައްދަލުވުމުގައި ނޭޕާލަށް ލުޔެއް ނެތް

ފީފާގެ އެންގުންތަކަށް ބޯނުލެނބުމުގެ ސަބަބުން ނޭޕާލަށް ކުރި ސަސްޕެންޝަން، އެންމެ ފަހުން ބޭއްވި ފީފާ ކައުންސިލް ބައްދަލުވުމުގައި ވެސް އުވާލާފައެއް ނުވޭ. މި ސަސްޕެންޝަނާ ގުޅިގެން، އަންނަ މަހު ބާއްވާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރުމުގެ ފުރުސަތު ނޭޕާލަށް ވަނީ ގެއްލިފައި

ރިސޯޓް ސުޕަ ލީގުގައި އޮޅުވެލި އަށް ބަރޮސް އަތުން ތަފާތު މޮޅެއް

ރިސޯޓް ސުޕަ ލީގުގައި ބަރޮސް އަތުން 7-2 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެ، ސަން ސިޔާމް އޮޅުވެލިން ތަފާތު ބޮޑު ކާމިޔާބީއެއް ހޯދައިފި. މި މުބާރާތުގެ ކުރިއަށް ހުރި މެޗުތަކަށްފަހު އެގްރިގޭޓުން އެންމެ ރަނގަޅު ނަތީޖާ ހޯދާ ޓީމުތަކުގެ މެދުގައި ސެމީ ފައިނަލާއި ފައިނަލް މެޗުތައް މި މަހުގެ ފަހުކޮޅު ކުޅުމަށް ވަނީ ތާވަލުކުރެވިފައި

ޔުނައިޓެޑްގެ ވެރިންނަށް ފާޑުކިޔުމުން މާޓިނޭޒް ހޫނު ފެނަށް

މެންޗެސްޓާ ޔުނައިޓެޑްގެ މެނޭޖްމަންޓަށް ފާޑުކިޔައި އިންޓަވިއު ދިނުމާ ގުޅިގެން، ލިސަންޑްރޯ މާޓިނޭޒްއަށް ފިޔަވަޅު އަޅަން ނިންމައި އޭނާ ކްލަބުން ދޫކޮށްލުމުގެ ވިސްނުން ގެންގުޅެން ފަށައިފި. މާޓިނޭޒް ފަހުން އެކަމަށް މައާފަށް އެދުނު ނަމަވެސް، ކްލަބްގެ ކޯޗުން ބަދަލުކުރުމާއި ސްކޮޑުގެ ފެންވަރާ މެދު އޭނާ ދެއްކި ވާހަކަތަކުގެ ސަބަބުން ހާލަތު ވަނީ ގޯސްވެފައި

މައާފަށް އެދުމުން ވެސް އިންފަންޓީނޯ އަށް ތާއީދެއް ނެތް!

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އަށް ހެދުނު ގޯސްތަކަށް މައާފަށް އެދިވަޑައިގެންނެވި ނަމަވެސް، އޭނާ ފީފާ ލީޑުކުރުމަށް ކައުންސިލްގެ ގިނަ މެމްބަރުންގެ ތާއީދެއް ނެތް. މީގެ މައިގަނޑު ސަބަބަކީ މަޝްވަރާނުކޮށް ވޯލްޑް ކަޕްގެ ރައިޓްސް ވިއްކާލަން އުޅުމާއި، ސިޔާސީ ނުފޫޒުން ކުޅުންތެރިއެއްގެ ސަސްޕެންޝަނަށް ލުއިދިނުން

ދިއްދޫ އާއި ގައްދޫ އަށް އެފްއޭއެމް ދާއިމީ މެމްބަރުކަން ދީފި

ދިވެހި ޕްރިމިއާ ލީގުގައި ވާދަކުރާ ހއ. ދިއްދޫ އަދި ގދ. ގައްދޫ ފުޓްބޯޅަ ޓީމަށް އެފްއޭއެމްގެ ދާއިމީ މެމްބަރުކަން ދިނުމަށް އެ އެސޯސިއޭޝަނުގެ ކޮންގްރެސްއިން އިއްތިފާގުން ފާސްކޮށްފި. މިއީ ރާއްޖޭގެ ފުޓްބޯޅަ ލާމަރުކަޒީކޮށް އަތޮޅުތަކުގެ ޓީމުތަކަށް ފުރުސަތު ފަހިކޮށްދިނުމަށް އެޅުނު ފިޔަވަޅެއް ކަމަށް

Newsletter

Get the latest news delivered straight to your inbox