ވޯކްޕާމިޓް ހަމަޖެހުމުން ކޮސްޓާ ވުލްވްސް އަށް

Sep 9, 2022, 7:22 AM
ވޯކްޕާމިޓް ހަމަޖެހުމުން ކޮސްޓާ ވުލްވްސް އަށް

ބާމިންހަމް (ސެޕްޓެމްބަރު 9) - ޗެލްސީއާ އެކު އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދާފައިވާ ސްޕެއިންގެ ފޯވާޑް، ޑިއޭގޯ ކޮސްޓާގެ ވޯކް ޕާމިޓް ކަންކަން ހައްލުވެ، އޭނާ ވުލްވްސް އަށް ބަދަލުވާން ހުރިހާކަމެއް ހަމަޖެހިއްޖެ އެވެ.

ވުލްވްސް އިން ކޮސްޓާ އަށް ކޮންޓުރެކްޓެއް ހުށަހަޅަން ނިންމީ އެ ކްލަބާ ދާދި ފަހުން ކުޅުނު ފޯވަޑް ސާސާ ކަލަޑްޒިކާއި އެ ކްލަބްގެ އެއް ވަނަ ފޯވާޑް މެކްސިކޯގެ ފޯވަޑް ރައޫލް ހިމެނޭޒަށް އަނިޔާވެ، ފޯވާޑެއް ހޯދަން ކްލަބްގެ މެނޭޖްމަންޓަށް އެ ޓީމުގެ ކޯޗު ބްރޫނޯ ލާޖް އެންގުމާ ގުޅިގެންނެވެ.

ޗެލްސީ އާއި އެތުލެޓިކޯ މެޑްރިޑަށް ކުރިން ކުޅުނު ކޮސްޓާ ،33، އަށް އެންމެ ފުރަތަމަ ވޯކްޕާމިޓް ހަމަނުޖެހުނީ ކްލަބެއް ނެތި އޭނާ ދިގު މުއްދަތެއް ހޭދަކޮށްފައިވާތީ އާއި ޔޫރަޕުން ބޭރުގައި އެހެން ބައްރެއްގައި ކުޅެފައި، އަލުން ޔޫރަޕްގެ ކްލަބަކާ ގުޅެން ބޭނުންވާ ލިޔެކިޔުންތަކެއްގައި މައްސަލަތަކެއް ފާހަގަވެފައިވާތީ އެވެ. އެހެންކަމުން، ވުލްވްސް އިން ނިންމީ ކޮސްޓާ އަށް ވޯކް ޕާމިޓް ނުލިބުނު މައްސަލަ އެޕީލްކޮށްފަ އެވެ.

ވުލްވްސް އިން މިހާރު އެޕީލް ކާމިޔާބުކޮށް ކޮސްޓާގެ ވޯކްޕާމިޓް ކަންކަން ވަނީ ފުރިހަމަކޮށްފަ އެވެ. އަދި އެ ކްލަބާ ގުޅެން ކޮންޓްރެކްޓްގައި ސޮއިކުރުމުގެ ގޮތުން މެޑިކަލް ޓެސްޓްތައްވެސް ހަދައިފަ އެވެ.

ކޮސްޓާ އެންމެ ފަހުން ކުޅުނީ ބްރެޒިލްގެ އެތުލެޓިކޯ މިނެއިރޯ އަށެވެ. އެކަމަކު، ޖެނުއަރީ މަހު އެ ކްލަބު ދޫކޮށްލި ފަހުން އޭނާ ހުރީ އެއްވެސް ކްލަބަކާ ނުގުޅި އެވެ. ކޮސްޓާ އެންމެ ފަހުން ވާދަވެރި މެޗެއް ކުޅުނީ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ.

ކޮސްޓާ އަށް މިދިޔަ މަހު ލަލީގާގެ ރަޔޯ ވަޔަކާނޯގެ ހުށަހެޅުމެއް ލިބިފައިވާ ކަމަށް ސްޕެއިންގެ މީޑިއާ ރިޕޯޓްތަކުން ވަނީ ބުނެފަ އެވެ. އަދި މިދިޔަ މެއި މަހު އިންޑިއާގެ އޭޓީކޭ މޯހަން ބަގާން އިން ވެސް ކޮސްޓާ އަށް ކުރު ކޮންޓްރެކްޓެއް ހުށަހެޅި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox