ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހައުސިން ގްރާންޓުގެ ދަށުން ގެދޮރު އަޅައިދޭޭން ބޭންކުން މާލީ އެހީ ފޯރުކޮށްދޭ ތިން މީހުންގެ ނަން މިއަދު އިއުލާނުކޮށްފި އެވެ.
މިއީ ބީއެމްއެލްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ބޭންކުން ކުރިޔަށް ގެންދާ އިޖުތިމާއީ ގޮތުން ފައިދާހުރިި ހަރަކާތްތަކުގެ ތެރެއިން ހަރަކާތެކެވެ.
މި ހައުސިން ގްރާންޓުގެެ ދަށުން ބޭންކުގެ ހިލޭ އެހީގައި ދިރިއުޅުގެ އަސާސީ ބޭނުންތައް ފުއްދުމަށް ދަތި ތިން އައިލާއަކަށް ގެ އިމާރާތްކޮށް ފަރުނީޗަރު ހޯދައިދެވޭނެ އެވެ. އަދި ހިލޭ އެހީ ބޭނުންވެފައިވާ އާއިލާތައް ފާހަގަކޮށް އެހީއަށް އެދި ހުށަހަޅެމުގެ ފުރުސަތު ހުޅުވާލެވުނީ ޖަމިއްޔާތަކާއި ކައުންސިލްތަކަށެވެ.
ބީއެމްއެލް ހައުސިން ގްރާންޓް ކާމިޔާބުކުރި ހުށަހެޅުންތައް
- ސުކޫން، ށ. ފުނަދޫ - ޕްރޮޕޯސަލް ހުށަހެޅީ ޔުނިޓީ ސްޕޯޓްސް އެކަޑަމީ
- އިޝާ، ނ. ވެލިދޫ - ޕްރޮޕޯސަލް ހުށަހެޅީ ވެލިދޫ ފިއުޗަރ ފައުންޑޭޝަން
- ސަންހިޔާ، އދ. މާމިގިލި - ޕްރޮޕޯސަލް ހުށަހެޅީ ފެލްކޮން ޔޫތު އެންޑް ރެކްރިއޭޝަން
މި ހައުސިން ގްރާންޓާ ގުޅޭ ގޮތުން ބީއެމްއެލްގެ އެކްޓިން އެމްޑީ އާއިޝަތު ނޫރައްދީން ވިދާޅުވި ގޮތުގައި މިފަދަ ޕްރޮޖެކްޓްތަކުގެ އެހީގައި މުޖުތަމައަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ ބޭންކުގެ އިޖުތިމާއީ ޒިންމާގެ ދަށުން ކުރަމުންދާ މަސައްކަތްތަކުގެ ސްޓްރެޓަޖީގެ ބޮޑު އަމާޒެެކެވެ.
"މުޖުތަމައުގައި އަސާސީ ބޭނުންތައް ފުއްދުމަށް ދަތި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. އަދި އަޅުގަނޑުމެންގެ އުއްމީދަކީ މި ހައުސިން ޕްރޮޖެކްޓްތަކަށް ފޯރުކޮށްދޭ މާލީ އެހީގެ ސަބަބުން އާއިލާތަކުގެ ދިރިއުޅުމަށް ކުރިއަށް އޮތް ދުވަސްތަކުގައި ހެޔޮ ބަދަލެއް އައުން،" އޭނާ ވިދާޅުވި އެވެ.
ހައުސިން ގްރާންޓުގެ އިތުރުން އަހަރީ ދުވަހާ ގުޅިގެން ބޭންކުން މިހާތަނަށް އިއުލާނުކޮށްފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނެނީ:
- ސްމޯލް ގްރާންޓްސް ސްކީމް - އިޖުތިމާއީ ޕްރޮޖެކްޓުތަކަށް ފަންޑިން ދޭން
- ސްކޮލާޝިޕް ފަންޑު - ބޭންކިން ދާއިރާއިން މަތީތައުލީމު ހާސިލުކުރަން ފުލް ސްކޮލާޝިޕް
- ސްޓާޓްއަޕް ގްރާންޓު - ފަށާ ވިޔަފާރިތަކަށާއި ވިޔަފާރި ފުޅާކުރަން ފަންޑިން ދޭން
- ކައިންޑްލީ ބައި ބީއެމްއެލް - ދަރުމައަށް ފަންޑުކުރާ ޕްލެޓްފޯމެއް
- ފެހި ޕްރޮޖެކްޓު - 250،000 ގަސް އިންދަން އެހީ ފޯރުކޮށްދޭން
- ގައުމީ ކުތުބުހާނާ ޒަމާނީ ފެންވަރަށް އަޕްގްރޭޑު ކުރުމުގެ މަސައްކަތް










