ލިވަޕޫލަށް ބޮޑު ބައްޔެއް، ބާސެލޯނާ އާއި ބަޔާނަށް ރަނގަޅު ފެށުމެއް

Sep 8, 2022, 4:42 AM
ލިވަޕޫލަށް ބޮޑު ބައްޔެއް، ބާސެލޯނާ އާއި ބަޔާނަށް ރަނގަޅު ފެށުމެއް

ނޭޕްލްސް (ސެޕްޓެމްބަރު 8) - ޔުއެފާ ޗެމްޕިއަންސް ލީގުގައި މި ފަހަރު ލިވަޕޫލް ކުޅުނު ފުރަތަމަ މެޗުން ނަޕޯލީ އަތުން 4-1 އިން ބޮޑު ބައްޔަކާ ކުުރިމަތިލާން ޖެހުނުއިރު، މަރުގެ ގްރޫޕްގައި ބާސެލޯނާ އާއި ބަޔާން މިއުނިކް މޮޅަކުން ފަށައިފި އެވެ.

ބާސެލޯނާ ވަނީ އަމިއްލަ ދަނޑުގައި ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކާ އެކު 5-1 އިން ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕްލެޒެން ބަލިކޮށްފަ އެވެ. އެ ގްރޫޕްގެ އަނެއް މެޗުން އިންޓަ މިލާން ދަނޑުގައި ބަޔާން މިއުނިކް މޮޅުވީ 2-0 އިންނެވެ.

ނޭޕްލްސްގެ ޑިއޭގޯ އަރްމާންޑޯ މަރަޑޯނާ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން 45 ސިކުންތު ތެރޭގައި ނަޕޯލީގެ ވިކްޓަ އޮސީމެއިން ޖެހި ބޯޅައެއް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. މެޗުގެ ފަސް ވަނަ މިނިޓްގައި ނަޕޯލީން ލީޑުނެގީ ޕިއޮޓްރޭ ޒިއެލިންސްކީ ޖެހި ޕެނަލްޓީންނެވެ. އޭގެ ފަހުން މެޗުގެ 15 ވަނަ މިނިޓްގައި ނަޕޯލީގެ އޮސީމެއިން ޖެހި ޕެނަލްޓީއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ މަތަކުރި އެވެ. ނަޕޯލީން ދެ ވަނަ ގޯލު ޖެހީ މެޗުގެ 31 ވަަނަ މިނިޓްގައި ޒަމްބޯ އަންގީސާ އެވެ.

ލިވަޕޫލްގެ މުހައްމަދު ސަލާހަށް ލިބުނު ފުރުސަތުގައި ޖެހި ޝޮޓް ނަޕޯލީގެ ކީޕަރު އަލެކްސް މެރެޓް ވަނީ މަތަކޮށްފަ އެވެ. ފުރަތަމަ ހާފުގެ ފަަހު މިނިޓްގައި ލިވަޕޫލްގެ ޑިފެންޑަރު ޖޯ ގޯމޭޒް ހެދި ގޯހެއްގެ ފައިދާނަގައި ނަޕޯލީ އަށް ތިން ވަނަ ގޯލު ޖަހައިދިނީ ޖިއޮވާނީ ސިމިއޯނީ އެވެ. ދެ ވަނަ ހާފު ފެށިގެން ދެ ވަނަ މިނިޓްގައި ޒިއެލިންސްކީ ވަނީ ނަޕޯލީގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. މިއީ އޭރިއާތެރެއިން ރީބައުންސް ބޯޅައަކުން ޒިއެލިންސްކީ ޖެހި ގޯލެކެވެ.

މެޗުގައި ލިވަޕޫލްގެ ހަމައެކަނި ގޯލު ޖެހީ 49 ވަނަ މިނިޓްގައި ޑިއާޒް އެވެ. ޑިއާޒް ފަހުން ޖެހި ބޯޅައެއް ކީޕަރު މެރެޓް ވަނީ ހުއްޓުވައިފަ އެވެ.

މި ގްރޫޕްގެ އަނެއް މެޗުން ރޭ ރޭންޖާސް އަތުން އަޔަކްސް މޮޅުވީ 4-1 އިންނެވެ.

ބާސެލޯނާ ދަނޑުގައި ވިކްޓޯރިއާ ޕްލެޒެން ކޮޅަށް ފުރަތަމަ ގޯލު ޖެހީ ބާސެލޯނާގެ ފްރޭންކް ކެސިއޭ އެވެ. މެޗުގެ 34 ވަނަ މިނިޓްގައި އޭރިއާ ރޮނގުކައިރިން ޖެހި ގޯލުން ލެވަންޑޯސްކީ ބާސެލޯނާ އަށް ލީޑުފުޅާކޮށްދިންއިރު، މެޗުގެ 44 ވަނަ މިނިޓްގައި ވިކްޓޯރިއާ ޕްލެޒެންގެ ޖޭން ސިކޯރާ ބޮލުންނެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބާސެލޯނާގެ އޮސްމާން ޑެމްބެލޭގެ މަސައްކަތުން ތަނަވަސްކުރި ފުރުސަތެއްގައި ލެވަންޑޯސްކީ އަލުން އެ ޓީމަށް ދެ ގޯލުގެ ލީޑެއް ނަގައިދިނެވެ.

މެޗުގެ ދެ ވަނަ ހާފުގައި ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައި ލެވަންޑޯސްކީ އެ ކްލަބް ޖޯޒީގައި ފުރަތަމަ ހެޓްރިކް ހެދިއިރު، ފަހު ގޯލު ޖެހީ ބަދަލަކަށް ކުޅެން ނުކުތް ފެރާން ޓޮރޭޒް އެވެ.

އިންޓަ ދަނޑުގައި ބަޔާނަށް ފުރަތަމަ ހާފުގައި ލީޑުނަގައިދިނީ ލެރޯއި ސާނޭ އެވެ. މިއީ ބަޔާންގެ ޔޯސުއާ ކިމިކް ދިން ބޯޅައަކުން އިންޓަގެ ކީޕަރު އަންދްރޭ އޮނާނާ ކައިރިން ނައްޓާފައި ސާނޭ ޖެހި ގޯލެކެވެ. ދެ ވަނަ ހާފުގައި ބަޔާނުން ދެ ވަނަ ގޯލު ޖެހިއިރު، މިއީ މެޗުގެ 66 ވަނަ މިނިޓްގައި އިންޓަގެ ޑީއަމްބްރޯސިއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. މިއީ ސާނޭ އާއި ކިންގްސްލީ ކޯމަންގެ އެޓޭކެއް ހުއްޓުވަން އުޅުމުގެ ތެރޭގައި ޑީއަމްބްރޯސިއޯ އަތުން ބައިކޮޅަށް ވަން ގޯލެކެވެ.

އެއް ކުޅުންތެރިއަކު މަދުކޮށް ކުޅުނު ފްރާންސްގެ މާސޭ އަތުން ޓޮޓެންހަމް ހޮޓްސްޕާސް މޮޅުވީ 2-0 އިންނެވެ. މާސޭގެ އެމްބެމްބާ އަށް މެޗުގެ 47 ވަނަ މިނިޓްގައި ރަތް ކާޑެއް ދެއްކިއިރު، ޓޮޓެންހަމް އިން ގޯލުތައް ޖެހީ މެޗުގެ ފަހު 15 މިނިޓް ތެރޭގަ އެވެ. ދެ ގޯލު ވެސް ޖެހީ ބްރެޒިލްގެ ފޯވާޑް، ރިޗާލިސަން އެވެ.

މި ގްރޫޕްގެ އަނެއް މެޗުގައި ޖަރުމަނުގެ އައިންޓްރަކްޓް ފްރޭންކްފާޓް ދަނޑުގައި ޕޯޗުގަލްގެ ސްޕޯޓިން ލިޒްބަން މޮޅުވީ 3-0 އިންނެވެ.

ގްރޫޕް ބީގައި ފަހު ވަގުތު އެންޓޮއިން ގްރީޒްމަން ޖެހި ގޯލުން ރޭ އެތުލެޓިކޯ މެޑްރިޑުން ވަނީ 2-1 އިން ޕޯޓޯ ބަލިކޮށްފަ އެވެ. މި ގްރޫޕްގައި ދެން އޮތް ދެ ޓީމުގެ ކުރިމަތިލުން ނިމުނީ ޖަރުމަނުގެ ބެޔާ ލެވަކޫސަން އަތުން 1-0 އިން ބެލްޖިއަމްގެ ކްލަބް ބްރޫޖް މޮޅުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox