ސައްތަ އިން ސައްތަ ރެކޯޑް ދަމަހައްޓައި ރެއާލް އެއް ވަނަ އަށް

Sep 11, 2022, 4:12 PM
މަޔޯކާ ކޮޅަށް ރެއާލްގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ވަލްވޭޑޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މަޔޯކާ ކޮޅަށް ރެއާލްގެ ފުރަތަމަ ގޯލު ޖެހުމަށް ފަހު ވަލްވޭޑޭ އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެޑްރިޑް (ސެޕްޓެމްބަރު 11) - ސްޕެނިޝް ލީގުގައި މިރޭ ފަހަތުން އަރައި 4-1 އިން މަޔޯކާ ބަލިކޮށް ރެއާލް މެޑްރިޑުން ކުޅުނު ފަސް ވަނަ މެޗުން ވެސް މޮޅުވެ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ރެެއާލް މި މެޗަށް ނުކުތްއިރު، އެއް ވަނައިގައި އޮތީ ރޭ ކުޅުނު މެޗުން މޮޅުވެގެން ބާސެލޯނާ އެވެ. ރެއާލް އެއް ވަނަ އަށް ޖެހިލީ ފަސް މެޗުން 15 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ބާސެލޯނާ އަށް ވަނީ ފަސް މެޗުން 13 ޕޮއިންޓް ލިބިފަ އެވެ.

ރެއާލަކީ ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެރެއިން ލީގުގައި މިހާތަނަށް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ފުރިހަމަ ރެކޯޑަކާ އެކު އޮތް ހަމައެކަނި ޓީމެވެ.

ސަންޓިއާގޯ ބާނަބޭއުގައި މިރޭ ރެއާލް ކުޅުނު މެޗަށް އެ ޓީމުން ނުކުތީ އަނިޔާގެ ސަބަބުން ޓީމުގެ ކެޕްޓަން، ކަރިމް ބެންޒެމާ އަށް ނުކުޅެވޭއިރު، އެޑަން ހަޒާޑް ފުރަތަމަ އެގާރައިގައި ހިމަނައިގެންނެވެ. މި މެޗުގައި ފުރަތަމަ ލީޑުނެގީ މަޔޯކާ އިންނެވެ. މެޗުގެ 35 ވަނަ މިނިޓްގައި މަޔޯކާ އަށް ކުޅޭ ދެކުނު ކޮރެއާގެ ފޯވާޑް، ލީ ކަންގް-އިން ނެގި ހިލޭ ޖެހުމަކުން އެ ޓީމުގެ ކުރިއަށް ކުޅޭ ވެދާތު މުރީކީ ވަނީ ބޮލުން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ.

މަޔޯކާގެ ކީޕަރު ރަޖްކޮވިޗް (ކ) ކައިރިން ބޯޅަ ހިފައިގެންދާން ރެއާލްގެ ވިނީ މަސައްކަތް ކުރަނީ.--- ފޮޓޯ: އޭއެފްޕީ

ރެއާލަށް އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ފެޑޭ ވަލްވޭޑޭ ޖެހި މޮޅު ގޯލުންނެވެ. އަމިއްލަ ހާފުގެ ތެރެއިން ބޯޅަ ހިފައިގެން ގޮސް ވަލްވޭޑޭ އޭރިއާބޭރުން ޖެހި ޝޮޓް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ އިންޑިވިޖުއަލީ ބަލާއިރު މޮޅު ގޯލެކެވެ. ރެއާލުން ލީޑުނެގީ މެޗުގެ 72 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއާ (ވިނީ) ޖެހި ގޯލުންނެވެ. ރޮޑްރީގޯ ހުސްކޮށްލާފައި ދިން ބޯޅަ އޭރިއާތެރެއިން ވިނީ ވަނީ ހަމަޖެހިލާފައި ގޯލަށް ފޮނުވާލައިފަ އެވެ.

މެޗު ފަހުކޮޅުގައި ރެއާލުން އިތުރު ދެ ގޯލު ޖެހި އެވެ. އެ ގޮތުން މެޗުގެ 89 ވަނަ މިނިޓްގައި މަޔޯކާގެ އޭރިއާތެރެއިން ކުޅުންތެރިއަކު ކައިރިން .ނައްޓާލުމަށް ފަހު ރޮޑްރީގޯ ވަނީ ރެއާލްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.

އިތުރު ވަގުތުގައި ރެއާލްގެ ހަތަރު ވަނަ ގޯލު ޖެހީ އެންޓޯނިއޯ ރޫޑިގާ އެވެ. ރޫޑިގާ އަކީ ޝޮކްރްޑަން މުސްތާފީ އަށް ފަހު ޔޫރަޕްގެ ވަރުގަދަ ފަސް ލީގުގެ ތެެރެއިން ހަތަރު ލީގުގައި ލަނޑު ޖެހި ޖަރުމަނުގެ ދެ ވަނަ ކުޅުންތެރިޔާ އެވެ. ރޫޑިގާ މި ގޯލު ޖެހީ ޓޯނީ ކްރޫސް ނެގި ހިލޭ ޖެހުމަކަށް ހުސްކޮށް އަރައި ވޮލީ އަކުންނެވެ.

މި މެޗުގައި ބަދަލަކަށް ކުޅެން އަރަން ރެއާލްގެ ވިންގް، އަސެންސިއޯ ވޯމްއަޕް ކުރި ނަމަވެސް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ނިންމީ އަސެންސިއޯ ކުޅެން ނޭރުވުމަށެވެ. އެ ނިންމުމާ މެދު އަސެންސިއޯ ބެންޗުގައި އިނދެ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހުން ފާޅުކުރި އެވެ. މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި އަންޗެލޮޓީ ބުނީ ބެންޗުގައި ހިނގާދިޔަ ކަންތައްތައް ކްލަބުން ބަލާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox